Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުރާއްޖެ ޓީވީގެ ދަންބައި

ދަންބައިގެ ޓްރެއިލާ ރިލީޒްކޮށްފި

މިދިޔަ އަހަރުތަކާ ޚިލާފަށް ދަންބައިގެ ބައިތައް ގެނެސްދޭ ގޮތް ވަރަށް ތަފާތު ވާނެ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 4 މެއި 2019 | ހޮނިހިރު 13:01
ދަންބައިގެ ޝޫޓިން ކުރިއަށް ދަނީ

ދަންބައިގެ ޝޫޓިން ކުރިއަށް ދަނީ

ކޮންމެ އަހަރަކު ރަމަޟާން މަހު ރާއްޖެ ޓީވީން ގެނެސްދޭ ހެއްވާ މަޖާ ޕްރޮގްރާމް "ދަންބައި" ގެ ޓްރެއިލާ ރިލީޒްކޮށްފިއެވެ.

މި ޕްރޮގްރާމުގެ ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ އާދަމް ޒަރީރު ބުނީ އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރުގެ ރޯދަމަހުވެސް ގެނެސްދޭ ދަންބައި ޕްރޮގްރާމުގައި ފެނިގެންދާނީ ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހަށް އަލިއަޅުވާލާ ހެއްވާ މަޖާ ކަންތައްތަކެއް ކަމަށެވެ.

މީގެ އިތުރުން ދަންބައިގެ "ގަމަރު ޚަބަރު" ގެ ބައިގެ ބަދަލުގައި ފެނިގެންދާނީ "ބައި ޚަބަރު" ކަމަށާއި މި ބައިގައިގައި ވެސް ފެނިގެންދާނީ އެހެން އަހަރުތަކުގައި ވެސް ފެނިގެންދާ ފަދަ ބެލުންތެރިން ޝައުގުވެރިވާނެ ޚަބަރުތަކެއް ކަމަށް ޒަރީރު ބުންޏެވެ.

މިދިޔަ އަހަރުތަކާ ޚިލާފަށް ދަންބައިގެ ބައިތައް ގެނެސްދޭ ގޮތް ވަރަށް ތަފާތު ވާނެ ކަމަށް ޒަރީރު ބުންޏެވެ.

"ދަންބައި" ގައި ފެނިގެންދާނީ ރާއްޖެ ޓީވީގައި މިހާރު ވެސް މަސައްކަތް ކުރަމުންދާ އަދި ކުރިން ވެސް ރާއްޖެ ޓީވީގައި މަސައްކަތް ކޮށްފައިވާ މުވައްޒަފުންގެ ތަފާތު ހުނަރުތަކެކެވެ.

"ދަންބައި" ޕްރޮގްރާމު ރާއްޖެ ޓީވީން މެދުކެނޑުމެއް ނެތި ގެނެސްދޭތާ މިއީ ހަވަނަ އަހަރެވެ.

މި ޕްރޮގްރާމް ފުރިހަމަކޮށް ގެނެސްދިނުމުގައި ރާއްޖެ ޓީވީގެ ޓެކްނިކަލް ޓީމާއި ރާއްޖެ ޓީވީގެ ހުރިހާ ޑިޕާޓްމަންޓަކުން ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް ޒަރީރު ވަނީ ޝުކުރު އަދާކޮށްފައެވެ.

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

"ހާފް ގާލްފްރެންޑްގެ" ޓްރެއިލާ ނެރެފި

11 އެޕްރީލު 2017
"ހާފް ގާލްފްރެންޑްގެ" ޓްރެއިލާ ނެރެފި
10 އެޕްރީލު 2017

"ބާހްބަލީ 2" ގެ ޓްރެއިލާ : އޮންލައިންކޮށް އެންމެ ގިނައިން ބަލާފައިވާ ޓްރެއިލާ

10 އެޕްރީލު 2017
"ބާހްބަލީ 2" ގެ ޓްރެއިލާ : އޮންލައިންކޮށް އެންމެ ގިނައިން ބަލާފައިވާ ޓްރެއިލާ
03 އެޕްރީލު 2017

ސީޒަންގެ ކައުޝީގެ ޓްރެއިލާ ނެރެފި

03 އެޕްރީލު 2017
ސީޒަންގެ ކައުޝީގެ ޓްރެއިލާ  ނެރެފި
03 އެޕްރީލު 2017

"ގޭމް އޮފް ތްރޯން" ގެ ސީޒަން 7 ގެ ޓްރެއިލާ އާންމުކޮށްފި

03 އެޕްރީލު 2017
"ގޭމް އޮފް ތްރޯން" ގެ ސީޒަން 7 ގެ ޓްރެއިލާ އާންމުކޮށްފި
31 މާރިޗު 2017

ހާފް ގާލް ފްރެންޑްގެ ޓްރެއިލާ އޭޕްރިލް 10ގައި

31 މާރިޗު 2017
ހާފް ގާލް ފްރެންޑްގެ ޓްރެއިލާ އޭޕްރިލް 10ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު