Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުވިޝްކާ

"ވިޝްކާ" ރިލީޒްކޮށްފި

ވިޝްކާގެ މައްސަލް އޮތީ ކޯޓުގައި

އަލީ ޔޫސުފް
އަލީ ޔޫސުފް | 9 މާރިޗު 2017 | ބުރާސްފަތި 13:43
ދިވެހި ފިލްމް ވިޝްކާގެ ޕޯސްޓަރެއް

ދިވެހި ފިލްމް ވިޝްކާގެ ޕޯސްޓަރެއް

މިލްކުވެރިކަމާ މެދު ހިޔާލުތަފާތުވެ ކޯޓުގައި މައްސަލަ ބަލަމުން ދަނިކޮށް ދިވެހި ފިލްމް "ވިޝްކާ" ބުދަ ދުވަހު ރިލީޒްކޮށްފިއެވެ.

ހައުސްފުލް ޝޯއަކާ އެކު ބުދަ ދުވަހު ފިލްމް ރިލީޒްކުރީ ޝްވެކް ސިނަމާގައެވެ. ފިލްމް ބެލި ގިނަ ފަރާތްތަކުން ބުނީ މިއީ މުޅިން ތަފާތު ފިލްމެއް ކަމަށެވެ. އަދި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދިޔަ ރަވީ ފާރޫގާއި ރިޝްމީގެ އެކްޓިން ވަރަށް މޮޅު ކަމަށެވެ. މިއީ ތަފާތު ފިލްމެއް ބަލާލަން ބޭނުން ފަރާތްތަކަށް ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ފިލްމް ބެލި ގިނަ ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި ސޯޝަލް މީޑިއާގައި ވެސް ކްރިޓިކުން ވެސް ވަނީ ފިލްމަށް ތައުރީފްކޮށްފައެވެ.

މި ފިލްމް ރިލީޒްކޮށްފައިވާ އިރު މި ފިލްމުގެ މިލްކުވެރިކަމާ މެދު ސުވާލު އުފައްދައި ވިޝްކާގެ ވާހަކަ އާއި ސްކްރީން ޕްލޭގެ މިލްކުވެރިކަން ކަށަވަރު ކުރުމަށް މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ކެމެރާމަން ހަސަން ހަލީމް (ކޮކޯ ހަސަން) އެވެ ރިޝްމީގެ ފަރާތުން އަންގާރަ ދުވަހު ވަކީލުން ވަނީ ކޯޓަށް ހާޒިރުވެ ޖަވާބުދާރީވެފައެވެ. ސިވިލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ "ވިޝްކާ" އާ ގުޅޭ ގޮތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފައި ވަނީ އާދީއްތަ ދުވަހު ކަމަށެވެ. ދެން އެ މައްސަލަ ފޮނުވާނީ ޑިސްޕިއުޓް މަރުހަލާ އަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި އެ މައްސަލަ ޝަރީޢަތަށް ފޮނުވާނީ ދެ ފަރާތް ވާހަކަ ދައްކައިގެން ހައްލެއް ނުލިބިއްޖެ ނަމަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ..

ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ކޮކޯ ހަސަން ބުނެފައިވަނީ "ވިޝްކާ" އަކީ އޭނާގެ އަމިއްލަ މިލްކެއް ކަމަށް ގަބޫލު ކުރެވޭތީ މިލްކްވެރިކަން ސާބިތު ކޮށްދެވޭ ވަރަށް ހެކި އެބަހުރި ކަމަށާއި އެކަން ސާބިތު ކުރާނެ ކަމަށެވެ.

މި މައްސަލާގައި ފިލްމްގެ ޕްރޮޑިއުސަރ އަދި ބަތަލާ ރިޝްމީ ކުރިން ބުނެފައި ވަނީ "ވިޝްކާ"އަކީ ހަސަންގެ ހައްގެއް ނަމަ ފިލްމުގެ މަސައްކަތް ކުރިއަށް ދިޔައިރު ހުއްޓުވަން ނޫޅުނީ ކީއްވެތޯއެވެ. އެފިލްމަކީ ރިޝްމީގެ އެއްޗެއް ނޫން ކަމަށް ވެއްޖެ ނަމަ އެހާ ބޮޑު ޚަރަދެއް ކުރަންވީ ކީއްވެތޯ ކަމަށް އޭނާ ބުންޏެވެ.

ވިޝްކާގެ ސްޓޯރީގެ މައްސަލަ ޖެހިފައިވާއިރު ފިލްމްގެ ޕްރޮމޯޝަނަލް ޓްރެއިލާ ދެއްކިއިރު އެފިލްމްގެ ސްކްރިޕްޓް ލިޔުނު ކަމަށް ބުނާ އަހުމަދު ޒަރީރަށް ކްރެޑިޓް ދީފައި ނުވާ ކަމަށް ބުނެ އެމައްސަލަ ވެސް ވަނީ ހޫނު ވެފައެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ފިލްމުގެ ޑައިރެކްޓަރ އަދި ލީޑް އެކްޓަރު ރަވީ ފާރޫގް ބުނީ ޒަރީރަށް ކްރެޑިޓް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ޒަރީރަކީ ސްކްރިޕްޓްގެ މަސައްކަތް ކުރުމަށް މަހުދީ ގެނެފައިސްވާ މީހަކަށް ވާއިރު ޒަރީރުގެ މަސައްކަތަށް ކްރެޑިޓް ދޭން ނުޖެހޭނެ ކަމަށް ރަވީ ބުންޏެވެ.

މީގެ އިތުރުން ރަވީ ބުނީ ފިލްމްގެ ޝޫޓިންތައް ކުރިއަށް ދިޔައިރު ސްކްރިޕްޓަށް ބޮޑު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އަދި ފިލްމް ބަލައިފި ނަމަ ޒަރީރަށް އެކަން އެނގިގެން ދާނެ ކަމަށް ރަވީ ބުންޏެވެ. އެހެން ކަމުން ޒަރީރަށް މި ފިލްމްގެ ކްރެޑިޓް ދޭނަމަ ފިލްމްގެ ޑައިރެކްޓަރ ރަވީ އަދި ޕްރޮޑިއުސަރ ރިޝްމީއަށް ވެސް ކްރެޑިޓް ދޭން ޖެހޭނެ ކަމަށް ރަވީ ބުންޏެވެ. މި މައްސަލާގައި ޒަރީރާ އެކު ވާހަކަ ދެއްކުމަށް އެއްމޭޒަކަށް އައުމަށް ރަވީ ވަނީ ގޮވާލާފައެވެ. މި ފިލްމުގެ ޓައިޓިއުލާ ރޯލުން ރިޝްމީ ފެނިގެނދާއިރު ދެން މިފިލްމުގެ މުހިއްމު ރޯލްތަކުން ފެނިގެންދާނީ ރަވީ ފާރޫޤް އަދި އަޙްމަދު ސައީދު އެވެ.

އިތުރަށް ކިޔާލަން

15 ޖުލައި 2017

"ޖައްގާ ޖާސޫސް" ރިލީޒްކޮށްފި

15 ޖުލައި 2017
"ޖައްގާ ޖާސޫސް" ރިލީޒްކޮށްފި
01 ޖުލައި 2017

ނޯޓީ 40" ގެ ދެވަނަ ޓީޒާ ރިލީޒްކޮށްފި

01 ޖުލައި 2017
ނޯޓީ 40" ގެ ދެވަނަ ޓީޒާ ރިލީޒްކޮށްފި
18 މެއި 2017

"ޓިއުބްލައިޓް" ގެ ރޭޑިއޯ ލަވަ ރިލީޒްކޮށްފި

18 މެއި 2017
"ޓިއުބްލައިޓް" ގެ ރޭޑިއޯ ލަވަ ރިލީޒްކޮށްފި
14 މާރިޗު 2017

ދިވެހި ފިލްމް "ވިޝްކާ" ގެ މައްސަލަ ކޯޓުން ބޭރު ކޮށްފި

14 މާރިޗު 2017
ދިވެހި ފިލްމް "ވިޝްކާ" ގެ މައްސަލަ ކޯޓުން ބޭރު ކޮށްފި
12 މާރިޗު 2017

ވޮންޑަރ ވުމަންގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި

12 މާރިޗު 2017
ވޮންޑަރ ވުމަންގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު