Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވިޔަފާރީގެ ވާދަވެރިކަމުގެ ބިލް

ވިޔަފާރީގެ ވާދަވެރިކަމުގެ ބިލް މަޖިލީހުން ބަލައިގަނެ، ކޮމިޓީއަށް

ބިލްގެ ފުރަތަަމ ކިޔުއްވުން އިއްވީ މި މަހުގެ 15 ވަަނަ ދުވަހު

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 22 އެޕްރީލު 2019 | ހޯމަ 09:39
ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ

ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ

ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ މަޖިލީހަށް ހުށައެޅުއްވި، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލްގެ ފުރަތަމަ ކިޔުން މަޖިލީހުގައި ކިޔުމަށް ފަހު އިގްތިސާދީ ކޮމެޓީ އަށް ފޮނުވައިފިއެވެ.

ބިލް މަޖިލީހަށް ހުށައަޅައި ފުރަތަމަ ކިޔުން އިއްވާފައި ވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުއެވެ. އެ ބިލް ބަލައިގަތުމަށް ފާސްކޮށްފައިވަނީ 49 މެމްބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

އެ ބިލް ހުށައެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން ދެމެހައްޓައި، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން ހަނިވާ ގޮތަށް ހިންގާ ވިޔަފާރީގެ އަމަލުތަކުގެ ސަބަބުން ގައުމީ އިގްތިސާދީ ކުރިއެރުމަށް ނޭދެވޭ އަސަރުތައް ހުއްޓުވުމަށެވެ. އަދި އެއް ވިޔަފާރިއެއް އަނެއް ވިޔަފާރިއަކާ މާރޖާއެއް ހެދުމުގެ ސަބަބުން ހުރަސް އެޅިގެންދާ ދިޔުން ކޮންޓްރޯލް ކުރުމުގެ ގޮތުން ކަމާބެހޭ އުސޫލުތައް އެކުލަވާލައި، ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަން ދެމެހެއްޓުމަށްޓަކާ އިދާރާތަކަށް ބާރާއި މަސްއޫލިއްޔަތުތައް ހަވާލުކުރުމެވެ.

ހޯމަ ދުވަހު ބޭއްވި ޖަލްސާގައި އެ ބިލްގެ ބަހުސްކުރުމުގެ ފުރުސަތު ހުޅުވާލުމުން، ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު ވިދާޅުވީ، ކޮންމެ ވިޔަފާރިއެއްގައި ވާދަވެރިކަން އޮންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ވާދަވެރި ކަމެއް ނެތްނަމަ ވިޔަފާރިއަކީ ވިޔަފާރިއެއްގެ ގޮތުގައި ކުރިއަށް ގެންދަން އޭގައި ފޯރި ނެތް އެއްޗަކަށްވާނެ ކަމަށް ވިދާޅުވިއެވެ.

ނާޝިދު ވިދާޅުވީ، މިހާރުވެސް ރާއްޖޭގެ ވިޔަފާރިތައް އޮތީ ވަރަށް ވާދަވެރި މާކެޓެއްގައި ކަމަށެވެ. ބިލުގައި ހުރި ބައެއް ކަންތައް ފާހަގަ ކުރަމުން ނާޝިދު ވިދާޅުވީ، އެ ބިލަކީ ރާއްޖޭގައި ކުރާ މިނިވަން ވިޔަފާރީއެއްގެ ހުރަސް ނޭޅޭނެ ބިލަކަށްވުމަކީ މުހިއްމު ކަމެއް ކަމަށެވެ.

''މި ގާނޫނޫގެ ދަށުން އަޅުގަނޑު ދެކޭ ކަށެއް ހަމަ ގައިމު ބޭނުމެއް ނުވޭ އެހެން ބަޔަކު އެއީ ޕެރަލަލް އިންޕޯޓްސް ގޮތުގައި އެއްޗެހިތައް ގެނެސް މާކެޓްގެ އަގުވައްޓާލާ އަދި ފޭކް އުފެއްދުންތައް އުފައްދައިގެން ޗައިނާ ތަންތަނުން ގެނެސްގެން މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި ހިނގާކަމެއް. އެއްކަލަ ޕްރޮޑަކްޓްގެ ނަމުގައި މާކެޓްގައި ފްލަޑްވުން. އެހެންވެއްޖެއްޔާ ރައްޔިތުންގެ މެދުގައި އުފެއްދެވެނީ ވިޔަފާރީގެ ވާދަވެރިކަންތޯ އަދި ނޫނީއްޔާ އެދަނީ އަޅުގަނޑުމެން އެއަށްވުރެ ފަހަތައް ތޯ'' އޭނާ ވިދާޅުވިއެވެ.

އެ ބިލުގައިވާ ގޮތުން ވިޔަފާރި ހިންގާ ދެ ފަރާތެއްގެ ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކެއްގެ މެދުގައި ވާދަވެރި ކަމަށް ހުރަސް އެޅުމަށް ނުވަތަ ނޭދެވޭ ބަދަލެއް ގެނައުމުގެ މަގްސަދުގައި އެއްބަސްވުމެއްވުމަކީ މަނާ ކަމެކެވެ.

އެ ބިލުގައިވާ ގޮތުން އާންމުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެ ވިޔަފާރި މިންވަރަށް ރިޔާއަތްކޮށް ވަކި ވިޔަފާރިތަކެއް އިސްތިސްނާ ކުރުމުގެ ބާރު އިކޮނޮމިކް މިނިސްޓްރީ އަށް ލިބިގެންވެއެވެ. އެ މިނިސްޓްރީން އެ އިސްތިސްނާ ކުރުމަށް ނިންމާ ނިންމުން ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަން ޖެހެއެވެ.

އެ ބިލުގައިވާ ގޮތުން އިކޮނޮމިކް މިނިސްޓްރީން ވިޔަފާރީގެ ވާދަވެރިކަން އޮތް މިންވަރު ބަލައި ދިރާސާ ކުރަން ޖެހޭއެވެ. އަދި ވިޔަފާރި ހިންގާ ފަރާތްތަކާއި އާއްމުން ހޭލުންތެރިކަން ކުރުމަކީ އެ މިނިސްޓްރީގެ މަސްއޫލިއްޔަތެކެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

13 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު