Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިއޮނެލް މެސީ

މެސީއަށް ކޯޗުކޮށްދިނުމަކީ ދެކުނު ހުވަފެނެއް: ޑެލް ބޮސްކޭ

2 މެއި 2019 | ބުރާސްފަތި 11:27

މެސީއަށް ސްޕެއިންއަށް ކުޅުމުގެ ފުރުސަތު ލިބުނު

ލީވާން އަލީ
ލީވާން އަލީ | 2 މެއި 2019 | ބުރާސްފަތި 11:27
މެސީ (ކ) އަދި ޑެލް ބޮސްކޭ (ވ)

މެސީ (ކ) އަދި ޑެލް ބޮސްކޭ (ވ)

ބާސެލޯނާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއަށް ކޯޗުކޮށްދިނުމަކީ ދެކުނު ހުވަފެނެއް ކަމަށް ސްޕެއިންގެ ކުރީގެ ކޯޗު ވިންސެންޓް ޑެލް ބޮސްކޭ ބުނެފިއެވެ.

އާޖެންޓީނާގެ ރޭޑިއޯއަކަށް ދިން އިންޓަވިއުއެއްގައި ޑެލް ބޮސްކޭ ބުނީ، މެސީއަކީ މެސީ ކަމަށާއި، ދުނިޔޭގައި ހުރީ އެންމެ މެސީއެއް ކަމަށެވެ. އަދި އޭނާއަށް ކޯޗުކޮށްދިނުމަށް ދުށް ހުވަފެނެއް ކަމަށެވެ.

ޑެލް ބޮސްކޭ ބުނީ، މެސީ ސްޕެއިންގައި ކުޅުވުމަށް ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަރަށް މަސައްކަތް ކުރި ކަމަށާއި، ނަމަވެސް އެކަމާ ދެކޮޅު ހެދީ މެސީ ކަމަށެވެ.

މެސީ އޭނާގެ ގައުމު އާޖެންޓީނާ ދެކެ ވަރަށް ލޯބިވާކަން ފާހަގަކޮށް ޑެލް ބޮސްކޭ ބުނީ، ސްޕެއިންއަށް މެސީ ކުޅުނު ނަމަ ވަރަށް ތަފާތު ވާނެ ކަމަށެވެ.

ޑެލް ބޮސްކޭ ވަނީ ސްޕެއިނުން 2010 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، އެޓީމަށް އިރުޝާދު ދީފައެވެ. އެއީ އެޓީމުގެ ތާރީހުގައި ވެސް ވޯލްޑް ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި އޭނާގެ އިރުޝާދުގެ ދަށުން ސްޕެއިން ވަނީ 2012 ވަނަ އަހަރު ޔޫރޯ ވެސް ކާމިޔާބުކޮށްފައެވެ.

މި ސީޒަނުގައި މެސީ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް މި ސީޒަނުގައި ބާސާއާއެކު ލަލީގާ ކާމިޔާބުކޮށްފައެވެ. އަދި އޭނާއަށް ކޮޕަޑެލްރޭ އާއި ޔުއެފާ ޗެމްޕިއަންސް ލީގު ބާސާއާއެކު ކާމިޔާބުކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ.

މި ސީޒަނުގައި ބާސާއާއެކު ކުޅުނު ހުރިހާ މުބާރާތެއްގައި 48 ލަނޑު މިހާތަނަށް ކާމިޔާބުކޮށްފައިވާ މެސީއަކީ މި ސީޒަނުގައި ބާސާގެ ކެޕްޓަންއެވެ. އެގޮތުން އޭނާގެ ކެޕްޓަން ކަމުގެ ދަށުން ބާސާއަށް ތިން ތަށި ކާމިޔާބުކުރުމުގެ ފުރުސަތު އެބައޮތެވެ.

ގިނަ ބަޔަކު ދެކޭގޮތުގައި މި ސީޒަނުގައި އުމުރުން 31 އަހަރުގެ މެސީ ދައްކަމުން އަންނަ ކުޅުމާ އެކު އޭނާއަށް މި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުމުގެ ފުރުސަތު ވެސް އެބައޮތެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2017

ސްޓޮކްހޯމް އޯޕެން: ޑެލް ޕޮޓްރޯ ޗެމްޕިއަންކަން ހޯދައިފި

23 އޮކްޓޯބަރު 2017
ސްޓޮކްހޯމް އޯޕެން: ޑެލް ޕޮޓްރޯ ޗެމްޕިއަންކަން ހޯދައިފި
26 ސެޕްޓެމްބަރު 2017

ނަމޫނާއެއްގެ ގޮތުގައި ބަލަނީ ރޮނާލްޑޯއާ މެސީއަށް: ކޭން

26 ސެޕްޓެމްބަރު 2017
ނަމޫނާއެއްގެ ގޮތުގައި ބަލަނީ ރޮނާލްޑޯއާ މެސީއަށް: ކޭން
07 ސެޕްޓެމްބަރު 2017

ވޯލްޑްކަޕް ކޮލިފައިން: ސެނެގޯލް އަދި ދެކުނު އެފްރިކާގެ މެޗު އަލުން ކުޅެނީ..!

07 ސެޕްޓެމްބަރު 2017
ވޯލްޑްކަޕް ކޮލިފައިން: ސެނެގޯލް އަދި ދެކުނު އެފްރިކާގެ މެޗު އަލުން ކުޅެނީ..!
06 ސެޕްޓެމްބަރު 2017

ވޯލްޑްކަޕް ކޮލިފައިން: ސައުދީ އަރަބިއްޔާ ކޮލިފައިވިއިރު، ދެކުނު ކޮރެޔާވެސް ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

06 ސެޕްޓެމްބަރު 2017
ވޯލްޑްކަޕް ކޮލިފައިން: ސައުދީ އަރަބިއްޔާ ކޮލިފައިވިއިރު، ދެކުނު ކޮރެޔާވެސް ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
02 މެއި 2017

އޭޝިއާގެ ވަރުގަދަ މެޑެލްއަކާއެކު ސާއިދު ރާއްޖެ އަތުވެއްޖެ

02 މެއި 2017
އޭޝިއާގެ ވަރުގަދަ މެޑެލްއަކާއެކު ސާއިދު ރާއްޖެ އަތުވެއްޖެ
25 ފެބުރުއަރީ 2017

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް
08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް