Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާ ބޮމުގެ ހަމަލާ

ބޮމުގެ ހަމަލާގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ހަތް ބިލިޔަން ރުފިޔާގެ މުދާ ލަންކާގެ ސީއައިޑީގެ ބެލުމުގެ ދަށަށް

ޝައްކު ކުރެވޭ 73 މީހުންގެ ތެރެއިން 54 މީހުން މި ވަގުތު ތިބީ ލަންކާގެ ސީއައިޑީގެ ބެލުމުގެ ދަށުގައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 6 މެއި 2019 | ހޯމަ 18:36
ފަންޑުކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކޮށްގެން ގެންދަނީ -- އަދަދެރަނަ.އެލްކޭ

ފަންޑުކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކޮށްގެން ގެންދަނީ -- އަދަދެރަނަ.އެލްކޭ

އީސްޓަރ ސަންޑޭ ފާހަގަކުރަމުން ދަނިކޮށް ލަންކާއަށް ޓެރަރިސްޓް ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ޓެރަރިސްޓުންގެ ހަތް ބިލިޔަން ރުޕީސް މުދަލާއި، 140 މިލިޔަން ރުޕީސްގެ ފައިސާ ލަންކާގެ ސީއައިޑީ ފުލުހުން ހޯދާފައިވާ ކަމަށް އެ ގައުމުގެ ފުލުހުންގެ ތަރުޖަމާނު ރުވަން ގުނަސޭކަރު ވިދާޅުވެއްޖެއެވެ.

އެ ގައުމުގެ މީޑިޔާތަކަށް ދެއްވި އިންޓަރވިއުއެއްގައި ގުނަސޭކަރު ވިދާޅުވެފައި ވަނީ އޭގެ ތެރެއިން ދެ ބައިކުޅަ އެއްބައި ފައިސާ ސީއައިޑީގެ ބެލުމުގެ ދަށުގައި ހުރިއިރު، އަނެއް ބައި ފާއިސާތައް ހުރީ އެކި ބޭންކް އެކައުންޓްތަކައް ޑިޕޮޒިޓްކޮށްފައި ކަމަށެވެ.

"ބޮމުގެ ހަމަލާގައި ބައިވެރިވި ކަމަށް ޝައްކު ކުރެވޭ 73 މީހުންނާއި ސީއައިޑީ އާއި ޓެރަރިސްޓް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓް ދަނީ ސުވާލުކުރަމުން،" ގުނަސޭކަރު ވިދާޅުވެފައި ވެއެވެ.

ޓެރަރިސްޓް ހަމަލާގައި ބައިވެރިވި ކަމަށް ޝައްކު ކުރެވޭ 73 މީހުންގެ ތެރެއިން 54 މީހުން މި ވަގުތު ތިބީ ލަންކާގެ ސީއައިޑީގެ ބެލުމުގެ ދަށުގައި ކަމަށާއި، އޭގެ ތެރޭގައި ހަތް އަންހެނުން ހިމެނޭ ކަމަށް ގުނަސޭކަރު ވަނީ ވިދާޅުވެފައެވެ. ގުނަސޭކަރު ވިދާޅުވީ ބާކީ ތިބި 19 މީހުން ޓެރަރިސްޓް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ޓީއައިޑީ) ގެ ބެލުމުގައި ދަށުގައި ތިބި އިރު އޭގެ ތެރޭގައި ދެ އަންހެނުން ހިމެނޭ ކަމަށެވެ.

އީސްޓަރ ސަންޑޭގައި ލަންކާގައި ދިން ހަމަލާގައި 260 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، އޭގެ ތެރޭގައި 40 އަށް ވުރެ ގިނަ ކުޑަކުދިންނާއި ބޭރުގެ ގައުމުތަކަށް ނިސްބަތްވާ 36 މީހަކު ހިމެނެއެވެ. މި ހަމަލާތަކާއި ގުޅިގެން ލަންކާ ފުލުހުން ކުރިޔަށް ގެންދާ އޮޕަރޭޝަންގައި 100 އަށް ވުރެ ގިނަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
22 ފެބުރުއަރީ 2017

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

22 ފެބުރުއަރީ 2017
ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ
19 ފެބުރުއަރީ 2017

ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ

19 ފެބުރުއަރީ 2017
ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު