މާފުށީ ޖަލުގައި ހިންގި މާރާމާރީއެއްގައި އެކަކަށް އަނިޔާވެއްޖެ
2 މެއި 2019 | ބުރާސްފަތި 17:55އޭނާގެ މޭމަތީގައި ވަނީ ފައިން ޖަހާފައި

އަމްނާ އިމާދު | 2 މެއި 2019 | ބުރާސްފަތި 17:55

މާފުށި ޖަލު
ކ. މާފުށީ ޖަލުގައި ހިންގި މާރާމާރިއެއްގައި އެކަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މާރާމާރި ހިންގީ ޖަލުގައި ތިބި ބަންގްލަދޭޝްގެ ދެގައިދީން ކަމަށާއި، މި މާރާމާރީގެ ރިޕޯޓް ކޮށްފައި ވަނީ ބުރާސްފަތި ދުވަހު މެންދުރު ފަހު 14:37 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ އަނިޔާވީ 31 އަހަރުގެ މީހަކަށް ކަމަށެވެ. އަދި މި މާރާމާރީގައި އޭނާގެ މޭމަތީގައި ފައިން ޖަހާފައިވާ ކަމަށާއި، އޭނާގެ އަގައިން ލޭ އައިސްފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސް ކަމެއް ނުވަތަ ނޫން ކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.





