Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑޭވިޑް ލުއިޒް

އެއްބަސްވުން އާކުރުމާ ގުޅޭގޮތުން ލުއިޒް ޗެލްސީއާ މަޝްވަރާކޮށްފި

ލުއިޒްގެ އެއްބަސްވުން މި ސީޒަނަށްފަހު ހަމަވާނެ

ލީވާން އަލީ
ލީވާން އަލީ | 3 މެއި 2019 | ހުކުރު 11:12
ޑޭވިޑް ލުއިޒް

ޑޭވިޑް ލުއިޒް

އެއްބަސްވުން އާކުރުމާ ގުޅޭގޮތުން ޗެލްސީއަށް ކުޅެމުން އަންނަ ޑޭވިޑް ލުއިޒް އެ ކްލަބާ މަޝްވަރާކޮށްފިއެވެ.

ލުއިޒްއާ ގުޅޭގޮތުން ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުނީ، ލުއިޒް މަޑުކުރާނެ ކަން އޭނާއަށް ނޭގޭ ކަމަށާއި، ނަމަވެސް އެއްބަސްވުމާ ގުޅޭގޮތުން ކްލަބާއެކު އޭނާ ދާދި ފަހުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން ޗެލްސީއާއެކު ލުއިޒް ހަދާ އާ އެއްބަސްވުމުގެ ދަށުން އޭނާ އިތުރު އެއް އަހަރަށް ކްލަބުގައި މަޑުކުރާނެއެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުން މި ސީޒަނަށްފަހު ޗެލްސީއާއެކު ލުއިޒް ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، އޭނާ އެހެން ކްލަބަކަށް ބަދަލުވުމަކީވެސް ކައިރި ކަމެކެވެ.

ލުއިޒް ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ސްޕެއިން އަދި ޖަރުމަންގެ ބައެއް ކްލަބްތައްވެސް ހިމެނެއެވެ.

ބެންފީކާއަށް 132 މެޗު ކުޅެފައިވާ ޑޭވިޑް ލުއިޒު ވަނީ އެ ކްލަބާ އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެ އަށް ފަހު ޗެލްސީ އަށް އޭނާ ބަދަލުވިއިރު، ޗެލްސީ އަށް އޭނާ ވަނީ 143 މެޗު ކުޅެ އެ ކްލަބާއެކު ޔުއެފާ ޗެމްޕިއަންސް ލީގު އަދި ޔުއެފާ ޔޫރޮޕާ ލީގު ވެސް ކާމިޔާބުކޮށްފައެވެ.

ޗެލްސީ ދޫކޮށް ޑޭވިޑް ލުއިޒް ޕީއެސްޖީ އަށް ބަދަލުވީ 2014 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ އެ ކްލަބަށް 89 މެޗު ކުޅެ، ފްރެންޗް ލީގު ދެފަހަރު އަދި ފްރެންޗް ކަޕް ދެފަހަރު ކާމިޔާބުކޮށްފައެވެ.

ޕީއެސްޖީ ދޫކޮށް ޑޭވިޑް ލުއިޒް ޗެލްސީއާ އަލުން ގުޅުނީ 2016 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް 101 މެޗު ކުޅެދީފައެވެ.

ބްރެޒިލް ގައުމީ ޓީމާއެކު 2013 ވަނަ އަހަރު ފީފާ ކޮންފެޑެރޭޝަންސް ކަޕް ކާމިޔާބުކޮށްފައިވާ ޑޭވިޑް ލުއިޒް ވަނީ އެޓީމަށް 56 މެޗު ކުޅެފައެވެ.

އިތުރަށް ކިޔާލަން

06 ޖުލައި 2017

އެޓްލެޓިކޯގެ އެއްބަސްވުން ފެނާންޑޯ ޓޮރޭޒް އާކޮށްފި

06 ޖުލައި 2017
އެޓްލެޓިކޯގެ އެއްބަސްވުން ފެނާންޑޯ ޓޮރޭޒް އާކޮށްފި
05 ޖުލައި 2017

ޓްރާންސްފާއާ ގުޅޭގޮތުން ރޫނީ އެވަޓަންއާއެކު މަޝްވަރާކޮށްފި

05 ޖުލައި 2017
ޓްރާންސްފާއާ ގުޅޭގޮތުން ރޫނީ އެވަޓަންއާއެކު މަޝްވަރާކޮށްފި
13 ޖޫން 2017

ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި

13 ޖޫން 2017
ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި
08 ޖޫން 2017

ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި

08 ޖޫން 2017
ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި
02 އެޕްރީލު 2017

ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި

02 އެޕްރީލު 2017
ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު