Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖެންޑަރ މިނިސްޓްރީ

މިދިޔަ މާރޗް އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ކުޑަކުދިންނަށް އަނިޔާކުރި މައްސަލަތައް: ޖެންޑަރ މިނިސްޓްރީ

29 އެޕްރީލު 2019 | ހޯމަ 17:06

ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ ތެރެއިން 52 އިން ސައްތަ އަކީ ކުޑަކުދިންނާއި ގުޅުން ހުރި މައްސަލަތައް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 29 އެޕްރީލު 2019 | ހޯމަ 17:06
މިދިޔަ މަހު ޖެންޑަރ މިނިސްޓްރީއަށް އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ކުޑަކުދިންނަށް އަނިޔާކުރި މައްސަލަތައް

މިދިޔަ މަހު ޖެންޑަރ މިނިސްޓްރީއަށް އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ކުޑަކުދިންނަށް އަނިޔާކުރި މައްސަލަތައް

މިދިޔަ މާރޗް މަހު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް އެންމެ ގިނައިން ރިޕޯޓު ކޮށްފައިވަނީ ކުޑަކުދިންނަށް އަނިޔާކުރި މައްސަލަތައް ކަމަށް އެމިނިސްޓްރީން ބުނެފިއެވެ.

ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ޖުމުލަ 253 މައްސަލަ ރިޕޯޓުކޮށް އެޓެންޑް ކޮށްފައިވާއިރު މިދިޔަ މަހު ރިޕޯޓް ކޮށްފައިވާ މައްސަލަ ތަކުގެ ތެރެއިން 52 އިން ސައްތަ އަކީ ކުޑަކުދިންނާއި ގުޅުން ހުރި މައްސަލަތައް ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 131 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓު ކޮށްފައެވެ. ޖިސްމާނީ ހާނީއްކައިގެ 38 މައްސަލަ ރިޕޯޓު ކޮށްފައިވެއެވެ.

މީގެ އިތުރުން އިހުމާލުވުމުގެ 35 މައްސަލަ، ޖިންސީ ހާނީއްކައިގެ 32 މައްސަލަ، ނަފްސާނީ ހާނީއްކައިގެ 14 މައްސަލަ، ގެވެށި އަނިޔާ ކުރާތަން ފެނުމުގެ 6 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާލިބުމުގެ 3 މައްސަލަ އަދި އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 2 މައްސަލަ ހިމެނެއެވެ.

މީގެ އިތުރުން ޙައްޤުތަކުން ކުޑަކުދިން މަޙްރޫމު ކުރުމުގެ 6 މައްސަލަ މިދިޔަ މަހު އެ މިނިސްޓްރީއަށް ވަނީ ރިޕޯޓު ކޮށްފައެވެ. މި މައްސަލަތަކުގެ ތެރޭގައި، ސާފު ބޯފެނާއި ކަރަންޓުގެ ޚިދުމަތަށް ހުރަސް އެޅުމުގެ 4 މައްސަލައާއި، ތަޢުލީމަށް ހުރަސް އެޅުމުގެ 1 މައްސަލަ އަދި އައިޑީކާޑު/ ޕާސްޕޯޓް/ އުފަންދުވަހުގެ ސެޓުފިކެޓު ހޯދުމާ ބެހޭ 1 މައްސަލަ ހިމެނެއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ ޢާއިލީ 27 މައްސަލަ މިދިޔަ މަހު އެ މިނިސްޓްރީއަށް ހުށަހަޅައިފައިވާ ކަމަށެވެ.

އަދި އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 5 މައްސަލަ، ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 15 މައްސަލަ، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 38 މައްސަލަ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 19 މައްސަލަ އަދި އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 12 މައްސަލައެއް މިދިޔަ މަހު އެ މިނިސްޓްރީއަށް ވަނީ ރިޕޯޓް ކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

29 މާރިޗު 2017

އައިޖީއެމްއެޗުގައި ކުޑަކުދިންނަށް ފްލޫ ވެކްސިން ދޭން ފަށައިފި

29 މާރިޗު 2017
އައިޖީއެމްއެޗުގައި ކުޑަކުދިންނަށް ފްލޫ ވެކްސިން ދޭން ފަށައިފި
13 މާރިޗު 2017

މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް

13 މާރިޗު 2017
މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް
13 މާރިޗު 2017

މައުލޫމާތު ނުލިބިގެން މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 53 މައްސަލަ: އިންފޮމޭޝަން ކޮމިޝަނަރ

13 މާރިޗު 2017
މައުލޫމާތު ނުލިބިގެން މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 53 މައްސަލަ: އިންފޮމޭޝަން ކޮމިޝަނަރ
09 މާރިޗު 2017

މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ

09 މާރިޗު 2017
މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ
01 މާރިޗު 2017

ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

01 މާރިޗު 2017
ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ
14 ފެބުރުއަރީ 2017

މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ

14 ފެބުރުއަރީ 2017
މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ
10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް