Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ދުވަހަކުވެސް ތިޔަ އިއްޒަތްތެރި މެމްބަރުންގެ ހިތެއް ނުފުރޭނެ!

އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ގޮނޑި ދިފާއު ނުކުރެވި ނާކާމިޔާބުވި މެމްބަރުންގެ އަދަދު 60 އަށް ވުރެ ގިނަ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 24 އެޕްރީލު 2019 | ބުދަ 14:10
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

މިހާރު މި ހިނގަމުންދާ މަޖިލިސްގެ ފަހު ޖަލްސާތައް އަންނަ ހަފްތާގައި އޮންނާނެއެވެ. އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ގޮނޑި ދިފާއު ނުކުރެވި ނާކާމިޔާބުވި މެމްބަރުންގެ އަދަދު 60 އަށް ވުރެ ގިނައެވެ. އެ މެމްބަރުން މަޖިލީހުގައި ހޭދަކުރާނެ ފަހު ދުވަސްތައް ގުނަމުން އަންނަ އިރު، މީގެ ތެރެއިން ބައެއް މެމްބަރުން ފެންނަމުންދަނީ އަމިއްލަ އެދުމުން ފޯވެފައިވާ މަންޒަރެވެ. މެމްބަރު ކަމަށް ވަޑައިގަންނަވަން މީގެ ފަސް އަހަރު ކުރިން ރައްޔިތުންގެ ގާތަށް ވަޑައިގެން ވައުދުވެވަޑައިގެންފައި ވަނީ، ތިމަންނާމެން މަޖިލީހުގައި މަސައްކަތް ކުރާނީ ގައުމާއި ރައްޔިތުންގެ ހެވާއި ލާބައާއި މަންފާއަށް ކަމަށެވެ. އެ މެމްބަރުންގެ އަސްލު ސޫރަ ރައްޔިތުންނަށް ފެނުނީ އަދި ކިރިޔާއެވެ. އެ މެމްބަރުންގެ އަމިއްލަ އެދުމުން ފޯވެފައިވާ މިންވަރާއި، ދާއިރާ އާއި ގައުމަށް އިޚްލާސްތެރިކަން ނެތް މިންވަރެއެވެ.

ދައްކަން މި އުޅެނީ 18 ވަނަ މަޖިލިސްއަށް ފަހު މެމްބަރުކަމުގެ ގޮނޑި ގެއްލޭ މެމްބަރުން، މެމްބަރު ކަމުން ވަކިވެވަޑައިގެންނެވުމުގެ ކުރިން އެ މެމްބަރުންގެ އަމިއްލަ މަންފާ އާއި ލާބައަށް ކަމަށް ބެލެވޭ ގޮތަށް މަޖިލީހަށް ވައްދައިގެން އުޅޭ ބިލްތަކުގެ ވާހަކައެވެ. ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަށް އިނާޔަތާއި ރައްކާތެރިކަން ހޯދަން މަޖިލީހަށް ވައްދައިގެން އުޅޭ ބިލްތަކުގެ ވާހަކައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވުމުން، މެމްބަރުންނަށް ދޭ މުސާރައިން ވަކި ނިސްބަތެއް ދިނުމަށާއި އިނާޔަތްތައް މެދުނުކެނޑި ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެންނަން މި ވަނީ ތިން ބިލެއް މަޖިލީހަށް ވައްދާފައެވެ. މި ތިން ބިލް ވެސް މަޖިލީހަށް ވައްދާފައި ވަނީ 18 ވަނަ މަޖިލީހާ އެކު، ދާއިރާގެ ގޮނޑި އާއި އަލްވަދާއު ކިޔަންޖެހޭނެ ތިން މެމްބަރުންނެވެ. އެއީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދާއި، ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ އިތުރުން ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދެއެވެ. މީގެ ތެރެއިން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ބުދަ ދުވަހުގެ ޖަލްސާގައި ވިދާޅުވެފައި ވަނީ އޭނާ މަޖިލީހުގެ އިމްތިޔާޒްތަކާއި ބެހޭ ގާނޫނަށް ގެންނަން ހުށަހެޅުއްވި އިސްލާހު ނަންގަވާނެ ކަމަށެވެ. ނަމަވެސް އަދި އެ އިސްލާހު ނެންގެވި ކަމެއް އެގިފައެއް ނެތެއެވެ.

އިމްތިޔާޒުގެ ގާނޫނަށް މެމްބަރު ލަތީފް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ މެމްބަރުކަމުން ވަކިވުމުން މުސާރައިގެ ވަކި ޕަސެންޓެއް ދޭންޖެހޭނެ ކަމަށެވެ. ނަމަވެސް މިހާރު ގާނޫނުގައި ބުނެފައިވާ ގޮތުން އެ އިނާޔަތް ލިބޭނީ މެމްބަރުކަމުން ވަކިވުމަށް ފަހު، އުމުރުން 55 އަހަރުވުމުން ކަމަށެވެ. އެހެންކަމުން ލަތީފް މިހާރު މެމްބަރުންކަމުން ވަކިވެވަޑައިގެންނެވިޔަސް އޭނާގެ އުމުރުން 55 އަހަރު ފުރުމުން މުސާރަ އާއި އިނާޔަތް އޭނާއަށްވެސް ލިބިވަޑައިގަންނަވާނެއެވެ. ނަމަވެސް މެމްބަރު ބޭނުންފުޅުވަނީ މެމްބަރުކަމުން ވަކިވެވަޑައިގެންނެވި ކަމުގައިވިޔަސް ތާ އަބަދު އިނާޔަތާއި، ރައްކާތެރިކަން ހޯދާށެއެވެ. މެމްބަރުންނަށް ހީވާ ކަހަލައެވެ. މެމްބަރުކަމަށް ވަޑައިގަންނަވާ ހިސާބުން، ތާއަބަދުމެ އެ މެމްބަރުންނަށް ދައުލަތުން އިނާޔަތާއި ރައްކާތެރިކަން ދޭންޖެހޭނެ ކަމަށެވެ.

އިއްޒަތްތެރި މެމްބަރުން ވަނީ މެމްބަރުކަމުން ވަކިވިޔަސް ގިނަ އިނާޔަތްތަކެއް ހޯދަން ހުށަހަޅާފައެވެ. އޭގެ ތެރޭގައި އަނބިމީހާއަށާއި ފިރިމީހާއަށް ޑިޕްލޮމެޓިކް ޕާސްޕޯޓާއި އެއް ދައުރު އަދާކުރުމުން މެމްބަރެއްގެ މުސާރައިގެ 30 ޕަސެންޓް، ދެ ދައުރު އަދާކުރުމުން މެމްބަރެއްގެ މުސާރައިގެ 45 ޕަސެންޓް، ހެލްތު އިންޝުއަރެންސް އަނބިދަރިންނަށް، އެއާޕޯޓް ވިއައިޕީ ސާވިސް ހިދުމަތް، މިހެން ގޮސް ބޭނުންނުވާ އިނާޔަތެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މީގެ އިތުރުން މެމްބަރުކަމުން ވަކިވެވަޑައިގެން ސަރުކާރުގެ ވަޒީފާއެއް އަދާކުރިޔަސް އިނާޔަތް ހޯދަން ވެސް ވަނީ ހުށަހަޅާފައެވެ. މީހުން ބުނާތީ އަޑުއަހަމެވެ. ކިތަންމެ ވަރަކަށް ލިބުނަސް ހިތްނުފުރޭނެއެވެ.. ފެންނަނީ ހިތް ނުފުރިގެން އުޅޭ ތަނެއެވެ. މެމްބަރުންނާއި، މެމްބަރުންގެ އަނބިދަރިންނާއި އާއިލާ އުމުރު ތާއަބަދު ދައުލަތުން ބަލަންވެއްޖެ ނަމަ، ދައުލަތުން ހަމައެކަނި ބަލަންޖެހޭނީ މި ގައުމުގައި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނާއި އެމީހުންގެ އާއިލާތަކެވެ.

އެގޮތަށް ރައްޔިތުންގެ މަޖިލީހުގެ މަޖިލިސް މެމްބަރުންނަށް ދައުލަތުން އިނާޔަތް ދޭން ވެއްޖެނަމަ އިނާޔަތް ދޭންޖެހޭ މީހުންގެ ލިސްޓް ވަރަށްވެސް ދިގެއެވެ. މިސާލަކަށް ދަންނަވަންޏާ ކަތީބުންނާއި، ސްކޫލްތަކުގެ މުސްކުޅި ދަރިވަރުންނާއި، ސްކޫލްތަކުގެ ޕްރިފެކްޓްކަން ކޮށްފައި ތިބި މީހުންނާއި، މިހެން ގޮސް ހައްތާހާ ވެސް އިނާޔަތްދޭންޖެހޭ މީހުންނެވެ.

އިއްޒަތްތެރި މެމްބަރުންނެވެ. ނިކަން ގައުމު އޮތް ހާލަތާއި ދޭތެރޭ ވިސްނަވާށެވެ. މި ގައުމު މިހާރު އޮތް ހާލަތު އެންމެ ބޮޑަށް އެގިވަޑައިގަންނަވާނީ ތިޔަ އިއްޒަތްތެރި މެމްބަރުންނަށެވެ. މިހާރު ރައްޔިތުން ތި ވަނީ ތި ފަދަ މެމްބަރުންނަށް ބޮޑުތަނުން "ނޯ" ބުނެފައެވެ. ދެންވެސް ތި ފަދަ ބިލްތައް މަޖިލީހަށް ހުށަނާޅުއްވާ، ތިޔަ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް އަލްވަދާއު ކިޔުމުގެ ކުރިން ގައުމަށް ރައްޔިތުންނަށް ފާއިދާ ހުރި އަގުހުރި މަސައްކަތެއް މަޖިލީހުގައި ތިޔަ މެމްބަރުންނަށް ކޮށްދެވޭތޯ ބައްލަވާށެވެ. އެންމެ ފަހު ދުވަހު ވެސް އަމިއްލަ އެ ދުން ދޫކޮށް ގައުމާއި ރައްޔިތުންގެ ހައްގުގައި ކަމެއް ކޮށްބަލާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މި ގައުމަކީ ތިޔަ ބޭފުޅުންގެ ޣަނީމާ މުދާގަނޑެއް ނޫނެވެ.

މި ގައުމަކީ ތިޔަ ބޭފުޅުންގެ ޣަނީމާ މުދާގަނޑެއް ނޫނެވެ.

04 ނޮވެމްބަރު 2017
ތިޔަ ޖޯކު ޖެހުނީ ފުއާދަކަށް ނޫން! ލަދެއް ނުގަނޭތަ؟

ތިޔަ ޖޯކު ޖެހުނީ ފުއާދަކަށް ނޫން! ލަދެއް ނުގަނޭތަ؟

28 އޮކްޓޯބަރު 2017
ރައީސް ވަޙީދަކީ ޕަޕެޓެއް، އަދީބަކީ ހަތިޔާރު، ތިޔަވެވުނީ އިޢުތިރާފު، ދެން އަތް ޖަހާ!

ރައީސް ވަޙީދަކީ ޕަޕެޓެއް، އަދީބަކީ ހަތިޔާރު، ތިޔަވެވުނީ އިޢުތިރާފު، ދެން އަތް ޖަހާ!

17 އޮކްޓޯބަރު 2017
ގެރި މަރުވާއިރު ވެސް އަޅުގަނޑާއި ތިޔަބޭފުޅާ އަތްއުރާލައިގެން...

ގެރި މަރުވާއިރު ވެސް އަޅުގަނޑާއި ތިޔަބޭފުޅާ އަތްއުރާލައިގެން...

07 އޮކްޓޯބަރު 2017
ޝައިހް ތިޔަ ވިދާޅުވަނީ ކީކޭތޯއެވެ؟

ޝައިހް ތިޔަ ވިދާޅުވަނީ ކީކޭތޯއެވެ؟

23 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު