Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭސީސީ ވެސްޓާން ރީޖަން

އޭސީސީ ވެސްޓާން ރީޖަން ކްރިކެޓު މުބާރާތުން ރާއްޖެ ކަޓައިފި

މުބާރާތުން ރާއްޖެ ކެޓީ ގުރޫޕު ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް ބަލިވުމުން

މިއުނާ ހަސަން
މިއުނާ ހަސަން, ރާއްޖެ އެމްވީ | 30 އެޕްރީލު 2019 | އަންގާރަ 11:55
އޭސީސީ ވެސްޓާން ރީޖަން ކްރިކެޓު މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމް

އޭސީސީ ވެސްޓާން ރީޖަން ކްރިކެޓު މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމް

އޭސީސީ ވެސްޓާން ރީޖަން ނަވާރަ އަހަރުން ދަށުގެ ކްރިކެޓް މުބާރާތުގައި ޤަތަރާއި ވާދަކުރި މެޗުން ބަލިވެ ރާއްޖޭގެ ޓީމް މުބާރާތުން ކަޓައިފިއެވެ.

ރާއްޖެ މުބާރާތުން ކަޓާފައި މިވަނީ ގްރޫޕު ސްޓޭޖުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބު ނުކުރެވުމުންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ބަލިވީ ކުވައިތު އަތުންނެވެ. ދެވަނަ މެޗުން އޮމާން އަތުން ބަލިވިއިރު ފަހު މެޗުގައި ގަތަރު އަތުން ބަލިވީ 28 ލަނޑުގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.

ސްރީލަންކާގެ ތަޖުރިބާކާރު ކޯޗެއް ކަމަށްވާ ނިލަންތަ ކޫރޭގެ އިރުޝާދުގެ ދަށުން، އޭސީސީ މުބާރާތުގައި ރާއްޖޭގެ ނަވާރަ އަހަރުން ދަށުގެ ކްރިކެޓް ޓީމް ވާދަކުރިއިރު، ޓީމް ވަނީ އަވަށްޓެރި ލަންކާގައި ހާއްސް ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންގޮސްފައެވެ.

ރާއްޖޭގެ ސީނިއާ ގައުމީ ކްރިކެޓް ޓީމުގެ ކޯޗް އާސިފް ޚާން އޭރު ބުނެފައި ވަނީ ޓްރެއިނިންގް ކޭމްޕްގެ ސަބަބުން ކުޅުންތެރިން ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސްފި ކަމަށާއި، ކުޅުންތެރިން ތިބީ މުބާރާތަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ. އަދި ގްރޫޕް ސްޓޭޖުގައި ރަނގަޅު ނަތީޖާއެއް ހޯދައި ދެވަނަބުރަށް ދަތުރުކުރާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެހެން ނަމަވެސް ގަތަރު އަތުން ބަލިވި މެޗަށް ފަހުގައި އެސިސްޓަންޓް ކޯޗް އިސްމާއިލް ނިހާދު ބުނީ، ތިން މެޗުން ބަލިވެގެން މުބާރާތުން ކަޓަން ޖެހުނީ، ކުޅުންތެރިންނަށް ވާދަވެރި މެޗުތަކެއްގެ ތަޖުރިބާ ލިބިފައި ނެތުމުން ކަމަށެވެ.

މި މުބާރާތުގައި ރާއްޖޭގެ ޓީމަށް އެންމެ އެދެވޭ ނަތީޖާއެއް ނުނެރެވުނު ނަމަވެސް ޓީމް މުބާރާތައް ތައްޔާރުވެފައިވާ މިންވަރު ވަކި ވަކި ކުޅުންތެރިން ހޯދި ކާމިޔާބީތަކުން ދޭހަވެއެވެ. އެގޮތުން ޔޫސުފް އަޒިޔާން ފަރުހަތު ވަނީ މުބާރާތުގައި 199 ލަނޑު ހަދައިގެން މުބާރާތުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ލަނޑުހެދި ކުޅުންތެރިޔާގެ މަގާމް ހޯދާފައިއެވެ. އޭނާ ވަނީ ޤަތަރު އަތުން ރާއްޖެ ބަލިވި މެޗުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމުވެސް ހޯދާފައެވެ.

އަޒިޔާންގެ އިތުރުން ޓީމްގައި ހިމެނޭ އެންމެ އުމުރުން ހަގު ކުޅުންތެރިއާ ކަމަށްވާ މުޙައްމަދު ރަޔާން ތޮލާލް ވަނީ މި މުބާރާތުގައި ވަރުގަދަ ކުޅުމެއް ދައްކާފައެވެ. އެ ގޮތުން އޮމާން މެޗުގައި އޭނާ ވަނީ މެޗުގައި 4 ވިކެޓް، 2 ކެޗް، ނަގާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އޮމާންގެ ޖީލް ޔަގްނޭޝް އަށްވުރެ ރަޔާންގެ މަދީ އެންމެ ވިކެޓެކެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވިމްބަލްޑަން މުބާރާތުން މޮޅުވާ ކުޅުންތެރިންނަށް 3.6 މިލިއަން ޑޮލަރު

ވިމްބަލްޑަން މުބާރާތުން މޮޅުވާ ކުޅުންތެރިންނަށް 3.6 މިލިއަން ޑޮލަރު

03 މެއި 2019
ނޭޕާލުގެ މުބާރާތުން ނަބާހާ އާއި ނަބީހާ ލޯ މެޑަލް ހޯދައިފި

ނޭޕާލުގެ މުބާރާތުން ނަބާހާ އާއި ނަބީހާ ލޯ މެޑަލް ހޯދައިފި

09 ޑިސެމްބަރު 2018
ގައުމީ އެތުލެޓިކްސް މުބާރާތުން އަންހެން ބައި އުނިކޮށްފި

ގައުމީ އެތުލެޓިކްސް މުބާރާތުން އަންހެން ބައި އުނިކޮށްފި

20 އޮކްޓޯބަރު 2018
އައިޒޯލް އަތުން ބަލިވެ ނިއު މުބާރާތުން ކަޓައިފި

އައިޒޯލް އަތުން ބަލިވެ ނިއު މުބާރާތުން ކަޓައިފި

16 މެއި 2018
އޭވީސީ ސެންޓްރަލް ޒޯން މުބާރާތުން ރާއްޖެ ކަޓައިފި

އޭވީސީ ސެންޓްރަލް ޒޯން މުބާރާތުން ރާއްޖެ ކަޓައިފި

24 އެޕްރީލު 2018

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު