Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު19 އަހަރުން ދަށުގެ ކްރިކެޓް ޓީމު

ލަންކާގައި ކޭމްޕްކުރަމުން އަންނަ 19 އަހަރުން ދަށުގެ ކްރިކެޓް ޓީމުގެ ހާލު ރަނގަޅު

ކްރިކެޓް ޓީމު މިވަގުތު ތިބީ ލަންކާ ފުލުހުންގެ ހިމާޔަތުގައި

ލީވާން އަލީ
ލީވާން އަލީ | 21 އެޕްރީލު 2019 | އާދީއްތަ 11:30
19 އަހަރުން ދަށުގެ ކްރިކެޓް ޓީމު

19 އަހަރުން ދަށުގެ ކްރިކެޓް ޓީމު

ސްރީ ލަންކާގައި ކޭމްޕް ކުރަމުން އަންނަ 19 އަހަރުން ދަށުގެ ކްރިކެޓް ޓީމުގެ ހާލު ރަނގަޅު ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

ލަންކާގައި ދިން ބޮމުގެ ހަމަލާއާ ގުޅޭ ގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު އަފްލާހް ވިދާޅުވީ، ކްރިކެޓް ޓީމުގެ ހާލު ރަނގަޅު ކަމަށާއި، ވަރަށް ހެނދުނު ހަމަލާގެ ޚަބަރު ލިބުނު ކަމަށެވެ.

އަފްލާހް ވިދާޅުވީ، ފާއިތުވެދިޔަ ދެ ދުވަހު ކްރިކެޓް ޓީމު މެޗުތައް ކުޅުމަށް ފަހު މިއަދަކީ އަރާމުކުރަން ހަމަޖެއްސި ދުވަސް ކަމަށާއި، މިއަދު ހަމަޖެހިފައި އޮތީ ބާޒާރު ކުރުމާއި، ކޮލަމްބޯ ސިޓީ ޓުއާއަކަށް ދިޔުން ކަމަށެވެ.

އެގޮތުން އަފްލާހް ވިދާޅުވީ، ހަމަލާގެ ޚަބަރު ކްރިކެޓް ޓީމަށް ލިބުނީ ސިޓީ ޓުއާއަށް ދިޔުމަށް ބަހަށް އަރާ ތިއްބާ ކަމަށާއި، ޚަބަރު ލިބުމާ އެކު ޓީމު ހޮޓަލަށް ވައްދާފައިވާ ކަމަށެވެ.

"ކްރިކެޓް ޓީމަށް ވަރަށް ހެނދުނާ އެނގިއްޖެ ބޮމުގެ ހަބަރު. އިއްޔެ އާއި އިއްޔެ ނޫން ކުރީ ދުވަހު މެޗު ކުޅުނީ. މިއަދަކީ ރެސްޓް ޑޭ. ޝޮޕިން އާއި ޓުއާއަކަށް މިއަދު ދާން އޮތީ. ބޮމުގެ ޚަބަރު ލިބުނު އިރު ޓީމު އޮތީ ބަހަށް އަރާ. ވަގުތުން ޚަބަރު ލިބުމާ އެކު ހޮޓަލަށް ވަނީ ވައްދާފައި،" އަފްލާ ވިދާޅުވިއެވެ.

ކްރިކެޓް ޓީމަށް ލަންކާ ހިމާޔަތް ދިނުމަށް ލަންކާގެ ފުލުހުން މި ވަގުތު ޓީމު ކޭމްޕް ކުރަމުން އަންނަ ހޮޓަލަށް އައިސްފައިވާ ކަމަށާއި، ޓީމުގެ ހާލު ލަންކާގައި ހުންނަ ދިވެހި އެމްބަސީން ވެސް ބަލާފައިވާ ކަމަށެވެ.

އަފްލާހް ވިދާޅުވީ، ހަމަލާގެ ސަބަބުން ކްރިކެޓް ޓީމުގެ ފަރިތަކުރުންތައް ކުރިޔަށް ގެންދިޔުމާ ގުޅޭ ގޮތުން ލަންކާގައި ހުންނަ ދިވެހި އެމްބަސީއާ މަޝްވަރާ ކުރާނެ ކަމަށާއި، ކަންކަން ކުރިޔަށްގެންދާނީ އެމްބަސީގެ ލަފަޔާއެކުގައި ކަމަށެވެ.

"ކްރިކެޓް ޓީމަށް ލަންކާ ފުލުހުން ދަނީ ހިމާޔަތް ދެމުން. މިވަގުތު ފުލުހުން ދަނީ ހޮޓަލުގައި ފޯރި މަރަމުން. ކުރިޔަށް ކަންކަން ރާވާނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއާ މަޝްވަރާކުރުމަށް ފަހު،" އަފްލާ ވިދާޅުވިއެވެ.

ކްރިކެޓް ޓީމު ލަންކާއަށް ކޭމްޕްކުރުމަށް ގޮސްފައި ވަނީ މި މަހުގެ 26 ވަނަ ދުވަހު ޔޫއޭއީގައި އޮންނަ 19 އަހަރުން ދަށުގެ އޭސީސީ ވެސްޓަން ރީޖަން ކްރިކެޓް މުބާރާތަށް ތައްޔާރުވުމުގެ ގޮތުންނެވެ.

ފަރިތަކުރުންތައް ނިންމާލުމަށް ފަހު މުބާރާތަށް ކްރިކެޓް ޓީމު ދުބާއީއަށް ފުރުމަށް ހަމަޖެހިފައިވަނީ ސީދާ ލަންކާއިންނެވެ. ޓީމު ފުރުމަށް ހަމަޖެހިފައި ވަނީ ބުދަ ދުވަހުއެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް

11 ފެބުރުއަރީ 2017
ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް
09 ފެބުރުއަރީ 2017

ގައުމީ ވޮލީ ޓީމުގެ ފަރިތަކުރުން އަންނަ ހަފްތާގައި ފަށަނީ

09 ފެބުރުއަރީ 2017
ގައުމީ ވޮލީ ޓީމުގެ ފަރިތަކުރުން އަންނަ ހަފްތާގައި ފަށަނީ
31 ޖެނުއަރީ 2017

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު