Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާ

ލަންކާގެ ބޮމުގެ ހަމަލާ: 100 މަރު، ޒަހަމްވި އަދަދު 400 އަށް

21 އެޕްރީލު 2019 | އާދީއްތަ 14:29

ބޮމުގެ ހަމަލާތައް ރައީސް ސޯލިހް ކުށްވެރި ކުރައްވައިފި

އަލީ ސަމާޚް
އަލީ ސަމާޚް | 21 އެޕްރީލު 2019 | އާދީއްތަ 14:29
ބޮންގޮއްވާލުމުގެ  ހާދިސާ ހިނގި ޗާޗް

ބޮންގޮއްވާލުމުގެ ހާދިސާ ހިނގި ޗާޗް

ސްރީ ލަންކާގެ ކްރިސްޓިއަނުން އީސްޓަ ސަންޑޭ ފާހަގަ ކުރަމުން ދަނިކޮށް ތިން ފައްޅިއެއްގަ އާއި ކޮލަމްބޯގެ ބައެއް ތަންތަނުގައި ބޮންތަކެއް ގޮއްވާލި ހަމަލާގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެ އެވެ.

ލަންކާގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާއިރު، ބޮމުގެ ހަމަލާތަކުގައި ދިވެއްސަކު ނިޔާވި ކަމެއް، ނުވަތަ ޒަހަމްވިކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެ އެވެ.

ބޮމުގެ ހަމަލާގައި މަރުވި މީހުން

ބޮން ގޮއްވާލި ތަންތަން:

  1. ކޮއްޗިކަޑޭ ފައްޅި
  2. ކަޓުވަޕިޓިޔާ ފައްޅި
  3. ބެޓިކޮއްލާގައި ހުންނަ ފައްޅިއެއް
  4. ސަންގްރިއްލާ ހޮޓެލް
  5. ސިނަމަން ގްރޭންޑް ހޮޓެލް
  6. ކިންގްސް ބަރީ

މިއީ މި ފަހުގެ ތާރީޚުގައި ލަންކާގައި ދިން އެންމެ ވަރުގަދަ ހަމަލާއެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 100 ވުރެ މައްޗަށް ވަނީ އަރައިފަ އެވެ. އަދި ޒަހަމްވި މީހުންގެ އަދަދު 400 އަށް ވުރެ ގިނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ލަންކާގެ ނޫސްވެރިޔަކު ބުނި ގޮތުގައި، ކޮލަމްބޯގެ ނެޝަނަލް ހޮސްޕިޓަލަށް އެކަނި ވެސް، ބޮމުގެ ހަމަލާތަކުގައި ޒަހަމްވި 295 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ގެންގޮސްފަ އެވެ.

ބޮމުގެ ހަމަލާތައް ދިނީ ކޮން ގޮތަކަށް ކަމެއް، އަދި ކޮން ބައެއް ކަމެއް ނޭނގެ އެވެ.

މި ހަމަލާގައި ފައްޅިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ބޮން ގޮއްވާލި ހޮޓާތަކަށް ލިބިފައިވާ ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

ދިވެހިން ގުޅުއްވަންވީ ނަންބަރު

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ސްރީ ލަންކާގެ އެކި ސަރަޙައްދުތަކުގައި ބޮންތަކެއް ގޮވި ޙާދިސާގައި ދިވެއްސަކަށް އަނިޔާވިތޯ މިމިނިސްޓްރީއިން ބަލަމުންދާ ކަމަށެވެ. އިމަޖެންސީ ކޮންސިއުލަރ ޚިދުމަތް ބޭނުންފުޅުވާނަމަ ހޮޓްލައިން ނަންބަރު 7983400 އަށް ގުޅުމަށް ވަނީ އެދިފައެވެ.

ލަންކާގައި ތިބި ދިވެހިން ގެއިން ބޭރަށް ނުނިކުތުމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އެހީތެރިކަމެއް ހޯދުމަށް ބޭނުންވާ ފަރާތްތަކުން ގުޅުއްވާނެ ނަންބަރުތައް ވެސް ވަނީ ހިއްސާ ކުރައްވައިފަ އެވެ. އެއީ:

94727277072+

94766086660+

94764189900+

ލަންކާގެ ދިން ބޮމުގެ ހަމަލަ ހަރުކަށި އިބާރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުށްވެރިކުރައްވައިފި އެވެ.

ސްރީ ލަންކާގައި ދިން ބޮމުގެ ހަމަލާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ކުށްވެރި ކުރައްވައިފަ އެވެ.

ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓްގެ ސެކިއުރިޓީ ވަރުގަދަކޮށްފައި

ބޮމުގެ ހަމަލާތަކާ ގުޅިގެން ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓްގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފަ އެވެ. ފުރަންދާ މީހުން ހަތަރު ގަޑިއިރު ކުރިން ޗެކިން ހެދުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ފުރަންދާ މީހުން ފިޔަވައި އެހެން މީހުން އެއާޕޯޓަށް ވަނުން ވަނީ މަނާކޮށްފަ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
16 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސްގެ ކާގޯ ފްލައިޓެއް ކިރިގިސްތާނަށް ވެއްޓި މަދުވެގެން 20 މަރު

16 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސްގެ ކާގޯ ފްލައިޓެއް ކިރިގިސްތާނަށް ވެއްޓި މަދުވެގެން 20 މަރު
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް