Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލ. އަތޮޅު

ވިއްސާރާގައި ފޮނަދޫ 6 ގެއެއް ދިރިނޫޅެވޭ ހާލަތައް، ޑިޒާސްޓާގެ ޓީމެއް ލ. އަތޮޅަށް

20 އެޕްރީލު 2019 | ހޮނިހިރު 08:27

ބޯހިޔާވަހިކަން ހަމަޖެއްސީ އާއިލީ ގެތަކުން

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 20 އެޕްރީލު 2019 | ހޮނިހިރު 08:27
ލ. އަތޮޅަށް ކުރަމުންދާ ވިއްސާރައިގައި ގެއެއްގެ ފުރާލު އެއްލާލާފައި

ލ. އަތޮޅަށް ކުރަމުންދާ ވިއްސާރައިގައި ގެއެއްގެ ފުރާލު އެއްލާލާފައި

ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ލ. އަތޮޅު ފޮނަދޫއަށް ނަގޫރޯޅިއެއް އަރައި، ހަ ގެއެއްގައި މީހުން ދިރިނޫޅޭ ހާލަތަށް ގޮސްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ބުނެފިއެވެ.

ގިނަ ދުވަސްތަކަކަށް ފަހު މުޅި ރާއްޖެއަށް ހޮނިހިރު ދުވަހު ވަނީ ވިއްސާރަކޮށްފައެވެ. މެޓް އޮފީހުން އަންދާޒާ ކުރާ ގޮތުގައި ރާއްޖޭގެ ބޮޑުބަޔަކަށް އާދީއްތަ ދުވަހު ވެސް ވިއްސާރަ ކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ.

Advertisement - newsAdvertisement

ޑިޒާސްޓާ މެނޭޖްމެންޓުން ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެ އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ސޮފީނާޒް ހަސަން ވިދާޅުވީ، ލ. ފޮނަދޫއަށް އެރި ނަގޫރޯޅިގައި އެއްގޭގައި މިހާރު ބޭނުން ކުރެވެން ހުރީ އެންމެ ކޮޓަރިއެއް ކަމަށާއި، ކައުންސިލާ ގުޅިގެން އެހީތެރިކަން ފޯރު ކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ގެއްލުންވި 12 ގެތަކުގެ ތެރެއިން ހަ ގެއެއްގެ ފުރާޅަށް ގެއްލުން ލިބުނަސް އެގޭގެ ބައެއް ކޮޓަރިތައް ހުރީ ބޭނުން ކުރެވޭ ހާލަތުގައި ކަމަށް ވިދާޅުވިއެވެ.

''ގެއްލުން ލިބުނު ގެ ތަކުން، އެ ތަނުން ހަ ގެއެއް މީހުން ދިރިނޫޅެވޭ ވަރަށް މިވަގުތު ގެއްލުން ލިބުނު ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނީ. އެހެންވީމަ އެ ހަ ގެއެއްގެ މީހުންނަށް މި ވަގުތު އެހީތެރިކަން ބޯހިޔާވަހި ކަމެއް މި ފޯރުކޮށްދެއްވަނީ އެބޭފުޅުންގެ އާއިލާގެ ގޭގެއިން ކަމަށް ކައުންސިލުން އަޅުގަނޑުމެންނަށް މައުލޫމާތު ދެއްވާފައި އޮތީ'' އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އިން ލަފާކޮށްފައިވާއިރު، ހުރިހާ ރައްޔިތުން ވެސް މޫސުމަށް ސަމާލުވެ ކުރިއާލައި ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް ޑިޒާސްޓާ މެނޭޖުމެންޓުން ވަނީ އިލްތިމާސް ކޮށްފައެވެ.

އެގޮތުން އުދަ އެރުމާއި ފެންބޮޑުވުން އަދި ވައިގެ ސަބަބުންވެސް ލިބިދާނެ ގެއްލުން ކުޑަކުރުމަށްޓަކައި ސަލާމަތީ ފިޔަވަޅު އެޅުމަށް ޝަފީނާޒް ވަނީ އިލްތިމާސްކޮށްފައެވެ.

''އެގޮތުން އުދަ އެރުމާއި ފެންބޮޑުވުން އަދި ވައިގެ ސަބަބުން ވެސް ކުރިން ލ. ފޮނަދޫގައި މި ހިނގާ ދިޔަ ކަހަލަ ހާދިސާތަކުން ވެސް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ފުރާޅު ވެސް އެ އެއްލާލަފައި ގޮތަކަށް ހުރި ކަމަށް ވަންޏާ ކުރިއާލައި އެ ހިފެހެއްޓޭނެ ގޮތަކަށް ކުރައްވާ އެކަހަލަ ފިޔަވަޅުތަކެއް އެޅުއްވުމަކީ ވަރަށް މުހިއްމު ކަމެއެ،'' އޭނާ ވިދާޅުވިއެވެ.

ޝަފީނާޒް ވިދާޅުވީ، ފެންބޮޑުވުމުގެ ސަބަބުން ގޭތެރޭގައި ހިފައި ގެންގުޅޭ އެއްޗެހި ރައްކާތެރި ތަނެއްގައި ބެހެއްޓުން މުހިއްމު ކަމަށެވެ. އަދި އުދަ އަރައިގެން ރަށުގެ ތެރެއަށް ލޮނުގަނޑު އަރާފަދަ ހާދިސާ ތައް ހިނގާފައިވާކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، ކުރިޔާލާ ވެލިބަސްތާ ޖަހައި ރައްކާތެރިވާން ޖެހޭ ކަމަށެވެ.

އެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑިޒާސްޓާ މެނޭޖްމެންޓްގެ ޑެޕިއުޓީ ޗިފް އެކްޒެކްޓިވް އުމަރު ފިކުރީ ވިދާޅުވީ، ލ. ފޮނަދޫ އަށް އެރި ނަގޫރޯޅީގެ ހަބަރު ލިބުމާއި އެކު ޑިޒާސްޓާ މެނޭޖްމެންޓާއި އެރަށުގެ ސަރުކާރުގެ ވުޒާރާތަކާއި ގުޅިގެން ގޭބިސީ ތަކުގެ ހާލަ ބައްލަވަމުން އަންނަ ކަމަށެވެ. އެގޮތުން ލ.އަތޮޅު ކައުންސިލްގައި އެމެޖެންސީ އޮޕަރޭޝަން ސެންޓަރެއް ގާއިމްކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. ގެއްލުން ލިބުނު 12 ގޭއެއްގެ އެސެސްމެންޓު އެރަށު ކައުންސިލާއި، އެމްއެންޑީއެފް ސަދަން އޭރިޔާ ސައުތު ޑިވިޝަން އާއި އިތުރު މުއައްސަސާތަކާއި ގުޅިގެން ކުރަމުންދާ ކަމަށެވެ.

''މި އެސެސްމެންޓް ހަދާނެ ގޮތް އަޅުގަނޑުމެން ވާނީ ކައުންސިލް އާއިވެސް އަދި މި މުއައްސަސާތަކާއިވެސް ހިއްސާ ކޮށްފައި. މި 12 ގޭގެ އެސެސްމެންޓާއި އެކު މި 12 ގެއަށް ބޭނުންވާ ސާފުކުރުމުގެ އެހީތެރިކަންވެސް މިހާރު މިދާނީ ފޯރުކޮށްދެމުން'' އުމަރު ވިދާޅުވިއެވެ.

ފުރާޅު އެއްލާލުމުގެ އިތުރުން މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ފާރުފަދަ ތަންތަނަށް ގަސްތައް ވަނީ ވެއްޓިފައެވެ. ފޮނަދޫ ބަދަރުގައި ހުރި ބައެއް ޑިންގީތައް އަޅާފައިވާ ވާ ނެއްޓި ބައެއް ސަތަރިތައް ވަނީ ފަޅައިގެން ގޮސްފައެވެ.

އުމަރު ވިދާޅުވީ، ބައެއް ގޭތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އެސެސްމެންޓާއި އެކު ގޭތަކަށް ކަރަންޓު ފޯރު ކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ލ. އަތޮޅުގެ ހާލަތު ބެލުމަށް ޑިޒާސްޓާ މެނޭޖްމެންޓުގެ ވަފުދެއް ވަނީ އެ އަތޮޅަށް ގޮސްފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

30 މާރިޗު 2017

ލ. ފޮނަދޫގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

30 މާރިޗު 2017
ލ. ފޮނަދޫގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ
24 މާރިޗު 2017

ފޮނަދޫ ކަރަންޓްގެ މައްސަލަ ބޮޑުވެ، ޕީޕީއެމްގެ ކައުންސިލް މެމްބަރު އިހްތިޖާޖަށް!

24 މާރިޗު 2017
ފޮނަދޫ ކަރަންޓްގެ މައްސަލަ ބޮޑުވެ، ޕީޕީއެމްގެ ކައުންސިލް މެމްބަރު އިހްތިޖާޖަށް!
04 މާރިޗު 2017

ސަތޭކަ މެންބަރުން ވައްދައި ފޮނަދޫ ރައްޔިތުން މެމްބަރު އަދުރޭއަށް ރައްދު ދީފި

04 މާރިޗު 2017
ސަތޭކަ މެންބަރުން ވައްދައި ފޮނަދޫ ރައްޔިތުން މެމްބަރު އަދުރޭއަށް ރައްދު ދީފި
03 މާރިޗު 2017

މާލޭ ގެއެއްގައި ރޯވި އަލިފާން ނިއްވާލެވިއްޖެ: އެމްއެންޑީއެފް

03 މާރިޗު 2017
މާލޭ ގެއެއްގައި ރޯވި އަލިފާން ނިއްވާލެވިއްޖެ: އެމްއެންޑީއެފް
03 މާރިޗު 2017

މާލޭ ގެއެއްގައި އަލިފާން ރޯވެއްޖެ

03 މާރިޗު 2017
މާލޭ ގެއެއްގައި އަލިފާން ރޯވެއްޖެ
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް