Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ސްޓޫޑެންޓް އޮފް ދަ އިޔާ 2 ގެ ހޫކް އަޕް ރިލީޒްކޮށްފި

މި ލަވައިގައި ފެނިގެންދަނީ އާލިއާ ބަޓް އާއި ޓައިގާ ޝްރޯފް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 30 އެޕްރީލު 2019 | އަންގާރަ 17:41
އާލިއާ ބަޓް އާއި ޓައިގާ ޝްރޯފް

އާލިއާ ބަޓް އާއި ޓައިގާ ޝްރޯފް

"ސްޓޫޑެންޓް އޮފް ދަ އިޔާ 2" ގެ ތިން ވަނަ ލަވަ "ހޫކް އަޕް" ރިލީޒް ކޮށްފިއެވެ.

މި ލަވައިގައި ފެނިގެންދަނީ މި ފިލްމްގައި ޚާއްސަ ފެނިލުމަކުން ފެނިގެންދާ އެއްތަރި ކަމަށްވާ އާލިއާ ބަޓް އާއި ޓައިގާ ޝްރޯފް އެވެ.

މި ލަވަ ރިލީޒް ކުރުމުގެ ކުރިން ހޮނިހިރު ދުވަހު ފިލްމްގެ ޕްރޮޑިއުސަރ ކަރަން ޖޯހަރު ވަނީ މި ލަވައިގެ ޓީޒާ ހިއްސާ ކޮށްފައެވެ.

މި ލަވައާއި ގުޅޭގޮތުން ޓައިގާ ބުނެފައިވަނީ އާލިއާ އާއި އެކު މިލަވަ ޝޫޓު ކުރުމަކީ މަޖާ ތަޖުރިބާއެއް ކަމަށާއި މި ލަވައަކީ ތަފާތު ލަވައެއް ކަމަށެވެ. އަދި މިފަދަ މަސައްކަތެއް ކުރިން ކޮށްފައި ނުވާ ކަމަށް ޓައިގާ ވަނީ ބުނެފައެވެ.

އާލިއާ އަކީ މަޝްހޫރު ތަރިއަކަށް ވީ ނަމަވެސް އާލިއާ އާއި އެކު މަސައްކަތް ކުރަން ވަރަށް ފަސޭހަ ކަމަށް ޓައިގާ ވަނީ ބުނެފައެވެ.

ގިނަ ކާމިޔާބީތައް ލިބިފައިވާއިރު ވެސް އާލިއާ އަކީ ވަރަށް ބުރަކޮށް ސެޓްގައި މަސައްކަތް ކުރާ ތަރިއެއް ކަމަށް ޓައިގާ ވަނީ ބުނެފައެވެ.

ސްޓޫޑެންޓް އޮފް ދަ އިޔާ 2 އަކީ 2012 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "ސްޓޫޑެންޓް އޮފް ދަ އިޔާ" ގެ ސީކުއެލް އެކެވެ.

އާލިއާ ބޮލީވުޑަށް ތަޢާރަފް ވެގެން ގޮސްފައި ވަނީ "ސްޓޫޑެންޓް އޮފް ދަ އިޔާ" އިންނެވެ.

ސްޓޫޑޭންޓް އޮފް ދަ އިޔާ 2 ގައި ލީޑް ރޯލުން ފެނިގެންދާނީ ޓައިގާގެ އިތުރުން ބޮލީވުޑަށް އަލަށް ތަޢާރަފްވާ ދެތަރިން ކަމަށް ވާ ތާރާ ސުތޭރިއާ އަދި އަނަންޔާ ޕާންޑޭ އެވެ.

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

"ގޭމް އޮފް ތްރޯން" ގެ ސީޒަން 7 ގެ ޓްރެއިލާ އާންމުކޮށްފި

03 އެޕްރީލު 2017
"ގޭމް އޮފް ތްރޯން" ގެ ސީޒަން 7 ގެ ޓްރެއިލާ އާންމުކޮށްފި
29 މާރިޗު 2017

ހޯލް އޮފް ފޭމްގެ އެންޓަޓެއިނާ އޮފް ދި އިޔާ އެވޯޑް އަނުޝްކާ އަށް

29 މާރިޗު 2017
ހޯލް އޮފް ފޭމްގެ އެންޓަޓެއިނާ އޮފް ދި އިޔާ އެވޯޑް އަނުޝްކާ އަށް
23 މާރިޗު 2017

ކަރަން ޖޯހަރުގެ "ސްޓޫޑެންޓް އޮދް ދި އިޔާ" ގެ ލީޑް އެކްޓްރެސް އަކީ ކާކު؟

23 މާރިޗު 2017
ކަރަން ޖޯހަރުގެ "ސްޓޫޑެންޓް އޮދް ދި އިޔާ" ގެ ލީޑް އެކްޓްރެސް އަކީ ކާކު؟
15 މާރިޗު 2017

"ތަގްސް އޮފް ހިންދުސްތާން" ގައި ފާތިމާ ފެނިގެނެއް ނުދޭ

15 މާރިޗު 2017
"ތަގްސް އޮފް ހިންދުސްތާން" ގައި ފާތިމާ ފެނިގެނެއް ނުދޭ
13 މާރިޗު 2017

ގޭމް އޮފް ތްރޯންސް: ކުރިޔަށް އޮތް ސީޒަންގައި އެޑް ޝީރާން ފެންނާނެ

13 މާރިޗު 2017
ގޭމް އޮފް ތްރޯންސް: ކުރިޔަށް އޮތް ސީޒަންގައި އެޑް ޝީރާން ފެންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު