Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުހީ

މަގުޗާޓު ނެރުމަކީ ނުލިބޭ ބާރެއް ބޭނުން ކުރުން، ފިޔަވަޅު އަޅަންޖެހޭ: ސިރާޖު

3 މެއި 2019 | ހުކުރު 06:54

އެކަން ކުރުމުގެ އިހްތިސާސު ފަނޑިޔާރުގެއަށް ނެތް ކަމަށް ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް | 3 މެއި 2019 | ހުކުރު 06:54
ގާނޫނީ ވަކީލް މޫސާ ސިރާޖް  ފަލަ ސުރުހީ ޕްރޮްގްރާމްގައި

ގާނޫނީ ވަކީލް މޫސާ ސިރާޖް ފަލަ ސުރުހީ ޕްރޮްގްރާމްގައި

ސުޕްރީމް ކޯޓުން އިސްނަގައިގެން ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ކަމަށް ބުނެ، މަގުޗާޓު ނެރުމަކީ، ނުލިބޭ ބާރެއް ފަނޑިޔާރުން ބޭނުން ކުރުމުން ކަމަށާއި އެކަން ކުރި ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ކަމަށް އިންތިހާބުވެވަޑައިގެންނެވި ގާނޫނީ ވަކީލް މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ކަމަށް ބުނެ، ސުޕްރީމް ކޯޓުން އެކުލަވާލި މަގުޗާޓަކީ ޔޫއެންޑީޕީގެ މަޝްވަރާ އާއި ރާއްޖޭގެ ޝަރުއީ ދާއިރާއާ ގުޅޭ ގޮތުން ހަދާފައިވާ ދިރާސާތަކަށް ބަލައިގެން އެކުލަވައިލި އެއްޗެއް ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ބުންނެވެ. އެ މަގުޗާޓުގައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ޖޭއެސްސީ އަލުން އެކުލަވާލުމާއި ފަނޑިޔާރުން އައްޔަން ކުރުމާއި ވަކި ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމާއި ފަނޑިޔާރުން ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ގާއިމު ކުރުމާއި ފަސޭހައިން ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ގާއިމު ކުރުން ހިމެނެއެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަމުން ސިރާޖު ވިދާޅުވީ، "ފަނޑިޔާރުގެއިން، ފަނޑިޔާރުގެ އިސްލާހު" ކުރުމުގެ މަސައްކަތް ނުކުރެވޭނެ ކަމަށެވެ. ސުޕްރީމް ކޯޓުން ހަދައިގެން އުޅޭ މަގުޗާޓަކީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް އެމްޑީޕީން އެކުލަވާލި ''އެޖެންޑާ 19'' ހުއްޓުވަން ހުށައަޅަން އުޅޭ އެއްޗެއް ކަމަށް އޭނާ ވިދާޅުވިއެވެ.

''އަޅުގަނޑުމެން އެކަން ކުރަން ފެށީމަ އެކަން ހުއްޓުވަން އަމިއްލަ އެޖެންޑާ އެއް ނެރެގެން އަމިއްލަ ކަންތައްތަކެއް ހިފައިގެން އަމިއްލަ މަގުޗާޓަކާއިގެން އަދި އެވެސް ގާނޫނު އަސާސީން ނުވަތަ އަމިއްލަ އެޖެންޑާ އަށް ނެރެގެން ގާނޫނު ނުލިބެ ބާރެއް... ސުޕްރީމް ކޯޓަށް އޭގެ އިތުރަށް ފުޅާވެގެން ގޮސް ދުނިޔޭގެ ލެއްވި ކަމެއް ރާއްޖޭގެ ހުރިހާ ކަމެއް އަތެއް ނުބޭނޭނެ،'' ސިރާޖް ވިދާޅުވިއެވެ.

ޝަރުއީ ދާއިރާ އިސްލާހުކުރުމަށް އަޑު އުފުލަމުންދާ ސިރާޖް ވިދާޅުވީ، މަޖިލީހުން އިސްތިޝާރި ލަފަޔަކަށް އެދިއްޖެނަމަ ސުޕްރީމް ކޯޓުން ލަފާއެއް ދެވިދާނެ ކަމަށާއި، ނަމަވެސް އެފަދަ މަގުޗާޓެއް ހެދުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެން ނުވާކަމަށެވެ.

ސުޕްރީމް ކޯޓަކީ ގާނޫނު އަސާސީގެ ބެލެނިވެރި ފަރާތްކަމަށް ބުނާމުންދާތީވެ، ސިރާޖް ވިދާޅުވީ، އެ ވާހަކައަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު އަދި ނުރަނގަޅު ވާހަކައެއް ކަމަށެވެ. މިހާރު ތިބި '' ކޮރަޕްޓް'' ފަނޑިޔާރުންނާ އެކު ކުރިއަށް ދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ސިރާޖު ވިދާޅުވިއެވެ.

ކޯޓުތަކުގައި ހިނގަމުންދާ ޝަރީއަތްތަކަށް ވަކާލާތު ކުރެއްވުމަށް، އާންމުކޮށް ވަޑައިގަންނަވާ ސިރާޖް ވިދާޅުވީ، ފަނޑިޔާރުންގެ އަމަލުތައް ހުރިގޮތް ވަރަށް ސާފުކޮށް ފެނިފައިވާ ކަމަށާއި، އެ ފަނޑިޔާރުންނަށް އިތުރު ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. ނުލިބޭ ބާރެއް ފަނޑިޔާރުން ބޭނުން ކުރުމަކީ ނުރައްކަތެރި ކަމަށް އޭނާ ވިދާޅުވިއެވެ.

''ދަށު ކޯޓުތަކުގެ ފަނޑިޔާރުން ނުފޫޒު ފޯރުވުން ދަށު ކޯޓުގައި ހުންނަ ފައިލް ނަގަނީ. މީހުންގެ މައްޗަށް ސުމޯޓޯ މައްސަލަ ހިންގަނީ. ދެން ތަންތަނުގައި ހުންނަ އުފެދިފައި ހުންނަ މުއައްސަސާތަކުގައި ހުންނަ ބާރުތައް ގެނެސް އަމިއްލަ އަތަދަށަށް ގެންނަނީ. އެކަންކަމެއް ނުކުރެވޭނެ. އެކަންކަން ކުރާނަމަ އަޅުގަނޑުމެން ޖެހޭނީ އެބޭފުޅުން ވަކިކުރަން'' ގާނޫނީ ވަކީލް ސިރާޖް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާއަށް އިންތިހާބުވެވަޑައިގަތް ސިރާޖް ވިދާޅުވީ، ރައްޔިތުން ހިތް އެދޭ ނަޒާހަތްތެރި ފަނޑިޔާރު ގެއެއް ނަވާރަ ވަނަ މަޖިލީހުގައި އުފައްދައިދޭނެ ކަމަށެވެ. ރައްޔިތުން ބޭނުންވާ ގޮތަށް ފަނޑިޔާރުގެއެއް އެކުލަވައިލުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ފަނޑިޔާރުގެއާ ބެހޭ ގޮތުން ކުރެއްވި ޓްވީޓަކާއި ގުޅިގެން ދާދި ފަހުން ސިރާޖް ވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް