Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިބްރާހިމް ފަޒީލް

ފަޒީލްގެ ބަންދަށް 10 ދުވަސް ޖަހައިފި

8 މެއި 2019 | ބުދަ 09:00

ބަންދަށް 10 ދުވަސްޖެހީ މީހަކު ރަހީނު ކުރިކަމުގެ ތުހުމަތުގައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 8 މެއި 2019 | ބުދަ 09:00
އިބްރާހިމް ފަޒީލް

އިބްރާހިމް ފަޒީލް

މީހަކު ރަހީނު ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިބްރާހިމް ފަޒީލްގެ ބަންދަށް 10 ދުުވަސް ޖަހައިފި އެވެ.

މިމަހުގެ 02 ވަނަ ދުވަހުގެރޭ ލ. ގަމުގައި 44 އަހަރުގެ ފިރިހެނަކު ރަހީނުކޮށް ތޫނު ހަތިޔާރު ބޭނުންކޮށް ބިރުދައްކާ، އޭނާގެ އަތުން 8900ރ. ފޭރުމަށް ފަހު އިތުރު ފައިސާ ހޯދުމަށް އެދެމުން ދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރު ކޮށްފައިވެއެވެ.

Advertisement - newsAdvertisement

ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރީ މި މަހުގެ 3 ވަނަ ދުވަހުގެ ރޭ 22:45 ހާއިރު ދެ މީހަކު ފައިސާ ނެގުމަށް ލ. ގަން ޕްރޮވިންސް އޮފީސް ކައިރީގައި ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ. އެ ތަނުން އެކަކު އެރޭ ހައްޔަރު ކުރި އިރު ދެ ވަނަ މީހާ ވަނީ ސައިކަލެއްގައި ފިލާފައެވެ. ފަހުން ވަނީ އެ މީހާ ވެސް ހައްޔަރު ކޮށްފައެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ފަޒީލް ހައްޔަރުކުރީ މި މަހުގެ 6 ވަނަ ދުވަހު ފިލައިގެން އުޅެނިކޮށް ކަމަށާއި، މިއީ މި މައްސަލާގައި ހައްޔަރު ކުރި ތިން ވަނަ މީހާ ކަމަށެވެ.

އޭގެތެރެއިން ފަޒީލްގެ ބަންދަށް ކްރިމިނަލް ކޯޓުން ޖަހާދީފައިވަނީ 10 ދުވަހެވެ. އަދި އެކެއްގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު ދެން ހުރި މީހާ ވަނީ އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރު ކޮށްފައެވެ އެވެ.

ފަޒީލަކީ މީގެކުރިން އެކިއެކި ތުހުމަތުގައި ހައްޔަރުކުރި ފަރާތެކެވެ. އޭގެއިތުރުން ފަޒީލަކީ ލ. ފޮނަދޫން ޑިންގީއެއްގައި ދަތުރުކުރަނިކޮށް، ގެއްލުނު އައިމިނަތު ޝިމާ ނާފިޒާ އެކު ދަތުރުކުރި ފަރާތެކެވެ.

ފަޒީލާ އެކު ކަނޑުމަގުން ޑިންގީއެއްގައި ދަތުރުކުރި ޝިމާ ގެއްލުނީ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރެއެވެ. އެ ހާދިސާ ހިނގާ ދިޔަ ގޮތުން ގިނަ ބަޔަކު ފަޒީލަށް ވަނީ ގިނަ ތުހުމަތުތަކެއް ކޮށްފައެވެ. ނަމަވެސް ފުލުހުން ހިންގި ތަހުގީގުން މާބޮޑު ކުރިއެރުމެއް ނުލިބި އޭނާ މިނިވަން ކުރިއެވެ.

މީގެ އިތުރުން ޝިމާގެ 16 އަހަރުގެ ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ދަނިކޮށް ކަނޑުމަތިން ވެސް ފަޒީލް ހައްޔަރުކުރިއެވެ. ނަމަވެސް އެ މައްސަލައާ ޝިމާ ގެއްލުނު މައްސަލާ ގުޅުމެއް ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ފަހަރު ވެސް ފުލުހުން ވަނީ ފަޒީލް ދޫކޮށްލާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ޕީޕީއެމް ޖަލްސާގައި މީހުން ހިފެހެއްޓުމަށް ވަށައިގެން ދާޖަހައިފި

16 ފެބުރުއަރީ 2017
ޕީޕީއެމް ޖަލްސާގައި މީހުން ހިފެހެއްޓުމަށް ވަށައިގެން ދާޖަހައިފި
12 ފެބުރުއަރީ 2017

ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

12 ފެބުރުއަރީ 2017
ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
02 ފެބުރުއަރީ 2017

ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި

02 ފެބުރުއަރީ 2017
ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް