Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަރ ސްކޫލް ފުޓުބޯލް

އިންޓަރ ސްކޫލް ފުޓުބޯޅަ: 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ޣާޒީ ސްކޫލް ހޯދަައިފި

23 އެޕްރީލު 2019 | އަންގާރަ 13:47

އާޒީ ސްކޫލް މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 4-5 ގެ ނަތީޖާއަކުން ޅ. އަތޮޅު ތައުލީމީ މަރުކަޒު ބަލިކޮށްގެން

މިއުނާ ހަސަން
މިއުނާ ހަސަން | 23 އެޕްރީލު 2019 | އަންގާރަ 13:47
ޣާޒީ ސްކޫލްގެ ޓީމް

ޣާޒީ ސްކޫލްގެ ޓީމް

މަމެން އިންޓަރ ސްކޫލް ފުޓުބޯޅަ މުބާރާތުގެ 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ޣާޒީ ސްކޫލުން ހޯދައިފިއެވެ.

ޣާޒީ ސްކޫލް މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 4-5 ގެ ނަތީޖާއަކުން ޅ. އަތޮޅު ތައުލީމީ މަރުކަޒު ބަލިކޮށްގެންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު ފައިނަލު މެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅުނީ ޣާޒީ ސްކޫލުންނެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީިމުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ އަރީންއެވެ.

ޅ. އަތޮޅު ތައުލީމީ މަރުކަޒު ލީޑް ނަގާފައި ވަނިކޮށް މެޗުގެ 20 ވަނަ މިނެޓުގައި ޣާޒީ ސްކޫލްގެ މުހައްމަދު ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރު ވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޅ. އަތޮޅު ތައުލީމީ މަރުކަޒުން ކުޅުން ރަނގަޅުކޮށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ވަނީ ހޯދާފައެވެ. އެހެން ނަމަވެސް ޣާޒީ ސްކޫލުން އެ ޓީމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑް ނެގިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔޫސުފް އަބްސަމްއެވެ.

ޣާޒީ ސްކޫލުން ލީޑް ނެގިތާ މާގިނައިރެއްނުވެ، ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ އަލީ އަފްޒާން ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މި ނަތީޖާއާ އެކު މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-2 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރުވެގެންނެވެ.

އެގޮތުން ފުރަތަމަ ޕެނަލްޓީ ޖަހާފައި ވަނީ ޅ. އަތޮޅު ތައުލީމީ މަރުކަޒުންނެވެ. ނަމަވެސް ޣާޒީ ސްކޫލްގެ ކީޕަރު ވަނީ އެ ޕެނަލްޓީ މަތަކޮށްފައެވެ.

ފައިނަލް މެޗަށް ފަހުގައި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ވެސް ހޯމަ ދުވަހު ވަނީ ބާއްވާފައެވެ. އެގޮތުން އެ ރަސްމިއްޔާތުގައި ވަނީ ރާއްޖޭގެ އެންމެ ފުރަތަމަ ޕްރޯ ލައިސަންސް ފުޓުބޯޅަ ކޯޗު މުހައްމަދު ޝާޒްލީއަށް ރަސްމީކޮށް ލައިސެންސް ހަވާލު ކޮށްފައެވެ.

މި ރަސްމިއްޔާތުގައި މުބާރާތުގެ އެކި ވަނަވަނައަށް ދިޔަ ކުޅުންތެރިންނަށް ޓްރޮފީ ހަވާލުކޮށްފައިވާއިރު، މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ހޮވުނީ ޣާޒީ ސްކޫލްއަށް 12 ލަނޑު ކާމިޔާބުކޮށްދިން ޔޫސުފް އަބްސަމްއެވެ. މި މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރުގެ މަގާމުވެސް ހޯދީ ޣާޒީ ސްކޫލްގެ ގޯލް ބަލަހައްޓައިދިން އާރިޒް ބިން ޝާހިދްއެވެ.

އެންމެ މޮޅު 10 ކުޅުންތެރިންނަށް ހޮވުނީ ގާޒީ ސްކޫލްގެ މުހައްމަދު އައިހަމް އާއި މުހައްމަދު އުނައިސް ބިން ނޫހް އާއި ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ އަލީ އަފްޒާން އިބްރާހިމް އާއި އަބްދުﷲ މިސާލް މުހައްމަދާއި ރެހެންދި ސްކޫލްގެ މުހައްމަދު އައިމަން އަލީ އާއި އަޔާން މުހައްމަދާއި އިސްކަންދަރު ސްކޫލްގެ ޔޫސުފް އައިޝް މުހައްމަދާއި ހަސަން ނާވީ އާއި ހިރިޔާ ސްކޫލްގެ ހުސެއިން ޖަނާހު އަދި ދަރުމަވަންތަ ސްކޫލްގެ އަބްދުﷲ ނަބާހު އަހުމަދު އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

04 މާރިޗު 2017

ސާޅިސް ހަތަރު ޓީމާއެކު ސްކޫލް ކޮލެޖު ވޮލީ މުބާރާތް ފަށަނީ

04 މާރިޗު 2017
ސާޅިސް ހަތަރު ޓީމާއެކު ސްކޫލް ކޮލެޖު ވޮލީ މުބާރާތް ފަށަނީ
28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
19 ފެބުރުއަރީ 2017

އިންޓާ ސްކޫލް / ކޮލެޖް ބީޗް ވޮލީ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

19 ފެބުރުއަރީ 2017
އިންޓާ ސްކޫލް / ކޮލެޖް ބީޗް ވޮލީ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި
12 ފެބުރުއަރީ 2017

މިއަހަރުގެ ކިޑްސް ފިއެސްޓާގައި 17 ސްކޫލް ބައިވެރިވެއްޖެ

12 ފެބުރުއަރީ 2017
މިއަހަރުގެ ކިޑްސް ފިއެސްޓާގައި 17 ސްކޫލް ބައިވެރިވެއްޖެ
06 ފެބުރުއަރީ 2017

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2017

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް