Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއައިސިސް ޖަމާޢަތް

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

29 އެޕްރީލު 2019 | ހޯމަ 09:35

އިރާޤާއި ސީރިއާ އިން އެ މީހުންގެ ބާރުވަނީ ކަނޑުވާލާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 29 އެޕްރީލު 2019 | ހޯމަ 09:35
އައިސިސް ޖަމާއަތުގެ މީހުންތަކެއް

އައިސިސް ޖަމާއަތުގެ މީހުންތަކެއް

"ޖަމާޢަތު އަލް ތައުޙީދު ވަޢަލް ޖިހާދު"ގެ ނަމުގައި 1999 ވަނަ އަހަރު އުފެދި، 2010 ވަނަ އަހަރުގެ ފަހުން "ދައުލަތު އަލް ޢިރާޤު އަލް އިސްލާމިއްޔާ" ނުވަތަ "އިސްލާމިކް ސްޓޭޓް އޮފް ޢިރާޤު"ގެ ނަމުގައި މަޝްހޫރުވެ، 2013 ވަނަ އަހަރުން ފެށިގެން "އައްދައުލަތު އަލްއިސްލާމިއްޔާ ފިލް ޢިރާޤު ވަ'ޝާމް"، ނުވަތަ "އިސްލާމިކް ސްޓޭޓް އޮފް ޢިރާޤު އެންޑް ދި ލެވަންތު" (ދައީޝް / އައިސިލް / އައިސިސް / އައިއެސް) އަކީ ފަހުގެ ތާރީޚުގައި ދުނިޔޭގައި އުފެދި އޮޕަރޭޓް ކުރަމުންދާ ހަތިޔާރު އެޅި އެންމެ ނުރައްކާތެރި އަދި އެންމެ ރަޙުމުކުޑަ އެއް ނިރުބަވެރި ޖަމާޢަތެވެ.

ވޭތުވެދިޔަ 10 ވަރަކަށް އަހަރު، ޚާއްސަކޮށް މެދުއިރުމަތީގެ މުސްލިމު ޤައުމުތަކުގައި ލާއިންސާނީ އެތައް ޖަރީމާތަކެއް ހިންގާފައިވާ މި ޖަމާޢަތަކީ، އިސްލާމީ ޚިލާފަތެއް ކަމަށް އެ ޖަމާޢަތުން ދައުވާކުރާ ވެރިކަމެއް ޤާއިމްކޮށް، ޢިރާޤާއި ސީރިއާ ފަދަ ޤައުމުތަކުގެ ބައެއް ސަރަޙައްދުތައް އެ ޖަމާޢަތުގެ ވެރިކަމެއް ވެސް ހިންގާފައިވާ ޖަމާޢަތެކެވެ. އެ ވެރިކަމުގެ ދަށުގައި، އިސްލާމީ ޝަރީޢާގެ ނަމުގައި އެކިއެކި ޖަރީމާތައް ހިންގައި، މީހުން މަރައި، ލޫޓުވައި، އެކި އިމާރާތްތަކާއި، އާސާރީ ތަންތަން ހަލާކުކޮށްފައި ވެއެވެ.

އެކި ޤައުމުތަކުން ގުޅިގެން ކުރި އަސްކަރީ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މެދުއިރުމަތީގައި މިހާރު ވަނީ އެ ޖަމާޢަތުގެ ބާރު ކަނޑުވާލެވިފައެވެ. އެކި ޤައުމުތަކުން މެދުއިރުމައްޗަށް ގޮސް، އެ ޖަމާޢަތާއި ގުޅިގެން ހަނގުރާމަކުރި އެތައް ހާސް ބަޔަކު މިހާރު ގުޅިފައިވާ ފައުޖުތަކުގެ ޖަލުތަކުގައި ތިބިއިރު، 2010 ވަނަ އަހަރުން ފެށިގެން އެ ޖަމާޢަތުގެ ވެރިއަކަށް ހުރި އަބޫބަކުރު އަލް ބަޣުދާދީ، މިހާރު ދުނިޔޭގައި ހުރިކަމާ މެދު އެ ޖަމާޢަތުގެ ހަނގުރާމަވެރިން ވެސް ޝައްކު ކުރެއެވެ.

މެދުއިރުމަތީގައި ދައީޝް ޖަމާއަތުގެ ބާރު ކެނޑުމާ ގުޅިގެން އެ ޖަމާއަތުން މިހާރު އަމާޒު ހިފާފައި ވަނީ ދުނިޔޭގެ އެހެން ސަރަޙައްދުތަކަށް އެ ޖަމާއަތުގެ ނިރުބަވެރި ހަރަކާތްތައް ފެތުރުމަށެވެ. ޓެރަރިޒަމް ދިރާސާކުރާ ތަޖުރިބާކާރުންނާއި، ދުނިޔޭގެ އެކިއެކި ޖާސޫސީ އިދާރާތަކުން ލަފާކޮށް ހާމަކޮށްފައިވާ ގޮތުގައި އެ ޖަމާޢަތުގެ ހަރަކާތްތައް މިހާރު އަމާޒުކޮށްފައި ވަނީ އޭޝިއާ އާއި އެފްރިކާއަށެވެ. އެ ފަރާތްތަކުން ހާމަކުރާ ގޮތުގައި ދައީޝް ޖަމާއަތުން އެ ޖަމާއަތުގެ ވަކިތައް އޭޝިއާ އާއި އެފްރިކާގައި ހަރުލެއްވުމަށް ބޭނުންކުރާނެ އާލާތަކީ އެ ޖަމާއަތާ ގުޅިގެން ހަނގުރާމަކުރި މި ސަރަޙައްދުތަކުގެ ޤައުމުތަކަށް ނިސްބަތްވާ މީހުންނެވެ. އެމީހުން ނިސްބަތްވާ ޤައުމުތަކަށް އެ މީހުން އަނބުރާ ފޮނުވައި، ދައީޝް ޖަމާއަތުގެ ފިކުރު ފެތުރުމާއި، ނިރުބަވެރި ހަމަލާތައް ދިނުމަށް އެ ޖަމާޢަތުން މަސައްކަތްކުރާނެ ކަމަށް ދިރާސާކުރާ އިދާރާތަކުން ލަފާކުރެއެވެ.

ދާދި ފަހުން ސްރީލަންކާގައި ދިން ރަޙުމުކުޑަ، އަނިޔާވެރި ހަމަލާތަކުގައި ދައީޝްގެ ހަޤީޤީ ބައިވެރިވުމެއް އޮތް ނަމަ އެ ހަމަލާއަކީ މިފަދަ ރޭވުންތެރިކަމެއްގެ ތެރެއިން ކުރި ކަމެއް ކަމުގެ އިޝާރާތް އިންޑިއާގެ ޖާސޫސީ އިދާރާއިން ވަނީ ކޮށްފައެވެ.

ލަންކާ ހަމަލާތަކުގައި 250 އަށް ވުރެ ގިނަ މީހުން މަރުވެ 500 މީހުން ޒަހަމްވެފައިވާއިރު، އިންޑިއާގެ ޖާސޫސީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ލަންކާއަށް ދިން ހަމަލާއަށް ފަހު މި ސަރަހައްދުގެ ގައުމުތަކުން ދައީޝް ޖަމާއަތާ މެދު ދެކެމުން އައި ގޮތް ބަދަލުކޮށް، އެ މީހުން މިސަރަހައްދަށް އަތް ގަދަ ކުރަމުންދާކަން ޤަބޫލުކުރަން ޖެހެއެވެ.

ދައީޝްގެ ހަރަކާތްތައް ގާތުން ދިރާސާ ކުރަމުންގެންދާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި އެ ޖަމާއަތް އޭޝިއާ ސަރަހައްދުގައި ބާރުވެރިވުމަށް ބޮޑެތި މަސައްކަތްތަކެއް ފަށާފައިވާކަމުގެ ހެކި މިހާރު ފެންނަން އެބަހުއްޓެވެ. އަދި މި ސަރަހައްދުގައި އެ މީހުން ރަސްމީކޮށް މަސައްކަތް ފަށާފައިވާ ކަމުގެ ހެކި ވެސް އެބަހުއްޓެވެ.

ނަން ހާމަނުކޮށް ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ އިންޑިއާގެ ޖާސޫސީ އިދާރާގެ އޮފިސަރަކު ވިދާޅުވި ގޮތުގައި ލަންކާއަށް ދީފައިވާ ބޮމުގެ ހަމަލާތައް ރާވާފައިވާ ގޮތުން އެމީހުން އެކަން ކުރީ ވަރަށް ބޮޑަށް ތައްޔާރުވެ އަދި އެކަމުގެ ހުނަރު ލިބިގެންކަން ހާމަވެއެވެ.

މީގެ އިތުރުން އެ އޮފިސަރު ވިދާޅުވެފައި ވަނީ މިއީ ކުއްލިއަކަށް ދިން ހަމަލާއެއް ނޫން ކަމަށާއި، މިއީ އެތަކެއް ދުވަހުގެ ޕްލޭންތަކެއް ކަމަށެވެ. އަދި މިކަމަށް އެމީހުން ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށާއި، ގޮވާތަކެތި އުފައްދައި، ބޭނުންކުރުމަށް އެމީހުން ތަމްރީނު ވެފައިވާ ކަމަށް ވެސް އެ އޮފިސަރު ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ހޯމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވެފައި ވަނީ، ކޮންޕިއުޓިންގ އާއި އިންޖިނިއަރިންގ އަދި އިންފޯމޭޝަން ޓެކްނޮލޮޖީ ފަދަ އެކި ދާއިރާތަކުން ތަޢުލީމު ހާސިލްކޮށްފައިވާ ޒުވާނުން ދައީޝް ޖަމާއަތަށް ރެކްރޫޓްކޮށް، އެ ޒުވާނުންގެ އިލްމާއި ހުނަރުގެ ބޭނުންކޮށްގެން ނިރުބަވެރި ހަމަލާތައް ދިނުމަށް އެ ޖަމާޢަތުން މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މަސައްކަތުގެ ތެރެއިން، ގޮވާތަކެއްޗާއި ބެހޭ ޚާއްސަ ތަމްރީނާއި އިލްމު ލިބިފައިވާ މީހުން މިހާރު އެ ޖަމާއަތަށް ރެކްރޫޓް ކޮށްފައިވާ ކަމަށް ވެސް އެ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ، އެ ޖަމާއަތުގެ ބައިވެރިން މުއާމަލާތު ކުރުމަށް ބޭނުންކުރާ އުކުޅުތަކުގެ ސަބަބުން އެ މީހުންގެ ކަންކަން ދެނެގަތުމަށްވެސް ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ.

އޭޝިއާގެ ގައުމުތަކަށް ދައީޝް ޖަމާއަތުން އަތްގަދަ ކުރަމުންދާކަމަށް ގިނަ ތުހުމަތުތައް ކުރެވެމުންދާ މި ދަނޑިވަޅުގައި މި ސަރަޙައްދުގެ ކޮންމެ ޤައުމެއް ވެސް މިއީ މުހިއްމު ކަމެއް ކަމުގައި ދެކި، ސަރަޙައްދުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރަންޖެހެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

08 ނޮވެމްބަރު 2021

11 އަހަރުގައި ގައުމީ ޗެމްޕިއަނެއް: އަމާޒު ބައިނަލްއަގުވާމީ މުބާރާތްތަކަށް!

08 ނޮވެމްބަރު 2021
11 އަހަރުގައި ގައުމީ ޗެމްޕިއަނެއް: އަމާޒު ބައިނަލްއަގުވާމީ މުބާރާތްތަކަށް!
16 އޯގަސްޓު 2021

ރައީސް ސާލިހުގެ އަމާޒު ވަރަށް ސާފު!

16 އޯގަސްޓު 2021
ރައީސް ސާލިހުގެ އަމާޒު ވަރަށް ސާފު!
30 ޖޫން 2021

ޑެލްޓާ ވޭރިއެންޓްގެ އިންޒާރާއެކު ވެސް ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެ ހުޅުވުން ބުއްދިވެރިތަ؟

30 ޖޫން 2021
ޑެލްޓާ ވޭރިއެންޓްގެ އިންޒާރާއެކު ވެސް ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެ ހުޅުވުން ބުއްދިވެރިތަ؟
10 މެއި 2021

މަގޭ ރިޕޯޓް: ރައީސް ނަޝީދަށް އަމާޒުކުރި ހަމަލާ ހަގީގަތުގައި އަމާޒުވީ ހުރިހާ ދިވެހިންނަށް

10 މެއި 2021
މަގޭ ރިޕޯޓް: ރައީސް ނަޝީދަށް އަމާޒުކުރި ހަމަލާ ހަގީގަތުގައި އަމާޒުވީ ހުރިހާ ދިވެހިންނަށް
16 ފެބުރުއަރީ 2021

ރައީސް ޞޯލިހުގެ ތަރައްގީގެ ތަރުތީބު، ވެކްސިން ޖެހުމުގައި އޭޝިއާގެ އެންމެ ކުރީގައި ދިވެހިރާއްޖެ

16 ފެބުރުއަރީ 2021
ރައީސް ޞޯލިހުގެ ތަރައްގީގެ ތަރުތީބު، ވެކްސިން ޖެހުމުގައި އޭޝިއާގެ އެންމެ ކުރީގައި ދިވެހިރާއްޖެ
11 ނޮވެމްބަރު 2020

ދުނިޔޭގެ ހުރިހާ ބައްރުތަކަށް ރާއްޖެ ހުޅުވާލައި، އައު އަހަރު 11 މިލިއަން ބެޑުނައިޓަށް އަމާޒު ހިފަނީ!

11 ނޮވެމްބަރު 2020
ދުނިޔޭގެ ހުރިހާ ބައްރުތަކަށް ރާއްޖެ ހުޅުވާލައި، އައު އަހަރު 11 މިލިއަން ބެޑުނައިޓަށް އަމާޒު ހިފަނީ!
16 އޮކްޓޯބަރު 2020

އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރުން، ހަމްނާގެ އެންމެ ބޮޑު އަމާޒު

16 އޮކްޓޯބަރު 2020
އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރުން، ހަމްނާގެ އެންމެ ބޮޑު އަމާޒު
10 އޯގަސްޓު 2020

ދިވެހިރާއްޖެ، ދެކުނު އޭޝިއާގެ އެކްސްޕޯޓުގެ އަގު ކޮންޓްރޯލުކުރި ޒަމާން، 17ވަނަ ޤަރުނުގެ މާޒީގެ ތެރޭގައި!

10 އޯގަސްޓު 2020
ދިވެހިރާއްޖެ، ދެކުނު އޭޝިއާގެ އެކްސްޕޯޓުގެ އަގު ކޮންޓްރޯލުކުރި ޒަމާން، 17ވަނަ ޤަރުނުގެ މާޒީގެ ތެރޭގައި!
14 ޑިސެމްބަރު 2019

ދެކުނު އޭޝިއާގެ އެންމެ ބާރު ދުވުންތެރިޔާގެ ޓާގެޓް އޮލިމްޕިކްސް އަށް!

14 ޑިސެމްބަރު 2019
ދެކުނު އޭޝިއާގެ އެންމެ ބާރު ދުވުންތެރިޔާގެ ޓާގެޓް އޮލިމްޕިކްސް އަށް!
10 ނޮވެމްބަރު 2017

ރައީސް ޓްރަމްޕް ގެ އޭޝިއާ ދަތުރުފުޅުން އުތުރު ކޮރެއާ މައްސަލައަށް ހައްލެއް ލިބިދާނެބާ؟

10 ނޮވެމްބަރު 2017
ރައީސް ޓްރަމްޕް ގެ އޭޝިއާ ދަތުރުފުޅުން އުތުރު ކޮރެއާ މައްސަލައަށް ހައްލެއް ލިބިދާނެބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް