Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުންގެ ވަޒީފާ

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި

26 އެޕްރީލު 2019 | ހުކުރު 13:13

26 މެއިގެ ކުރިން ފޯމް ހުށަހަޅަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 26 އެޕްރީލު 2019 | ހުކުރު 13:13
ފުލުހުން

ފުލުހުން

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ފުލުހުން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ޖުމްލަ 40 ޕޮލިސް ކޮންސްޓަބަލްގެ ތެރެއިން ގއ.އަތޮޅަށް 10 ޖާގަ، ގދ.އަތޮޅު 10 ޖާގަ އަދި ސ.އަތޮޅު 10 ޖާގަ ޚާއްސަކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން 10 ޖާގަ އަންހެނުންނަށް ޚާއްސަކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ޝަރުތުތަކަކީ ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނުން ނުވަތަ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގެ 03 މާއްދާއިން ދަށްވެގެން "ސީ" ފާސްލިބިފައިވުން، ނުވަތަ ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނު ނުވަތަ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގެ 02 މާއްދާއިން ދަށްވެގެން "ސީ" ފާސްލިބިފައިވުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ލެވެލް 3 ގެ ކޯހެއް ފުރިހަމަކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ގުޅުން ހުރި ދާއިރާ އަކުން 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން،ނުވަތަ ނިޔަމި ކޯސް ފުރިހަމަކޮށް 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި މީލާދީގޮތުން 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހަކު ކަމުގައިވުން ހިމެނެއެވެ.

ފުލުހުންގެ ވަޒީފާއަށް ވަންނަ ފިރިހެނުންގެ އިސްކޮޅުގައި 5 ފޫޓް 3 އިންޗި އަދި އަންހެން އިސްކޮޅުގައި 5 ފޫޓަށްވުރެ ކުރުނުވުން ހިމެނެއެވެ.

މީގެ އިތުރުން އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ޙީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާހޯދާފައިވާ ފަރާތަކަށްނުވުން، އަދި ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައިވާ މީހެއްނަމަ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާ ހަމަޖެހުމުން އެ ޕާޓީއެއްގެ ރަޖިސްޓްރީ އިން އުނިވާންޖެހޭނެއެވެ.

ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްހަތެއްގައިވާ މީހަކު ކަމުގައިވާންޖެހެއެވެ.

ފުލުހުންގެ މުސާރަގެ ގޮތުގައި 11،810 ރުފިޔާ ލިބޭއިރު، އަސާސީ މުސާރައަކީ 4،650 ރުފިޔާއެވެ. ސާވިސް އެލަވަންސް މަހަކަށް 5000 ރުފިޔާ، ނޮން-ޕްރެކްޓިސް އެލަވަންސް: އަސާސީ މުސާރައިގެ 40 ޕަސެންޓެވެ. އަދި ޔުނީފޯމް އެލަވަންސްގެ ގޮތުގައި 300 ރުފިޔާއެވެ.

މި މަގާމަށް އެދި ހުށަހަޅާ ފަރާތްތަކުން ފުލުހުން ދޫކުރާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 26 މެއި 13:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަން ނުވަތަ މި އިޢުލާނުގައި ބަޔާންކުރެވިފައިވާ އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުގެ ރިސެޕްޝަނަށް ހުށަހަޅަން ޖެހެއެވެ. އަދި މި މަގާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 އިން 16:00ގައެވެ.އަދި ރަމަޟާން މަހުގައި ނަމަ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 11:00 އިން 13:00 އަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް