Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަސުރުހީ

ނުއަގުގައި މަޝްރުއޫތައް ހިންގި، މެމްބަރުންގެ ކުންފުނިތަކަށް ނާޖައިޒު ފައިދާ ދިން: ޝާހު

ރޮޖެކްޓްތައް ނުއަގުގައި ހިންގާފައި ހުރުމުން ކުންފުނީގެ މާލީ ހާލަތު ދަށްކޮށް ފެންނަނީ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 29 އެޕްރީލު 2019 | ހޯމަ 21:50
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) މެނޭޖިންގ ޑައިރެކްޓަރ ހަސަން ޝާހު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) މެނޭޖިންގ ޑައިރެކްޓަރ ހަސަން ޝާހު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުން ހިންގާފައިވާ މަޝްރޫއުތަކުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކުންފުނިތަކަށް ނާޖައިޒު ފައިދާތައް ހޯދަދީފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) މެނޭޖިންގ ޑައިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޝާހު ވިދާޅުވީ ޕްރޮޖެކްޓްތައް ނުއަގުގައި ހިންގާފައި ހުރުމުން ކުންފުނީގެ މާލީ ހާލަތު ދަށްކޮށް ފެންނަ ކަމަށާއި ރައީސް ޔާމީންގެ ސަރުކާރުގައި ފަށާފައިވާ ޕްރޮޖެކްޓްތައް ހުއްޓިފައި ހުރީ ރައްޔިތުންނަށް ބޭނުންވާ މައުލޫމާތުތައް ފޯރުނުކޮށްދެވި ހުރުމުގެ ސަބަބުން ކަމަށެވެ.

Advertisement - newsAdvertisement
"އެމްޓީސީސީއަށް ގެއްލުން ލިބޭ ގޮތަށް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ޕްރޮޖެކްޓްތައް ބައްޓަންކޮށްފައިވޭ، ބައެއް ޕްރޮޖެކްޓްތަކަކީ ސަލްޓަމްޕާކް ޕްރޮޖެކްޓާއި ހުޅުމާލޭގެ އިންޑަސްޓްރިއަލް ވިލެޖްގައި ހުރި ތެޔޮ ތާންގީގެ ޕްރޮޖެކްޓާއި ހައުސިންގ މިނިސްޓްރީގެ ފަސް ބުރީގެ އިމާރާތުގެ ޕްރޮޖެކްޓް،" ޝާހު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރުއްޔާ ސޯލިހްގެ ސަރުކާރުގައި އެމްޓީސީސީއަށް އެއްވެސް ނުފޫޒެއް ނެތްކަން ފާހަގަކުރައްވާ ޝާހު ވިދާޅުވީ އެމްޓީސީސީގެ މުވައްޒަފުންނަށް އިންތިހާބުތަކާއި ދިމާކޮށް ކުރީގެ ސަރުކާރުން ނުފޫޒު ފޯރުވާފައިވާ ކަމަށާއި އެގޮތުން އެކި ޑިޕާޓްމަންޓްތަކަށް މީހުން ބޭނުން ނެތް ގޮތަށް ވަޒީފާތަކަށް ވެސް ނަގާފައިވާ ކަމަށެވެ.

ކުރީގެ ސަރުކާރުގައި ކެމްޕެއިން ބޭނުމުގައި އެމްޓީސީސީގެ ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ސަބަބުން ކުންފުނި އޮތީ ވަރަށް ބޮޑަށް ދަރަނިވެރިވެފައިވާ ކަމަށާއި ކުންފުންޏާ ހަވާލުވިއިރު ފެނަކަ ކޯޕަރޭޝަނަށާއި، ފިއުލް ސަޕްލައި މޯލްޑިވްސް އަދި އެސްޓީއޯ ކަހަލަ ކުންފުނިތަކަށް އެމްޓީސީސީ އޮތީ ވަރަށް ބޮޑަށް ދަރަނިވެރިވެފައި ކަމަށް ޝާހު އިތުރަށް ވިދާޅުވިއެވެ. އަދި ކުންފުންޏާ ހަވާލުވުމަށްފަހު އެ ދަރަނި ދައްކަމުން ގޮސް، ވަރަށް ބޮޑުތަން މިހާރު ކުޑަވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަހާޖައްރާފަކީ ރާއްޖެއަށް ވަރަށް ރަނގަޅު އެސެޓެއްކަން ފާހަގަކުރައްވާ ޝާހު ވިދާޅުވީ މަހާޖައްރާފަށް ހަރަދު ކުރަންޖެހޭ ވަރަށް ވުރެ ބޮޑަށް ކުރީގެ ސަރުކާރުން ހަރަދުކޮށްފައިވާ ކަމަށެވެ. އަދި މަހާޖައްރާފު ލަފާކުރި ތާރީހަށްވުރެ ލަހުން އައުމުގެ ސަބަބުން އޭރު ފަށަން ނިންމި ބައެއް ޕްރޮޖެކްޓްތައް ބީވެގެން ގޮސްފައިވާ ކަމަށް ވެސް ޝާހު ވިދާޅުވިއެވެ.

ކުންފުންޏަށް އެންމެ ބޮޑަށް ގެއްލުން ވީ މެޝިނަރީޒްތަކާއި މުވައްޒަފުންނާއި މަޝްރުއޫ ފަށަން ހަމަޖެހިފައިވާ ރަށަށް ގޮސް، މަސައްކަތް ނުފެށިވާ ރަށްތަކުން ކަމަށް ޝާހު ފާހަގަކުރެއްވިއެވެ. އަދި އެކަންތައްތަކުން މުޅިއަކު ޖުމްލަ 80 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް ޝާހް ވިދާޅުވިއެވެ.

މަހާޖައްރާފު ގެނައިރު މުޅި ޕްރޮސެސް އިސްފަސް ކޮށްފައިވާ ކަމަށާއި 15 ނުވަތަ 16 މިލިއަން ޑޮލަރަށް މަހާޖައްރާފު ލިބޭނެ ކަމަށް ޝާހު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ކުރީގެ ސަރުކާރުން މަހާޖައްރާފު ގަނެފައިވަނީ އެއްތިރީސް މިލިއަން ޑޮލަރަށެވެ.

އެމްޓީސީސީއަށް އެންމެ ބޮޑަށް ގެއްލުން ލިބެނީ ދަތުރުފަތުރުގެ ނިޒާމުން ކަމަށާއި އެމްޓީސީސީއާ ދެތޭރެގައި ކަންތައްތައް ކުރެވިފައި އޮތީ ވަރަށް އިހާނަތިކޮށް ކަމަށް ޝާހު ވިދާޅުވިއެވެ. ސަރުކާރާއެކު މަޝްވަރާ ކޮށްގެން، ދަތުރުފަތުރުގެ ނިޒާމުގެ ހިދުމަތުން ލިބޭ ގެއްލުން ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް ޝާހު ވިދާޅުވިއެވެ.

އެމްޓީސީސީން ދަތުރުފަތުރަށް ގެއްލުން ވަނީ ކޮންޓްރޯލްޓް އަގެއްގައި އެކަން ކުރަމުންދާތީކަން ފާހަގަކުރައްވާ ޝާހު ވިދާޅުވީ އެމްޓީސީސީން ކުއްޔަށް ހިފާފައިވާ ދޯނިތަކަކީ އެއްލައްކަ ރުފިޔާއަށް ވުރެ ބޮޑު ކުލީގައި ހިފާފައިވާ ދޯނިތައް ކަމަށެވެ. އަދި ޓިކެޓް ވިއްކަން އެ ހަރަދުތައް ކަވަރު ނުކުރެވޭ ކަމަށް ވެސް ޝާހު ވިދާޅުވިއެވެ.

ނުއަގުގައި އަޅުގަނޑުމެން މިހާރު އެއްވެސް މަސައްކަތެއް އެމްޓީސީސީން ނުކުރާ ކަމަށާއި ބޭކާރު ސްޕެއަރ ޕާޓްސް އަދި މެޝިނަރީޒް ނުގަނެ، އެއްވެސް ލޯނެއް ނުނަގާ ކަމަށް ޝާހު ވިދާޅުވިއެވެ. އަދި އެމްޓީސީސީން މިހާރު އެންމެ ބޮޑު ޕްރޮޖެކްޓްގެ ގޮތުގައި ކުރިއަށް ގެންދަނީ ހޯރަފުށީގެ އެއަރޕޯޓް އެޅުމުގެ މަސައްކަތް، އެކި ރަށްތަކުގެ މަގުތައް ހެދުމުގެ މަސައްކަތް ކަމަށް ޝާހު ވިދާޅުވިއެވެ.

އާޓިފިޝަލް ބީޗް ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީން މިހާރު ހިންގަމުންދާއިރު ރޯދަ މަހު އެތަން ބޭނުންކުރެވޭ ވަރަށް މަސައްކަތްތައް ނިންމާނެ ކަމަށް ޝާހު ވިދާޅުވިއެވެ. އަދި އެތަން ވަރަށް ރީތި ޕާކެއްގެ ގޮތުގައި ތަރައްޤީކޮށް، ރައްޔިތުން ވަރަށް ގަޔާވާތަނަކަށް އެތަން ވެދާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

24 މާރިޗު 2017

ޕީޕީއެމް މެމްބަރުންގެ އޯޑިއޯއެއް:"މަސީހަށް ކޮރަޕްޝަންގެ ތުހުމަތު، މަގާމުން ދުރުކުރަން ޖެހޭ"

24 މާރިޗު 2017
ޕީޕީއެމް މެމްބަރުންގެ އޯޑިއޯއެއް:"މަސީހަށް ކޮރަޕްޝަންގެ ތުހުމަތު، މަގާމުން ދުރުކުރަން ޖެހޭ"
13 މާރިޗު 2017

ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި

13 މާރިޗު 2017
ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި
11 މާރިޗު 2017

ފޭދޫ އެމްޑީޕީ ޖަގަހައަށް ވަދެ މާރާމާރީ ހިންގި މީހަކު ޒަހަމް ކޮށްލައިފި

11 މާރިޗު 2017
ފޭދޫ އެމްޑީޕީ ޖަގަހައަށް ވަދެ މާރާމާރީ ހިންގި މީހަކު ޒަހަމް ކޮށްލައިފި
28 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!

28 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!
22 ފެބުރުއަރީ 2017

ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް

22 ފެބުރުއަރީ 2017
ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު