Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސައުދީ އަރަބިއާ

ސައުދީގައި ހައްޔަރުކޮށްފައި ތިބި ބައެއް އަންހެން އެކްޓިވިސްޓުން ވަގުތީ ގޮތުން މިނިވަންކޮށްފި

މިހާތަނަށް 7 އެކްޓިވިސްޓަކު ވަނީ މިނިވަން ކޮށްފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 3 މެއި 2019 | ހުކުރު 08:13
ހައްޔަރުކޮށްފައިވާ ބައެއް އެކްޓިވިސްޓުން ދޫކޮށްލުމަށް ގޮވާލާ އެމްނެސްޓި އިންޓަރނޭޝަނަލްއިން ހިންގި ހަރަކާތެއްގެ ތެރެއިން

ހައްޔަރުކޮށްފައިވާ ބައެއް އެކްޓިވިސްޓުން ދޫކޮށްލުމަށް ގޮވާލާ އެމްނެސްޓި އިންޓަރނޭޝަނަލްއިން ހިންގި ހަރަކާތެއްގެ ތެރެއިން

ސައުދީ އަރަބިއާއިން ހައްޔަރުކޮށްފައިވާ އަންހެން އެކްޓިވިސްޓުންގެ ތެރެއިން 4 މީހަކު ވަގުތީގޮތުން މިނިވަން ކޮށްފައިވާކަމަށް، އެމީހުން މިނިވަންކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނެފިއެވެ.

މި ހަތަރު މީހުން ދޫކޮށްލުމާއިއެކު، ސައުދީ ސަރުކާރުން ހައްޔަރުކުރި އަންހެން އެކްޓިވިސްޓުންގެ ތެރެއިން ވަގުތީގޮތުން ދޫކޮށްލި މީހުންގެ އަދަދު ވަނީ ހަތަކަށް އަރާފައެވެ. މި އެންމެންވެސް ދޫކޮށްލީ އެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޝަރީއަތަށް ފޮނުވުމަށްފަހުއެވެ.

ލަންޑަނުގައި ހަރަކާތްތެރިވާ ހައްޤުތަކާއި ބެހޭ އަރަބި ޖަމާއަތެއްކަމަށްވާ އަލްޤުސްޠުން ކުރި ޓްވީޓެއްގައި ބުނީ، ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ހަތޫން އަޖްވަދު އަލް ފައްސީ އާއި އާމާލް އަލް ހަރްބީ އަދި މައިސާ އަލް މާނިއާގެ އިތުރުން އަބީރް އަބްދުއްލަޠީފް އަލް ނަމަންކަނީ ވަގުތީގޮތުން މިނިވަންކޮށްފައިވާ ކަމަށެވެ.

އެ ޓްވީޓްގައި އިތުރަށް ބުނެފައިވަނީ މި 4 އެކްޓިވިސްޓުންނާއިއެކު އިތުރު އެކްޓިވިސްޓެއްވެސް މިނިވަންކޮށްފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށާއި، ނަމަވެސް އެކަން ކަށަވަރު ކުރެވިފައި ނުވާ ކަމަށެވެ. ސައުދީ ސަރުކާރުން ހައްޔަރުކުރި 11 އެކްޓިވިސްޓުންގެ އާއިލާތަކާއި ގާތް މީހަކުވެސް ވަނީ ބުރާސްފަތި ދުވަހު ފަސްވަނަ އެކްޓިވިސްޓަރު މިނިވަން ކޮށްފައިވާކަމަށް ބުނެފައެވެ. ނަމަވެސް އެއީ ކާކުކަމެއް އެފަރާތުން ބުނެފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން ސައުދީ ސަރުކާރުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

ވަގުތީގޮތުން މިނިވަން ކުރި އެކްޓިވިސްޓުންނާއި، ބަންދުގައި މިހާރު ތިބި އެކްޓިވިސްޓުންވެސް ވަނީ އެމީހުން ބަންދުގައި ތިބޭތާ އަހަރެއްހާ ދުވަސް ވެފައިވާއިރު، އެ މުއްދަތުގައި ތަހުގީގު ކުރާ ފަރާތްތަކުން އެމީހުންނަށް ޖިންސީ ގޯނާ އާއި ލާއިންސާނީ އަނިޔާ ކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ. މި 11 އެކްޓިވިސްޓުންގެ މައްޗަށްވެސް ކޮށްފައިވަނީ ބޭރުގެ މީޑިއާތަކާއި، ޑިޕްލޮމޭޓުންނާއި، ހައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ގުޅުންބާއްވާ ކަމުގެ ދައުވާއެވެ.

ބުރާސްފަތި ދުވަހު 4 އެކްޓިވިސްޓުން ދޫކޮށްލިއިރު، ސައުދީ ސަރުކާރުން މި އަހަރުގެ މާރިޗު މަހުވެސް ވަނީ 3 އެކްޓިވިސްޓަކު ވަގުތީ ގޮތުން މިނިވަން ކޮށްފައެވެ. އެފަހަރު މިނިވަންކުރީ ކިންގް ސަލްމާން ޔުނިވަރސިޓީގެ ކުރީގެ ލެކްޗަރަރ އަޒީޒާ އަލް ޔޫސުފާއި، ބްލޮގަރ އީމާން އަލް ނަފްޖާންގެ އިތުރުން އިލްމުވެރިއެއްކަމަށްވާ ރޮކާޔާ އަލް މޮހާރިބްއެވެ.

އަދިވެސް ބަންދުގައި ހުރި އިސް އެކްޓިވިސްޓެއް ކަމަށްވާ ލުޖެއިން އަލް ހަތްލޫލްގެ އާއިލާއިން ވަނީ ލުޖެއިން އާއި މެދު އަމަލުކުރަމުންދާ ގޮތުން ވާހަކަ ނުދެއްކުމަށް އިންޒާރުދީ، ސައުދީ ސަރުކާރާއި ގާތް ގުޅުން އޮންނަ ފަރާތްތަކުން އެ އާއިލާއަށް ބިރުދައްކަމުންދާ ކަމަށް ބުނެފައެވެ. ލުޖެއިން އަކީ ތަހުގީގު ކުރާ ފަރާތްތަކުގެ ޖިންސީ ޝިކާރައަކަށްވި އެއް އެކްޓިވިސްޓް ކަމަށް ހައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ބުނެފައެވެ.

މި ތުހުމަތުތަކާއި ގުޅިގެން ސައުދީގެ ޕްރޮސެކިއުޓަރުން ޝަރީއަތުގައި ބުނެފައިވަނީ އެއީ ހިނގާފައިވާ ކަމެއް ނޫން ކަމަށެވެ.

ސައުދީ ސަރުކާރުން ހައްޔަރުކުރި އަންހެނުން ދޫކޮށްލުމަށް ހުޅަނގުގެ ޤައުމުތަކުން ސައުދީ ސަރުކާރަށް ވަރަށް ބޮޑަށް ޕްރެޝަރ ކޮށްފައިވާއިރު، އޭގެ ތެރެއިން ގިނަ މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅުއެވެ.

އޭގެފަހުން ނިމިގެންދިޔަ މަހުވެސް ސައުދީ ސަރުކާރުން ވަނީ އަންހެން އެކްޓިވިސްޓުންތަކެއް ހައްޔަރުކޮށްފައެވެ. ހައްޔަރުކޮށްފައިވާ އަންހެން އެކްޓިވިސްޓުން މިނިވަންކުރުމަށް ކުރާ ކެމްޕެއިންއާއި ގުޅިގެން އޭޕްރީލް މަހު 9 ލިޔުންތެރިންނާއި އިލްމުވެރިން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި އެމެރިކާގެ ދެ ރައްޔިތަކުވެސް ހިމެނެއެވެ.

އޭޕްރީލް މަހު ސައުދީ ސަރުކާރުން ހިންގި އޮޕަރޭޝަން އަކީ ނިމިގެން ދިޔަ އަހަރުގެ އޮކްޓޯބަރ މަހު އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓުގައި ނޫސްވެރިޔާ ޖަމާލް ޚާޝުޤްޖީ މަރާލުމާއި ގުޅިގެން ސައުދީ ސަރުކާރަށް އަމާޒުވި ފާޑުކިޔުންތަކަށްފަހު ސައުދީން ހިންގި މިފަދަ ފުރަތަމަ އޮޕަރޭޝަނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް

އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް

13 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި

އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި

07 މާރިޗު 2017
ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!

ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!

25 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު