Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ލަކްސްމީ ބޮމް ގެ ޝޫޓިން ފަށައިފި

"ލަކްސްމީ ބޮމް" އަކީ ތަމަޅަ ހޮރޯ ކޮމެޑީ ފިލްމް "ކަންޗަނާ" ގެ ރީމޭކެއް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 29 އެޕްރީލު 2019 | ހޯމަ 17:02
އަކްޝޭ ކުމާރާއި ކިއާރާ އަދުވާނީ އަދި ރާގަވާ ލައުރެންސް

އަކްޝޭ ކުމާރާއި ކިއާރާ އަދުވާނީ އަދި ރާގަވާ ލައުރެންސް

"ލަކްސްމީ ބޮމް" ގެ ޝޫޓިން ބޮލީވުޑް އެކްޓަރ އަކްޝޭ ކުމާރާއި ކިއާރާ އަދުވާނީ ފަށައިފި އެވެ.

"ލަކްސްމީ ބޮމް" އަކީ ތަމަޅަ ހޮރޯ ކޮމެޑީ ފިލްމް "ކަންޗަނާ" ގެ ރީމޭކް އެކެވެ.

މި ފިލްމަކީ އެކްޓަރ އަދި ފިލްމް މޭކަރ ރަގާވާ ލައުރެންސްއެވެ. ލައުރެންސް ވަނީ އަކްޝޭ އާއި ކިއާރާ އަދި ފިލްމްގެ ޕްރޮޑިއުސަރ ޝަބީނާ ޚާން އާއި އެކު ނަގާފައިވާ ފޮޓޯ ޓްވިޓާގައި ހިއްސާކޮށް ފިލްމްގެ ޝޫޓިންތައް ފެށިކަމަށް ބުނެފައެވެ.

އަދި އެންމެންގެ ދުއާ ބޭނުންވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ލަކްޝްމީ ބޮމް" ގެ އިތުރުން ވެސް އަކްޝޭގެ ގިނަ ޕްރޮޖްތައް ކުރިއަށް ހުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭގެތެރޭގައި ކަރީނާ ކަޕޫރާއި އެކު ފެނިގެންދާ "ގުޑް ނިއުސް"، "ހައުސްފުލް 4" އަދި މިޝަން މަންގަލް ހިމެނެއެވެ.

އަކްޝޭގެ އެންމެ ފަހުން ރިލީޒް ކޮށްފައިވާ ފިލްމަކީ "ކޭސަރި" އެވެ. މި ފިލްމް ވެގެން ގޮސްފައިވަނީ ބޮކްސް އޮފީހުގައި ކާމިޔާބު ފިލްމަކަށެވެ. "ކޭސަރި" އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އާމްދަނީގެ ގޮތުގައި ވަނީ 204.33 ކްރޯޑް ރުޕީސް ލިބިފައެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

"ލަސްވިޔަސް" ގެޝޫޓިން ފަށާނީ ރޯދައިގެ ފަހުން

12 އެޕްރީލު 2017
"ލަސްވިޔަސް" ގެޝޫޓިން ފަށާނީ ރޯދައިގެ ފަހުން
09 އެޕްރީލު 2017

ހިޗްކީގެ ޝޫޓިން ރާނީ ފައްޓައިފި

09 އެޕްރީލު 2017
ހިޗްކީގެ ޝޫޓިން ރާނީ ފައްޓައިފި
02 އެޕްރީލު 2017

ރާއްޖެ ޓީވީގެ "ދަންބައި"ގެ ޝޫޓިން ފަށައިފި

02 އެޕްރީލު 2017
 ރާއްޖެ ޓީވީގެ "ދަންބައި"ގެ ޝޫޓިން ފަށައިފި
26 މާރިޗު 2017

"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!

26 މާރިޗު 2017
"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!
20 ފެބުރުއަރީ 2017

"އިއްތިފާގު"ގެ ރީމޭކިންގެ ޝޫޓިން ފަށައިފި

20 ފެބުރުއަރީ 2017
"އިއްތިފާގު"ގެ ރީމޭކިންގެ ޝޫޓިން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު