Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރޯދަމަހު ތަކެތީގެ އަގުބޮޑު ނުކުރަން ވިޔަފާރިވެރިންނަށް ރައީސްގެ އިލްތިމާސެއް!

5 މެއި 2019 | އާދީއްތަ 14:26

ވަގުތީ މަންފާއަށް ތަކެތީގެ އަގުބޮޑުނުކުރަން އިލްތިމާސްކުރެއްވި

އަމަން ހަލީމް
އަމަން ހަލީމް | 5 މެއި 2019 | އާދީއްތަ 14:26
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު

ރަމަޟާން މަހާ ގުޅިގެން ބާޒާރުމަތީގައި ހުންނަ ތަކެތީގެ އަގު އުފުލެމުން ދިޔުމާ ގުޅިގެން، ވިޔަފާރީގެ ފައިދާ ހޯދުމަށް ގަސްތުކޮށްގެން ތަކެތީގެ އަގު ނުއުފުލުމަށް ރައީސް ސޯލިހު އިލްތިމާސްކުރައްވައިފިއެވެ.

ރަމަޟާން މަހާ ގުޅިގެން އާދިއްތަ ދުވަހު ރައީސް ދެއްވި ހިތާބެއްގައި ވިދާޅުވީ ކާބޯތަކެއްޗާއި އެހެނިހެން މުދާ، ބޮޑު އަގުގައި ވިއްކައިގެން، ލިބޭނެ ވަގުތީ ފައިދާއަށް އެކަނި އިސްކަން ދިނުމުގެ ބަދަލުގައި، އާޚިރަތުގެ ދަރުމަ އާއި ޘަވާބަށް ވިސްނައިގެން، ދީލަތިކަމާއި އޯގާތެރިކަން އިސްކުރުމަށް ވިޔަފާރިވެރިންނަށް އިލްތިމާސްކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ ރަމަޟާން މަހު ލިބޭ އެންމެ މަތިވެރި ފިލާވަޅަކީ އެކަކު އަނެކަކުގެ އިޙްސާސްތައް ދެނެގަތުމާއި، އެއްބަނޑުއެއްބަފާކަމުގެ ގުޅުންތައް ވަރުގަދަކުރުމާއި، އެކަކު އަނެކަކަށް އަޅާލައި އުޅުމުގެ މުހިންމުކަން ކަމަށެވެ.

ރައީސްގެ ހިތާބުގައި އެމަނިކުފާނު ވަނީ ރަމަޟާން މަހަކީ، ދުނިޔެ އާއި އާހިރަތް ބާއްޖަވެރިކުރުމަށްޓަކައި، މާތްﷲ ފަހިކޮށްދެއްވި ވަރަށް އަގުހުރި ރަނުގެ ފުރުސަތެއްކަން ފާހަގަކުރައްވާފައެވެ. އަދި މި މާތް މައްސަރުގެ ދަރުމަ އާއި ސަވާބު ހާސިލުކުރުމަށްޓަކައި، މާތްﷲ އަންގަވާފައިވާ ގޮތުގެ މަތިން ރޯދަ ހިފައި، ރޭ އަޅުކަންކޮށް، ގިނަގިނަ އިން ކީރިތި ގުރްއާން ކިޔަވައި، ސަދަގާތް ދިނުން އިތުރުކުރުމަށް، ރާއްޖޭގެ ރައްޔިތުންނަށް ރައީސް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

ރައީސް ވަނީ މި މާތް މައްސަރުގައި ކެތްތެރިވުމާއި އަނެކުންނަށް މައާފްކުރުމާއި، ހިތްތިރިކޮށް މަޑުމައިތިރިވުމަކީ، ރޯދައިގެ އަޅުކަން ބާރުއަޅާ އެންމެ މުހިންމު ކަންތައްތައް ކަން ފާހަގަކުރައްވައި، އަނެކުންނަށް އެހީތެރިވުމާއި ދީލަތިވުމަކީ، ރަމަޟާން މަހުގައި އަޅުގަނޑުމެންގެ ކިބައިގައި ކޮންމެހެން ހަރުލައްވަންޖެހޭ ސިފަތައް ކަމަށް ވިދާޅުވެފައިވެއެވެ.

ރައީސްގެ ހިތާބު ނިންމަވާލެއްވީ ރަމަޟާން މަހާ ކުރިމަތިލާއިރު، އިސްލާމްދީނުގެ އިޖްތިމާޢީ އަގުތައް، އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެމެހެއްޓުމަށް، އިތުރު ސަމާލުކަމެއް ދޭންޖެހޭކަން ފާހަގަކުރައްވައި ރައީސް ވަނީ މުޖުތަމައުގެ ރީތި ހަމަތަކާއި އަދަބުތަކަށް ހުރުމަތްތެރިކޮށް ހިތައި، ގާނޫނުތަކަށާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމުގެ ރޫހު ރަމަޟާން މަސް ފަދަ އިސްލާމީ މުނާސަބަތެއްގައި އާލާކޮށް ދިރުވަންޖެހޭނެ ކަމަށް ވިދާޅުވަމުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު

13 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު
13 ފެބުރުއަރީ 2017

ޕީޕީއެމްގެ ރިޔާސީ ޕްރައިމެރީ ބާއްވާނެ ކަމަށް ގަބޫލެއް ނުކުރަން : އުމަރު ނަސީރު

13 ފެބުރުއަރީ 2017
ޕީޕީއެމްގެ ރިޔާސީ ޕްރައިމެރީ ބާއްވާނެ ކަމަށް ގަބޫލެއް ނުކުރަން : އުމަރު ނަސީރު
12 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހަޅައިފި

12 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހަޅައިފި
07 ފެބުރުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

07 ފެބުރުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް