Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންކަމް ޓެކްސް

އިންކަމް ޓެކްސްގެ ނިޒާމަކީ ވަރަށް ރަނގަޅު ނިޒާމެއް: ގަވަނަރ

2 މެއި 2019 | ބުރާސްފަތި 13:25

އިންކަމް ޓެކްސް ނެގުމަކީ ރައީސް ސޯލިޙްގެ ވައުދުފުޅެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 2 މެއި 2019 | ބުރާސްފަތި 13:25
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަނަރ އަހްމަދު ނަސީރު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަނަރ އަހްމަދު ނަސީރު

އިންކަމް ޓެކްސްގެ ނިޒާމަކީ ވަރަށް ރަނގަޅު ނިޒާމެއް ކަމަށާއި އިންކަމް ޓެކްސް ނަގަން ފެށުމުން ޓެކްސްގެ ނިޒާމް ވަށާ ޖެހޭ ނިޒާމަކަށް ބަދަލުވެގެންދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަނަރ އަހްމަދު ނަސީރު ވިދާޅުވެއްޖެއެވެ.

އެމްއެމްއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގަވަނަރ ނަސީރު ވިދާޅުވީ އިންކަމް ޓެކްސްގެ ޒަރީއާއިން އާމްދަނީ ފަރަގު ކުޑަކުރުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

Advertisement - newsAdvertisement

އިންކަމް ޓެކްސްއިން ސީދާ ލިބިގެންދާނީ ކިހާ މިންވަރެއް ކަމެއް އަދި އެނގިފައިނުވާއިރު، އެމަސައްކަތް މިހާރު ކުރިއަށްދާއިރު އެންމެ މުހިއްމު އެއް ކަމަކީ މިއީ އާމްދަނީ ފަރަގު ކުޑަ ކުރުމަށްޓަކައި އެޅިގެންދާނެ މުހިއްމު ފިޔަވަޅެއް ކަމަށް ގަވަނަރ ވިދާޅުވިއެވެ.

ރާއްޖޭގެ އިގުތިސޯދު ހަރުދަނާކުރުމަށްޓަކައި، އާމްދަނީ އިތުރުކުރުމުގެ ގޮތުން އާ ސަރުކާރުން ޓެކްސްގެ ނިޒާމަށް ހުށަހަޅާފައިވާ އިންކަމް ޓެކްސް ތައާރަފުކުރުމުގެ ޕްލޭނަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވެސް ވަނީ ތާއީދުކޮށްފައެވެ.

އަންނަ އަހަރު އިންކަމް ޓެކްސް ނަގަން ފަށޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ރައީސްގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް، ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ފަރާތުން ހުށަހަޅާ ކަންކަމުގެ ތެރޭގައި "ފަރުދުންގެ އާމްދަނީ ޓެކްސް" ނަގަން ވަނީ ހިމަނާފަ އެވެ.

އެގޮތުން މަހަކަށް 60،000 އާއި 100،000 ރުފިޔާއާ ދެމެދު އާމްދަނީ ލިބޭ މީހުންގެ އަތުން 3.5 ޕަސަންޓުގެ ރޭޓުގައި ޓެކްސް ނަގާނެ ކަމަށާއި 100،000 އައި 150،000 ދެމެދު އާމްދަނީ އެއް ލިބޭ މީހުންގެ އަތުން 6.5 ޕަސަންޓުގެ ރޭޓުގައި އިންކަމް ޓެކްސް ދައްކަން ޖެހޭނެ ކަމަށް ވެސް އެ ބިލްގެ ޑްރާފްޓްގައިވެ އެވެ. އަދި ފިނޭންސް މިނިސްޓްރީ ވަނީ ހާއްސަ ޓެކްސް ޕޮލިސީ ޔުނިޓެއް ގާއިމުކޮށްގެން، ޓެކްސްގެ ނިޒާމް އިސްލާހު ކުރުމުގެ މަސައްކަތް ކުރަން ފަށާފައެވެ.

ޕާސަނަލް އިންކަމް ޓެކްސް ނަގަން ފަށައިފިނަމަ، އެކި ފަންތީގައި އާމްދަނީ ލިބޭ މީހުން މާ ރަނގަޅަށް ދެނެގަނެވޭއިރު، އެއާއި އެކު އާމްދަނީގެ ފަރަގު ކުޑަކުރުމަށް ކުރެވޭ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.

ލިބޭ އާމްދަނީ އާއި ހަރަދުތައް އެއްވަރެއްގައި ހިފެހެއްޓުމަކީ މުހިއްމު ކަމަށްވާއިރު ބޭރުގެ މާކެޓުތަކާއި އިގުތިސޯދުތަކަށް ބަރޯސާނުވެ، އާމްދަނީ ލިބޭނެ ރަނގަޅު ބިންގަލެއް ގާއިމުކުރަންޖެހޭއިރު، ދައުލަތުގެ ރިޒާވް ކުޑަވަނީ ކުރަންޖެހޭ ހަރަދުތަކާއި އެއްވަރަށް އާމްދަނީ އިތުރުނުވާތީއެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

4

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

5

ރައީސް މުޢިއްޒު ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި 12 އެއްބަސްވުމެއްގައި ސޮއިކުރައްވަނީ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް