Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެރިޓޭޖް އެސެސްމެންޓް ހަދަންޖެހުން

މަޝްރޫއުތައް ހިންގުމަށް ތަންތަން ދޫކުރާއިރު ހެރިޓޭޖް އެސެސްމެންޓް ހަދަންޖެހޭ ނިޒާމެއް ގާއިމް ކުރަނީ

8 މެއި 2019 | ބުދަ 05:47

މި ފަސްއަހަރު ނިމޭއިރު ތާރީހާއި ސަގާފަތުގެ އިތުރުން ތަރިކަ ރައްކާތެރި ކުރާ މުޖުތަމައެއް ފެނިގެން ދާނެ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 8 މެއި 2019 | ބުދަ 05:47
ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު

ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު

މަޖިލީހަށް ހުށަހަޅާފައިވާ އާސާރީތަންތަނާއި ތަކެތި ރައްކާތެރި ކުރުމުގެ ގާނޫނު ފާސްވެ ވުޖޫދަށް އައުމުން މަޝްރޫއުތައް ހިންގުމަށް ސައިޓްތައް ދޫކުރާއިރު ހެރިޓޭޖް އެސެސްމެންޓް ހަދަންޖެހޭ ނިޒާމެއް ކަނޑައެޅިގެން ދާނެ ކަމަށް ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ ރާއްޖޭގެ ފަޅުރަށަކުން ނުވަތަ މީހުން ދިރިނޫޅޭ ހިސާބަކުން މަޝްރޫއެއް ހިންގުމަށް ދޫކޮށްފައިވާ ބިމެއްގައި މަސައްކަތް ކުރަނިކޮށް އާސާރީ އެއްޗެއް ފެނިއްޖެ ނަމަ އެކަމެއް ރިޕޯޓް ކުރަންޖެހޭ ގޮތަށް މަސައްކަތް ހަވާލު ކުރުމުގެ މެކޭނިޒަމެއް އަދި ގާއިމްވެފައި ނެތް ކަމަށާއި ނަމަވެސް ގާނޫނީ ނިޒާމް އެގޮތަށް ބަދަލު ކުރަން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

ތޯރިގު ވިދާޅުވީ އާސާރީތަންތަނާއި ތަކެތި ރައްކާތެރި ކުރުމުގެ ސަގާފީ ތަރިކައާއި ގުޅޭ ގާނޫނެއްގެ ދެލިކޮޕީ މަޖިލީހަށް ހުށައަޅާފައިވާ ކަމަށާއި ނަމަވެސް ރައްޔިތުންގެ މަޖިލީސް ނިމުނުއިރު ކޮމެޓީ މަރުހަލާ ނިންމާފަ މަޖިލީސް ކުރިއަށް ގެންދެވޭ ވަރަކަށް އެބޭފުޅުންނަށް އެމަސައްކަތް ކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެމަސައްކަތްކޮށް ނިންމާލާނެ ކަމަށް ބެލެވޭ ކަމަށެވެ.

"ބިލް ގާނޫނަކަށްވެ ވުޖޫދަށް އައުމުން ރިސޯޓެއް ހަދަން ރަށެއް ހަވާލު ކުރިއަސް އަދި މަޝްރޫއެއް ހިންގަން ބިމެއް ހަވާލު ކުރިއަސް ހެރިޓޭޖް އެސެސްމެންޓެއް ހެދޭނެ ނިޒާމެއް ގާއިމް ވެގެންދާނެ. ރަށެއްގައި މަސައްކަތެއް ކުރަނިކޮށް އާސާރީ ތަނެއް ނުވަތަ އެއްޗެއް ފެނިއްޖެ ހާލަތެއްގައި ކަންކަން ކުރާނެ ގޮތް ވެސް ހުށައަޅާފައިވާ ބިލުގައި އޮންނާނެ. އަދި އެބިލުން ހެރިޓޭޖް މިނިސްޓްރީއަށް އެކަން އެންގުމަށް ލާޒިމް ކުރާގޮތަށް ބިލް ފަރުމާކޮށްފައި އޮންނާނީ ވެސް" ތޯރިގު ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ވެރިކަމުގެ ފަސް އަހަރު ނިމިގެން ދާއިރު ތާރީހާއި ސަގާފަތުގެ އިތުރުން ތަރިކައިގެ ދާއިރާއިން ރާއްޖެ އޮނާނެ ގޮތުގެ ތަސައްވުރު ހާމަ ކުރައްވާ މިޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ ކޮންމެ ރަށެއް އަދި ކޮންމެ އަތޮޅެއްގެ މީހަކު ވެސް އެމީހެއްގެ އަމިއްލަ ކަމެއްގެ ގޮތުގައި އެރަށެއްގެ ނުވަތަ އެއަތޮޅެއްގައި ހުރި ތާރީހާއި ސަގާފަތް ރައްކާތެރި ކުރާ މުޖުތަމައެއް ފެނިގެން ދާނެކަމާއި މެދު ޝައްކު ނުކުރައްވާ ކަމަށެވެ.

" ކުރުގޮތަކަށް އަޅުގަނޑު ދަންނަވަންޏާ ދަންނަވާނީ ރައްޔިތު މީހާގެ ވެސް އަމިއްލަ ކަމެއްގެ ގޮތުގައި މިކަން ކުރާ ހިސާބަށް ދިޔައިމަ ރާއްޖޭގެ ތަރިކަ އާއި ސަގާފަތް ރައްކާތެރި ކުރެވޭނެ ކަމަށް މިބަލަނީ. އަޅުގަނޑުމެންގެ އަމާޒަކީ ރައްޔިތު މީހާއަށް ތަރިކައަކީ އޭނާގެ އެއްޗެއްކަން އަންގައި ދެވޭވަރަށް ރައްޔިތު މީހާ ހޭލުންތެރިކުރުވުން" ތޯރިގު ވިދާޅުވިއެވެ.

ތޯރިގު ވިދާޅުވީ އުސްގެކޮޅު ކެފޭއެއް ހަދަން ދީފައި ހުރި ހުރުން އަނބުރާ އިޔާދަކޮށް އެތަނުގައި ރަސްކަމުގެ ދުވަސްވަރު ތަކެތި ޑިސްޕްލޭކޮށްފައި ހުރިގޮތަށް ކަންކަން އިންތިޒާމްވެގެން ދާތަން ފެންނާނެ ކަމަށާއި އަދި އޮޔާގޮސް ގެއްލިފައިވާ ކަޅުވަކަރު މިސްކިތް ވެސް ފެންނާނެ ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2017

ހައުސިން މަޝްރޫއުތައް ފެއިލްވުމުން އެކަމުގެ ބަދުނާމު ރައީސް ޔާމީން އެޅުއްވީ އިދިކޮޅު ފަރާތްތަކުގެ ބޮލުގައި

19 ނޮވެމްބަރު 2017
ހައުސިން މަޝްރޫއުތައް ފެއިލްވުމުން އެކަމުގެ ބަދުނާމު ރައީސް ޔާމީން އެޅުއްވީ އިދިކޮޅު ފަރާތްތަކުގެ ބޮލުގައި
06 ސެޕްޓެމްބަރު 2017

މަޑިވަރުގައި ރިސޯޓް ތަރައްގީކޮށް ހިންގުމަށް ދުބާއީގެ އިމާރު ގްރޫޕަށް

06 ސެޕްޓެމްބަރު 2017
މަޑިވަރުގައި ރިސޯޓް ތަރައްގީކޮށް ހިންގުމަށް ދުބާއީގެ އިމާރު ގްރޫޕަށް
18 ޖުލައި 2017

މެންބަރުން ހައްޔަރުކުރުމަކީ މަޖިލިހުގެ ހިންގުމަށް އެޅޭ ހުރަހެއް: ކެޝަޕް

18 ޖުލައި 2017
މެންބަރުން ހައްޔަރުކުރުމަކީ މަޖިލިހުގެ ހިންގުމަށް އެޅޭ ހުރަހެއް: ކެޝަޕް
06 ޖޫން 2017

މަޝްރޫއުތައް ހިންގަނީ ބަޖެޓަށް ބަލައިގެން ނޫން ކަމަށް ބުނެ މިނިސްޓަރަށް ރައްދު ދެއްވައިފި

06 ޖޫން 2017
މަޝްރޫއުތައް ހިންގަނީ ބަޖެޓަށް ބަލައިގެން ނޫން ކަމަށް ބުނެ މިނިސްޓަރަށް ރައްދު ދެއްވައިފި
19 މެއި 2017

ތިރިވަނަންތަޕޫރަމްއަށް ދިވެހިން ގޮސް އުޅޭ ތަންތަން ފާސް ކުރުމުގެ ޚާއްސަ އޮފަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށައިފި

19 މެއި 2017
ތިރިވަނަންތަޕޫރަމްއަށް ދިވެހިން ގޮސް އުޅޭ ތަންތަން ފާސް ކުރުމުގެ ޚާއްސަ އޮފަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށައިފި
25 އެޕްރީލު 2017

މައްޗަންގޯޅިން ތަންތަން ބަލައިފާސްކުރީ ޤައުމީ ސަލާމަތަށް ނުރައްކާކުރުމުގެ ތުހުމަތުގައި

25 އެޕްރީލު 2017
މައްޗަންގޯޅިން ތަންތަން ބަލައިފާސްކުރީ ޤައުމީ ސަލާމަތަށް ނުރައްކާކުރުމުގެ ތުހުމަތުގައި
16 އެޕްރީލު 2017

ޤާސިމްގެ އޮފީހާއި ތަންތަން ފާސްކުރުމުން ފެންނާނީ ޔާމިން ހޮވަންކުރި ޚަރަދުގެ ތަފްސީލް: އަމީން

16 އެޕްރީލު 2017
ޤާސިމްގެ އޮފީހާއި ތަންތަން ފާސްކުރުމުން ފެންނާނީ ޔާމިން ހޮވަންކުރި ޚަރަދުގެ ތަފްސީލް: އަމީން
29 މާރިޗު 2017

ވެކްސިން ޖަހައިދޭ ތަންތަން އިތުރުކޮށްފި

29 މާރިޗު 2017
ވެކްސިން ޖަހައިދޭ ތަންތަން އިތުރުކޮށްފި
24 ފެބުރުއަރީ 2017

ދިވެހި ކަނބަލުންގެ މަސައްކަތްތައް ފުޅާ ދައިރާއެއްގައި ހިންގުމަށް ވިޔަފާރީގެ ރަގަޅު މާހައުލެއް ގާއިމްކުރަންޖެހޭ:ރައީސް

24 ފެބުރުއަރީ 2017
ދިވެހި ކަނބަލުންގެ މަސައްކަތްތައް ފުޅާ ދައިރާއެއްގައި ހިންގުމަށް ވިޔަފާރީގެ ރަގަޅު މާހައުލެއް ގާއިމްކުރަންޖެހޭ:ރައީސް
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް