Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދު

ތާހިރު ދިރިއުޅުމަކަށާއި އިސްލާހީ ހަރަކާތުގައި ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

ރައީސް ނަޝީދު ސްރީލަންކާއަށް ވަޑައިގެންނެވިއިރު، ލޫކަސްއާއި ސިމްގެ އިތުރުން އެމްޑީޕީގެ އިސް ބައެއް ބޭފުޅުންވެސް ލަންކާގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 20 މާރިޗު 2017 | ހޯމަ 12:35
ރައީސް ނަޝީދާ އެކު ސޯޝަލް މީޑިއާ އެކްޓިވިސްޓުން ކަމަށްވާ ލޫކަސް އަދި ސިމް

ރައީސް ނަޝީދާ އެކު ސޯޝަލް މީޑިއާ އެކްޓިވިސްޓުން ކަމަށްވާ ލޫކަސް އަދި ސިމް

ދިވެހިރާއްޖޭގެ ރައްޔިތުންނަށް ތާހިރު ދިރިއުޅުމެއް ހޯދުމަށް ހިންގާ އިސްލާހީ ހަރަކާތުގައި ވީހާ ވެސް ގިނަ ދިވެހި ރައްޔިތުން ބައިވެރިވުމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

އަވައްޓެރި ސްރީލަންކާއަށް ރައީސް ނަޝީދު މިހާރު ކުރައްވާ ދަތުރުފުޅުގައި، އިސްލާހީ ހަރަކާތްތަކުގެ ތެރެއިން ސޯޝަލް މީޑިއާގެ އެކްޓިވިސްޓުން ކަމަށްވާ ޝަމްއޫން ޖަލީލު (ލޫކަސް ޖަލީމް) އާއި އަހުމަދު އަންވަރު (ސިމް) އާ ބައްދަލު ކުރައްވައި ރައީސް ނަޝީދު ހޯމަ ދުވަހު ސޯޝަލް މީޑިއާ މެދުކޮށް ވިދާޅުވީ ރާއްޖެ އިސްލާހުކުރުމުގެ މިހަރަކާތުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ބައިވެރިވުން ވަރަށް މުހިއްމު ކަމަށާއި މިހާރަކާތުގައި ހުރިހާ ރައްޔިތުން ވެސް ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

Advertisement - newsAdvertisement

"އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ނަސީބެއް މިއީ ލޫކަސް އާއި ސިމް އާ ދެ ބޭފުޅުންނާ ބައްދަލުވިކަން. އަޅުގަނޑު ހުރިހާ ބޭފުޅުންނަށް ވެދުން ދަންނަވަން. އަދި ހުރިހާ ބޭފުޅުންގެ ކިބައިން ވަރަށް ބޮޑަށް އެދެން މިމަސައްކަތުގައި ވީހާ ވެސް ގިނަ ވަގުތެއް ދެއްވައިގެން ސިޔާސީ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގަތުމަށް. އަޅުގަނޑުވެސް ގަބޫލު ކުރަން ބައެއް ފަހަރު ސިޔާސީ މަސައްކަތްތަކަކީ އެންމެ ތާހިރު މަސައްކަތައް ނުވެދޭ. އެހެންނަމަވެސް މިމައްސައްކަތަކީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް، އަޅުގަނޑުމެންގެ ދިރިއުޅުން ތާހިރު ކުރުމަށްޓަކާ. އަޅުގަނޑު ވަރަށް ބޮޑަށް އެދެން ހުރިހާ ބޭފުޅުން ވެސް ވީހާ ވެސް ބޮޑަކަށް މަސައްކަތް ކޮށްދެއްވުމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓުންނަށް ސަރުކާރުން ދަނީ އެކި ގޮތްގޮތުން ބިރުދައްކަމުންނެވެ. އެގޮތުން ދެ ފަހަރެއްގެ މަތިން މީގެ ކުރިން ލޫކަސް ޖަލީލު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައި ވެއެވެ. އަދި ބަންދުގެ މުއްދަތުޖަހާ ޖަލަށް ވެސް ލާފައި ވެއެވެ.

މީގެ އިތުރުން ސޯޝަލް މީޑިއާގެ އެކްޓިވިސްޓް ތޮއްޔިބު ޝަހީމް މިހާރު ވެސް ހުރީ ފުލުހުންގެ ހައްޔަރުގަ އެވެ. ތޮއްޔިބު ހައްޔަރުކޮށްފައި ވަނީ ސައުދީ ރަސްގެފާނުގެ އާއިލާއަށް ފ. އަތޮޅު ވިއްކާލަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިންގެންނާއި އެކަމާ ގުޅޭގޮތުން ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު ދައްކަވާފައިވާ ވާހަކަތަކެއް ކަމަށް ބެލޭވޭ އޯޑިއޯއެއް ލީކުވިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގަ އެވެ.

ތޮއްޔިބު ހައްޔަރުކުރުމާއެކު އެމްޑީޕީގެ ހަރަކާތްތައް ސޯޝަލް މީޑީއާގައި ހިންގަމުން އަންނަ ސިމް އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ލޫކަސް ވަނީ ސްރީ ލަންކާއަށް ގޮސްފަ އެވެ.

އިތުރަށް ކިޔާލަން

15 ޖޫން 2017

ރައީސް މައުމޫނު ވަޑައިގަތުމަކީ އިސްލާހީ މަސައްކަތް ކާމިޔާބުކުރަން ލިބުނު ހިތްވަރެއް: އިބޫ

15 ޖޫން 2017
ރައީސް މައުމޫނު ވަޑައިގަތުމަކީ އިސްލާހީ މަސައްކަތް ކާމިޔާބުކުރަން ލިބުނު ހިތްވަރެއް: އިބޫ
14 ޖޫން 2017

އިސްލާހީ މަސައްކަތުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން: ރައީސް މައުމޫން

14 ޖޫން 2017
އިސްލާހީ މަސައްކަތުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން: ރައީސް މައުމޫން
09 ޖޫން 2017

މިނިވަން ކުރީ ވެސް އުސޫލާ ހިލާފަށް، ކުރިއަށް ވުރެ ބާރަށް އިސްލާހީ މަސައްކަތުގައި ކުރިއަށް ދާނަން: މަހްލޫފު

09 ޖޫން 2017
މިނިވަން ކުރީ ވެސް އުސޫލާ ހިލާފަށް، ކުރިއަށް ވުރެ ބާރަށް އިސްލާހީ މަސައްކަތުގައި ކުރިއަށް ދާނަން: މަހްލޫފު
04 މެއި 2017

ރައީސް ޔާމީނަށް "ނޫނެކޭ" ބުނުމަށް، ވީހާވެސްގިނަ ރައްޔިތުން ވޯޓުދޭން ނުކުތުމަށް މަޚްލޫފް ގޮވާލައްވައިފި

04 މެއި 2017
ރައީސް ޔާމީނަށް "ނޫނެކޭ" ބުނުމަށް، ވީހާވެސްގިނަ ރައްޔިތުން ވޯޓުދޭން ނުކުތުމަށް މަޚްލޫފް ގޮވާލައްވައިފި
30 އެޕްރީލު 2017

އިސްލާހީ މަސައްކަތުގައި ރައީސް މައުމޫން ނިކުމެވަޑައިގަތުމަކީ ޤައުމު ސަލާމަތް ކުރުމަށް ޖިހާދަށް ނުކުމެވަޑައިގަތުން:ތޯރިޤް

30 އެޕްރީލު 2017
އިސްލާހީ މަސައްކަތުގައި ރައީސް މައުމޫން ނިކުމެވަޑައިގަތުމަކީ ޤައުމު ސަލާމަތް ކުރުމަށް ޖިހާދަށް ނުކުމެވަޑައިގަތުން:ތޯރިޤް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު