Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަޒީފާއާބެހޭ ޓްރަބިއުނަލް

ހުނަރުވެރި ޒުވާން އާބާދީއެއް އެބައޮތް، ވަޒީފާތައް ދިނުމުގައި ދިވެހިންނަށް އިސްކަންދީ: ނައިބް ރައީސް

6 މެއި 2019 | ހޯމަ 07:16

ދިވެހިރާއްޖެ ކުރިއަރައި ދިއުމާއި، އިޤްތިޞާދު ވަރުގަދަކުރުމަށްޓަކައިވެސް ރާއްޖޭގެ ވަޒީފާގެބާޒާރުގައި ދިވެހިން ހަރަކާތްތެރިވާ މިންވަރު އިތުރުކުރަންޖެހޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 6 މެއި 2019 | ހޯމަ 07:16
ވަޒީފާއާބެހޭ ޓްރަބިއުނަލްގެ 10 ވަނަ އަހަރީ ހަފުލާގެ ތެރެއިން

ވަޒީފާއާބެހޭ ޓްރަބިއުނަލްގެ 10 ވަނަ އަހަރީ ހަފުލާގެ ތެރެއިން

ދިވެހިރާއްޖޭގައި ހުނަރުވެރި ޒުވާން އާބާދީއެއް އެބަ އޮތް ކަމަށާއި، ވަޒީފާތައް ދިނުމުގައި ދިވެހިންނަށް އިސްކަން ދިނުމަށް، ރާއްޖޭގައި ވަޒީފާދޭ ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ގޮވާލައްވައިފި އެވެ.

ވަޒީފާއާބެހޭ ޓްރަބިއުނަލްގެ 10 ވަނަ އަހަރީ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ، އާންމު ދިރިއުޅުމުގައާއި، ޚާއްޞަކޮށް ވަޒީފާގެ މާހައުލުގައި، އެކަކުގެ ޙައްޤު އޮންނަކަން ގަބޫލުކުރާ ހިނދު އަނެކާގެ ޙައްޤުގެ މަތިންވެސް ހަނދާން ކުރުމަށް، ދިވެހިރާއްޖޭގެ ވަޒީފާ ދޭ އެންމެހައި ފަރާތްތަކަށާއި ވަޒީފާ އަދާކުރާ އެންމެހައި ފަރާތްތަކަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި މުޖުތަމައުގައި ހުންނަ ގިނަ މައްސަލަތަކަކީ އަދުލު އިންސާފު އިސް ނުކުރުމުގެ ސަބަބުން ދިމާވާ ކަންކަން ކަމުގައި ފައިސަލް ވިދާޅުވި އެވެ.

Advertisement - newsAdvertisement

ނައިބް ރައީސް ވިދާޅުވީ، ވަޒީފާ އަދާކުރާ ފަރާތްތަކުގެ އިޚްލާޞްތެރިކަމާއި، ތެދުވެރިކަމާއި، އަމާނާތްތެރިކަމަކީ މުއައްސަސާއަކަށް އެންމެ ބޭނުންވާނެ ކަންތައް ކަމަށާއި، ހަމަހަމަ ކަމާއި އޯގާތެރި ކަމާއެކު މުވައްޒަފުންނާ ދޭތެރޭ ކަންތައް ކުރުމަކީ މުއައްސަސާގެ މަސައްކަތްތައް ކާމިޔާބު ކުރުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު މަސައްކަތް ކަމަށެވެ. އަދި ރާއްޖޭގެ ވަޒީފާގެ މައިދާނުގައި ބިދޭސީންގެ އަދަދު ގިނަކަން ފާހަގަ ކުރައްވައި، ބައެއް ސިނާއަތްތަކުގައި ބޮޑެތި މުސާރަދޭ މަތީ މަޤާމުތަކުގައި ބިދޭސީން މަސައްކަތްކުރާތަން ފެންނަކަން ފާހަގަ ކުރައްވާ ފަައިސަލް ވިދާޅުވީ ޤައުމު ތަރައްޤީވެގެން ދާނީ އަދި ކުރިޔަށް ދެވޭނީ ތަފާތު އެކި ޤައުމުތަކުގެ، އެކި ކަހަލަ ތަޖުރިބާ ހުރި މީހުންނާ އެކުވެސް މަސައްކަތްކުރެވިގެންކަން ގަބޫލު ކުރަންޖެހޭ ކަމަށެވެ.

ނަމަވެސް، ދިވެހިރާއްޖެއަކީ މިއަދު ހުނަރުވެރި ޒުވާން އާބާދީއެއް އޮތް ޤައުމެއް ކަމުގައި ވިދާޅުވެ، ވަޒީފާތައް ދިނުމުގައި ދިވެހިންނަށް އިސްކަން ދިނުމަށް، ރާއްޖޭގައި ވަޒީފާދޭ ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިލްތިމާސް ކުރެއްވިއެވެ.

ނައިބް ރައީސް ވިދާޅުވީ ވަޒީފާ އަދާކުރާ ފަރާތްތަކަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތެއް ކަމަށެވެ. އަދި އެކަމަށްޓަކައި، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ހުރިހާ ފަރާތްތަކެއްގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ޤައުމުގެ ތަރައްޤީއާއި އިޤްތިޞާދީ ދުވެލީގެ މައްޗަށް ވެސް ބައްލަވައިލެއްވިއެވެ. އެގޮތުން، ދިވެހިރާއްޖެ ކުރިއަރައި ދިއުމާއި، އިޤްތިޞާދު ވަރުގަދަކުރުމަށްޓަކައި ވެސް ރާއްޖޭގެ ވަޒީފާގެބާޒާރުގައި ދިވެހިން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށް، ދިވެހިރާއްޖެއަށް ލިބޭ އާމްދަނީ ޤައުމުގައި ހިފެހެއްޓޭނެ ގޮތެއް ހެދުން މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަ ކުރެއްވިއެވެ. އަދި، ސަރުކާރުން އިތުރު އަހައްމިޔަތުކަމެއް ދީގެން ވަޒީފާތަކަށް ދިވެހި ޒުވާނުން ހޭނުމަށްޓަކައި ދޭންޖެހޭ އެކިއެކި ތަމްރީނުތައް ދީ، ދިވެހި ޒުވާނުންނަށް ވަޒީފާގެ ބާޒާރުގައި އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

11 ޖޫން 2017

ށ މިލަންދޫގައި ޒުވާން މާބަނޑު އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

11 ޖޫން 2017
ށ މިލަންދޫގައި ޒުވާން މާބަނޑު އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
31 މެއި 2017

އެކްސިޑެންޓްގައި ދެފަރާތުގެ އިހުމާލު ވެސް އެބައޮތް: ކޯސްޓްގާޑު

31 މެއި 2017
އެކްސިޑެންޓްގައި ދެފަރާތުގެ އިހުމާލު ވެސް އެބައޮތް: ކޯސްޓްގާޑު
30 މެއި 2017

ފިޝަރީޒް މިނިސްޓްރީއަށް 39 މިލިއަން ރުފިޔާ ނުލިބި އެބައޮތް: އޮޑިޓް ރިޕޯޓް

30 މެއި 2017
ފިޝަރީޒް މިނިސްޓްރީއަށް 39 މިލިއަން ރުފިޔާ ނުލިބި އެބައޮތް: އޮޑިޓް ރިޕޯޓް
04 މެއި 2017

ސިޔާސީ ގޮތުން ވަކިކޮށްފައިވާ ފަރާތްތަކަށް އަލުން އަނބުރާ އެވަޒީފާތައް ހޯދައިދޭނަން: ހަސަން ލަތީފް

04 މެއި 2017
ސިޔާސީ ގޮތުން ވަކިކޮށްފައިވާ ފަރާތްތަކަށް އަލުން އަނބުރާ އެވަޒީފާތައް ހޯދައިދޭނަން: ހަސަން ލަތީފް
01 އެޕްރީލު 2017

"އަމިއްލަ ނަން ކިއުމުގެ ހުއްދަ އެބައޮތްތޯ" މައުމޫނު ސުވާލުކުރައްވައިފި

01 އެޕްރީލު 2017
"އަމިއްލަ ނަން ކިއުމުގެ ހުއްދަ އެބައޮތްތޯ" މައުމޫނު ސުވާލުކުރައްވައިފި
22 މާރިޗު 2017

ކޮށްފާނެ ކަންތައްތަކަށް މިތިބީ ތައްޔާރަށް، ޕްލޭން ބީވެސް އެބައޮތް: ގުޅިފައިވާ ޕާޓީތައް

22 މާރިޗު 2017
ކޮށްފާނެ ކަންތައްތަކަށް މިތިބީ ތައްޔާރަށް، ޕްލޭން ބީވެސް އެބައޮތް: ގުޅިފައިވާ ޕާޓީތައް
08 މާރިޗު 2017

މަސީހު ބޭރުކުރުން ލާޒިމް، ބޮޑު މެޖޯރިޓީއެއް އެބައޮތް: ފާރިސް

08 މާރިޗު 2017
މަސީހު ބޭރުކުރުން ލާޒިމް، ބޮޑު މެޖޯރިޓީއެއް އެބައޮތް: ފާރިސް
02 މާރިޗު 2017

ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

02 މާރިޗު 2017
ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ
24 ފެބުރުއަރީ 2017

އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު

24 ފެބުރުއަރީ 2017
އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް