Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެޓީވީ

ނޫސްވެރިޔާ ހުސައިންއަށް ފުލުހުން އަނިޔާކުރިކަން ތަހުގީގަކުން ނޭނގޭ: އެންއައިސީ

4 މެއި 2019 | ހޮނިހިރު 09:34

އަނިޔާތަކާ ގުޅިގެން ލަންކާއިން ވެސް ފަރުވާ ހޯދި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 4 މެއި 2019 | ހޮނިހިރު 09:34
ފުލުސް އޮފީހުން ނެރެގެން ނޫސްވެރިޔާ ހުސައިން ގެންދަނީ

ފުލުސް އޮފީހުން ނެރެގެން ނޫސްވެރިޔާ ހުސައިން ގެންދަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއެއް ކަވަރު ކުރަމުންދަނިކޮށް، ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސައިން ހަސަން ހައްޔަރުކޮށް، އޭނާއަށް ފުލުހުން އަނިޔާކުރިކަން ތަހުގީގަށް ހާމަނުވާ ކަމަށް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އިން ބުނެފިއެވެ.

އައިއައިސީން އެގޮތަށް ބުނެފައި ވަނީ ނޫސްވެރިޔާ ހުސައިނަށް އަނިޔާ ކުރި މައްސަލަ ތަހުގީގު ކުރުމަށް ފަހު، މައްސަލަ ނިންމައި ރާއްޖެޓީވީއަށް ފޮނުވި ސިޓީގައެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި އެއްވުން ކަވަރު ކުރަމުންދަނިކޮށް ފުލުހުންތަކެއް ހުސައިންނަށް އަނިޔާކުރި މައްސަލަ ބަލަން ރާއްޖެޓީވީން އެ ކޮމިޝަނަށް މައްސަލަ ހުށަހެޅީ މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ ފަހުކޮޅުއެވެ.

Advertisement - newsAdvertisement

އެ މައްސަލާގައި ފުލުހުންތަކެއްގެ ބަޔާން އެންއައިސީން ނަގާފައިވެއެވެ. އަދި ހުސައިން ވެސް އެންއައިސީއަށް ހާޒިރުކޮށް ބަޔާން ނަގާފައިވެއެވެ.

އެންއައިސީން ރާއްޖެޓީވީއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މުޒާހަރާ ކަވަރު ކުރަނިކޮށް، ހުސައިން ހައްޔަރު ކުރުމަށް ފަހު އޭނާ އަނިޔާކުރިކަން އެނގެނީ އޭނާ އެ ކަމިޝަނަށް ދީފައިވާ ބަޔާނުންނާއި ރާއްޖެޓީވީން ހުށަހެޅި ސިޓީން އެކަނި ކަމަށެވެ. ނަމަވެސް އެ ތުހުމަތުތަކަށް ފުލުހުން އިންކާރު ކޮށްފައިވާ ކަމަށް އެންއައިސީގެ ސިޓީގައިވެއެވެ. އެގޮތުން އެއްވެސް ފުލުހަކު ހުސައިނަށް އަނިޔާކުރަނިކޮށް ފެނިފައި ނުވާ ކަމަށް ތަހުގީގަށް ބަޔާން ދީފައިވާ ފުލުހުން ބުނެފައިވާ ކަމަށާއި އެ ފުލުހުންގެ ބަޔާން ނަފީ ކުރާނެ އެއްވެސް ހެއްކެއް އަދި ގަރީނާއެއް އެ ކޮމިޝަންގެ ތަހުގީގަށް ލިބިފައިނުވާ ކަމަށެވެ.

"ޙުސައިން ހަސަން އަނިޔާވެރި ގޮތަކަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމާއި ޙުސައިން ހަސަން ފުލުހުންގެ ސްޓޭޝަނަށް ގެންގޮސް ފުލުހުން، ޙުސައިން ހަސަންއަށް އަނިޔާ ކޮށްފައިވާކަން މި ކޮމިޝަންގެ ތަހުގީގަށް އެނގެން ނެތް ކަމަށް ކޮމިޝަނުން ނިންމައިފިކަމުގައި ދަންނަވަމެވެ،" އެންއައިސީން ރާއްޖެޓީވީއަށް ފޮނުވި ސިޓީގައިވެއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ރޭ ގުޅިފައިވާ ޕާޓީތަކުން މާލޭގައި ކުރި މުޒާހަރާ ކަވަރު ކުރަމުންދަނިކޮށް، ހުސައިން ހައްޔަރު ކުރުމަށް ފަހު ގެންދިޔައީ ގަލޮޅު ޕޮލިސް ސްޓޭޝަނަށެވެ. އެތަނުން ނެރެގެން، ފުލުހުންގެ ވެހިކަލަކަށް އަރުވައިގެން ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ވެއްދިއިރު، އޭނާއަށް އަނިޔާކޮށްފައިވުމުން، ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ. އޭނާއަށް ލިބުނު އަނިޔާތަކާ ގުޅިގެން ލަންކާއަށް ގެންގޮސް ފަރުވާ ވެސް ދީފައިވެއެވެ.

ހުސައިނަށް އަނިޔާ ކުރި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ތަހުގީގު ކުރުމަށް ފަހު، އެ ކޮމިޝަނުން ބުނެފައި ވަނީ އޭނާއަށް އަނިޔާކުރީ ކޮން ފުލުހެއްކަން ނޭނގޭ ކަމަށާއި، ފުލުހުން ޤަސްދުގައި ހުސައިން އަށް އަނިޔާއެއް ނުދޭ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް