Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ދިވެހިރާއްޖޭގެ ޖުޑީޝަރީ

ޖުޑީޝަރީގެ އިސްލާހީ އެޖެންޑާއަކީ ފުރުސަތެއްކަމަށް ދެކި، އެ ފުރުސަތުގެ ބޭނުންކުރުން މުހިންމު: މާރިޔާ

ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އިސްލާހީ އެޖެންޑާ ފުރުސަތެއްކަމަށްދެކި ރާއްޖެއަށް އިސްލާހީ ބަދަލުތައް ގެނައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 2 މެއި 2019 | ބުރާސްފަތި 05:33
ސުޕްރީމް ކޯޓުން އެކުލަވާލި މަގުޗާޓު އާންމުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ސުޕްރީމް ކޯޓުން އެކުލަވާލި މަގުޗާޓު އާންމުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ސުޕްރީމް ކޯޓުން އެކުލަވާލި، ޖުޑީޝަރީ އިސްލާގް ކުރުމުގެ މަގުޗާޓަކީ ފުރުސަތެެއް ކަމަށް ދެކި، އެ ފުރުސަތުގެ ބޭނުން ހިފުން މުހިންމު ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ޖުޑީޝަރީއަށް ބޮޑެތި ބާރުތަކެއް ލިބޭގޮތަށް ޝަރުއީ ދާއިރާގެ މަގުޗާޓު، ސުޕްރީމް ކޯޓުން އެކުލަވާލައި ބުދަ ދުވަހުގެރޭ ވަނީ އާންމުކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި ސަރުކާރުގެ މިނިސްޓަރުންގެ ތެރެއިން، ޑިފެންސް މިނިސްޓަރ މާރިޔާ ވެސް ވަނީ ބައިވެރިވެވަޑައިގެންފައިވެ އެވެ.

Advertisement - newsAdvertisement

ރަސްމިއްޔާތުގައި ބައެއް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވުމުން، ސުޕްރީމް ކޯޓުން އެކުލަވާލި މަގުޗާޓަށް ސަރުކާރުން ތާއީދުކުރަނީތޯ އާންމު ރައްޔިތުން ސުވާލު ކުރަމުންގެންދަނިކޮށް، ޤާނޫނީ ވަކީލުކަން ވެސް ކުރެއްވި މިނިސްޓަރ މާރިޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އިސްލާހީ އެޖެންޑާ ފުރުސަތެއް ކަމަށް ދެކި ރާއްޖޭގެ މީހުންގެ ރާއްޖެއަށް އިސްލާހު ގެނައިގޮތަށް، ޖުޑީޝަރީގެ އިސްލާހީ އެޖެންޑާ ފުރުސަތެއް ކަމަށް ދެކި އެ ފުރުސަތުގެ ބޭނުންކުރުން މުހިންމު ކަމަށެވެ. އަދި އެއީ އެކަމަނާގެ ހިޔާލު ކަމަށާއި، އެކަމާއި ހިޔާލު ތަފާތުވާ ބަޔަކު ވެސް އުޅޭނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން އެކުލަވާލި އެ މަގުޗާޓުގައިވާގޮތުން ގިނަ ބާރުތަކެއް ހޯދުމަށް ހިމަނާފައިވެއެވެ. އެގޮތުން ޖުޑީޝަލް ސާރވިސް ކޮމިޝަން އިސްލާހްކުރުމުގެ ގޮތުން ޖޭއެސްސީ އަލުން އެކުލަވާލުމަށް ވަނީ ހިމަނާފަ އެވެ. އަދި ޖޭއެސްސީ އަލުން އެކުލަވާލުމަށްޓަކައި، ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވެސް މަގުޗާޓުގައި ހިމަނާފައިވާއިރު، ޖޭއެސްސީ އަލުން އެކުލަވާލުމަކީ ޖުޑީޝަރީގެ މިނިވަންކޮށް، އިސްލާހްކުރުމަށް އެންމެ މުހިންމު ކަންތައް ކަމަށް މަގުޗާޓުގައި ބުނެފައިވެއެވެ.

ޝަރުއީ ދާއިރާގެ މަގުޗާޓުގައިވާގޮތުން ފަނޑިޔާރު ގޭގެ މާލީ މިނިވަންކަމާއި ވަސީލަތްތައް ކަށަވަރުކުރުމަށް ބަޖެޓްގެ ކޮންޓްރޯލް ޖުޑީޝަރީއަށް ނެގުމަށް ހިމަނާފައިވެއެވެ. އަދި ދައުލަތުގެ ބަޖެޓްގެ ވަކި މިންވަރެއް ޝަރުއީ ދާއިރާއަށް ކަނޑައެޅުުމާއި، ހަރަދުތައްކުރުން ޝަރުއީ ދާއިރާއަށް ދޫކޮށްލުމަށް ހިމަނާފައިވެއެވެ.

މިނިސްޓަރ މާރިޔާގެ އިތުރުން އެ ރަސްމިއްޔާތުގައި ސަރުކާރުގެ ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތާއި، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މައުމޫނު ވަޑައިގަތުމަކީ އިސްލާހީ މަސައްކަތް ކާމިޔާބުކުރަން ލިބުނު ހިތްވަރެއް: އިބޫ

ރައީސް މައުމޫނު ވަޑައިގަތުމަކީ އިސްލާހީ މަސައްކަތް ކާމިޔާބުކުރަން ލިބުނު ހިތްވަރެއް: އިބޫ

15 ޖޫން 2017
އިސްލާހީ މަސައްކަތުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން: ރައީސް މައުމޫން

އިސްލާހީ މަސައްކަތުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން: ރައީސް މައުމޫން

14 ޖޫން 2017
މިނިވަން ކުރީ ވެސް އުސޫލާ ހިލާފަށް، ކުރިއަށް ވުރެ ބާރަށް އިސްލާހީ މަސައްކަތުގައި ކުރިއަށް ދާނަން: މަހްލޫފު

މިނިވަން ކުރީ ވެސް އުސޫލާ ހިލާފަށް، ކުރިއަށް ވުރެ ބާރަށް އިސްލާހީ މަސައްކަތުގައި ކުރިއަށް ދާނަން: މަހްލޫފު

09 ޖޫން 2017
މަސައްކަތް ކުރާނީ ރައްޔިތުންނަކީ ސާހިބު މީހާ ކަމަށް ދެކިގެން: ހޯރަފުށި ކައުންސިލް މެމްބަރު ވަހީދު

މަސައްކަތް ކުރާނީ ރައްޔިތުންނަކީ ސާހިބު މީހާ ކަމަށް ދެކިގެން: ހޯރަފުށި ކައުންސިލް މެމްބަރު ވަހީދު

21 މެއި 2017
އިސްލާހީ މަސައްކަތުގައި ރައީސް މައުމޫން ނިކުމެވަޑައިގަތުމަކީ ޤައުމު ސަލާމަތް ކުރުމަށް ޖިހާދަށް ނުކުމެވަޑައިގަތުން:ތޯރިޤް

އިސްލާހީ މަސައްކަތުގައި ރައީސް މައުމޫން ނިކުމެވަޑައިގަތުމަކީ ޤައުމު ސަލާމަތް ކުރުމަށް ޖިހާދަށް ނުކުމެވަޑައިގަތުން:ތޯރިޤް

30 އެޕްރީލު 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު