Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިމްޕޯޒިއަމް

އަންހެނުންގެ ސިޔާސީ ބައިވެރިވުން އިތުރު ކުރުމަށް ބޭއްވި ސިމްޕޯޒިއަމް ނިންމާލައިފި

މިއީ ދެ ދުވަހުގެ މުއްދަތަށް ބޭއްވި ސިމްޕޯޒިއަމެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 29 އެޕްރީލު 2019 | ހޯމަ 12:55
ސިމްޕޯޒިއަމްގެ ތެރެއިން

ސިމްޕޯޒިއަމްގެ ތެރެއިން

ސިޔާސީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާ ބެހޭ ގޮތުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ޔޫއެންޑީޕީ ގުޅިގެން ބޭއްވި ސިމްޕޯޒިއަމް ނިންމާލައިފިއެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެން ދިޔަ މި ސިމްޕޯޒިއަމް ފަށާފައިވަނީ އޭޕްރިލް 28 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

ސިމްޕޯޒިއަމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކްޓިވް ޑިރެކްޓަރ މަރިޔަމް ޝިއުނާ ވިދާޅުވީ ސިމްޕޯޒިއަމްގައި ބައިވެރިވާން ޖެހޭ ގިނަ މުއައްސަސާތަކުން ބައިވެރިނުވުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.

ހޮޓެލް ޖެންގައި ބޭއްވި މި ސިމްޕޯޒިއަމް އަކީ ސިޔާސީ ގޮތުން އަންހެނުން ބައިވެރިކޮށް ސިޔާސީ ކަންކަމުގައި އަންހެނުން ކުރިއެރުވުމަށާއި އަންހެނުންގެ ހަމަހަމަކަމުގެ އެޖެންޑާއެއް ގާއިމް ކުރުމަށް މަގުފަހި ކުރުވުމަށްޓަކައި ބޭއްވި ބައްދަލުވުމެކެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ޖެންޑަރ މިނސިޓަރ ޝިދާތާ ޝަރީފުއެވެ. އެކަމަނާ ވިދާޅުވީ ރާއްޖޭގައި މުޖުތަމައާ ގުޅޭ މުހިއްމު ނިންމުންތަކުގައި އަންހެނުންގެ ބައިވެރިވުން ނުހިމެނޭ ކަން ފާހަގަކުރެވޭ ކަމަށެވެ. ރާއްޖެ ސިޔާސީ ގޮތުން އެންމެ ހަލަބޮލި ވެގެން ދިޔަ ދުވަސްވަރު އަންހެނުން އިސް ސަފުގައި ހަރަކާތްތެރިވެފައިވާ މަންޒަރު ފެނުނު ކަމަށާއި އެހެން ނަމަވެސް މުހިއްމު ނިންމުންތަކުން އަންހެނުން ނުފެނުން އެއީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

ޝިދާތާ ވިދާޅުވީ މި ސިމްޕޯޒިއަމުން ނިންމާ ނިންމުންތަކާއި ހިއްސާ ކުރާ މައުލޫމާތުތައް "އިމްޕްލިމެންޓް" ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން ބުނެފައިވަނީ ސިޔާސީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އޮތް ގޮތާއި އަންހެނުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް ހައްލު ހޯދައިދިނުމުގެ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވާނެ ކަމަށާއި އެ މަޝްވަރާތަކުގައި ސިޔާސީ މައިދާނުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ އެ ގޮންޖެހުންތަކުން އަރައިގަންނާނެ މަގުތައް ހޯދުމުގެ މައްޗަށް ވެސް މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

28 މެއި
މީހުން ގުޅުމުން ފޯނު ނުނަގަނީ ރޮވިދާނެތީ - މިނިސްޓަރ މުއްތަލިބު
20251 އަހަރު ކުރިން
ރާއްޖެ

މީހުން ގުޅުމުން ފޯނު ނުނަގަނީ ރޮވިދާނެތީ - މިނިސްޓަރ މުއްތަލިބު

މުލިއާގެއިން ރައީސާއި ނައިބުރައީސްގެ ކަންކަން ނުނިންމި ނަމަ މަޖިލީހުގެ ރައީސްއަކަށް އަބްދުއްރަހީމް ނީންނަވާނެ - ނާޒިލް
20242 އަހަރު ކުރިން
ރާއްޖެ

މުލިއާގެއިން ރައީސާއި ނައިބުރައީސްގެ ކަންކަން ނުނިންމި ނަމަ މަޖިލީހުގެ ރައީސްއަކަށް އަބްދުއްރަހީމް ނީންނަވާނެ - ނާޒިލް

ބަންޑާރަ ނާއިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ބަންޑާރަ ނާއިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފި

ޕަންޖާބުގެ މަޝްހޫރު ލަވާކިޔުންތެރިޔާ އަދި ކޮންގްރެސް މެމްބަރ ސިދޫ މޫސޭ ވާލާ ބަޑިޖަހާ މަރާލައިފި
20224 އަހަރު ކުރިން
ދުނިޔެ

ޕަންޖާބުގެ މަޝްހޫރު ލަވާކިޔުންތެރިޔާ އަދި ކޮންގްރެސް މެމްބަރ ސިދޫ މޫސޭ ވާލާ ބަޑިޖަހާ މަރާލައިފި

ގަވަރުނަރުންގެ އައު އުސޫލުތަކާއެކު މަލިކު މީހުން ރަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

ގަވަރުނަރުންގެ އައު އުސޫލުތަކާއެކު މަލިކު މީހުން ރަތަށް!

ފުރަތަމަ ދުވަހު ވެސް ނަމޫނާ ދައްކައިފި، އުންމީދު އާވެއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ދުވަހު ވެސް ނަމޫނާ ދައްކައިފި، އުންމީދު އާވެއްޖެ!

ނާރުއްފަލުދާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ނާރުއްފަލުދާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު