Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމުހައްމަދު ނިޒާމް

ނިޒާމްބެ އޭއެފްސީ އޭ ލައިސަންސް ނަގަނީ

5 މެއި 2019 | އާދީއްތަ 12:49

ނިޒާމްބެ ކޯސް ފުރިހަމަކުރަނީ ބަންގްލަދޭޝްގައި

ލީވާން އަލީ
ލީވާން އަލީ | 5 މެއި 2019 | އާދީއްތަ 12:49
މުހައްމަދު ނިޒާމް

މުހައްމަދު ނިޒާމް

ޓީސީ ސްޕޯޓްސް ކްލަބްގެ ކުރީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އޭއެފްސީ އޭ ލައިސަންސް ކޯސް ފުރިހަމަކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ބަންގްލަދޭޝްގެ ޑާކާގައި މިހާރު ކުރިޔަށްދާ އޭ ލައިސަންސް ކޯޗިން ކޯހުގައި ނިޒާމްބެ ބައިވެރިވެފައިވާއިރު، މި ކޯސް މި މަހު 14ގެ ނިޔަލަށް ކުރިޔަށްދާނެއެވެ.

ޖުމްލަ 21 ފަރާތަކުން ބައިވެރިވި މި ކޯހުގައި ރާއްޖެ އިން ބައިވެރިވެފައި ވަނީ ނިޒާމްބެ އާއި މުހައްމަދު ޝާހިދު (ޝާޑު) އެވެ. މި ކޯހުގައި ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ސްރީލަންކާ، އިންޑިއާ، ބޫޓާން އަދި މެލޭޝިއާގެ ކޯޗުން ބައިވެރިވެއެވެ.

ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް އެންޑް ސްޓްރެޓީޖިކް ޑިރެކްޓަރު ޕައުލް ތޯމަސް ސްމޯލޭ ކުރިޔަށްގެންދާ މި ކޯހުގައި ބައިވެރިވެވޭނީ އޭއެފްސީ ބީ އާއި ސީ ލައިސަންސް ލިބިފައިވާ ކޯޗުންނަށެވެ. މި ކޯހުގައި ޕްރެކްޓިކަލް ބައިގެ އިތުރުން ތިއަރީ ބައި ވެސް ހިމެނެ އެވެ.

އެފްއޭއެމުން މި އަހަރުގެ ގަވާއިދެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޓީމުތަކުގެ ކޯޗުންނަށް ތިބެން ޖެހޭނީ އޭ ލައިސަންސް ކޯޗުން ކަމަށެވެ.

ފާއިތުވެދިޔަ ދެ އަހަރު ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދާފައިވާ ނިޒާމްބެ އިރުޝާދުގެ ދަށުން ޓީސީން ނިމިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވާއިރު، އެޓީމުން ވަނީ ބަންގްލަދޭޝްގައި ބޭއްވި ޝައިހް ކަމާލް އިންޓަނޭޝަނަލް ކަޕް ވެސް ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން ނިޒާމްބެ އިރުޝާދުގެ ދަށުން ޓީސީ ވަނީ ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެ، ވިދިވިދިގެން ތިން އަހަރު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ހޯދާފައެވެ. އަދި ނިޒާމްބެ އިރުޝާދުގެ ދަށުން ޓީސީން ދެ ފަހަރު އެފްއޭކަޕްގެ ދެވަނަ ހޯދާފައިވާއިރު، ޕްރެޒިޑެންޓްސް ކަޕްގެ ދެވަނަ އެއް ފަހަރު ހޯދާފައި ވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ
19 ފެބުރުއަރީ 2017

ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ

19 ފެބުރުއަރީ 2017
ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ
11 ފެބުރުއަރީ 2017

އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

11 ފެބުރުއަރީ 2017
އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ
07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް