Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓްް

އެމްޑީޕީ އޮތީ ދެކަފިވެފައެއް ނޫން، ފުރިހަމަވެ ފައްކާވެފައި

ކޮންމެ އިންތިހާބަކަށްފަހު، ޕާޓީ އެކަތިގަނޑަކަށްވެ، އެކުގައި މަސައްކަތްކުރަން ފަށާ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 19 އެޕްރީލު 2019 | ހުކުރު 13:13
މަޖިލީސް އިންތިހާބުގެ ކެމްޕޭންގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން

މަޖިލީސް އިންތިހާބުގެ ކެމްޕޭންގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން

މި ދުވަސްވަރު އެންމެ ގަދަޔަށްކުރެވޭ ބަހުސްއަކީ، އެމްޑީޕީގެ ފަރާތުން މަޖިލީހުގެ ރައީސްކަމަށް ނެރުއްވާނީ ކޮން ބޭފުޅެއްތޯ އެވެ. ޕާޓީގެ ތެރެއިން ފަސް ބޭފުޅަކު މަޖިލީހުގެ ރައީސްކަމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައިވާއިރު، ޕާލިމެންޓްރީ ގުރޫޕްގެ ތެރޭގައި ނަގާނީ ސިއްރު ވޯޓެއްތޯ ނުވަތަ ނޫންތޯ ކުރެވޭ ބަހުސްވެސް ވަނީ ގަދަވެފަ އެވެ.

ހިޔާލު ތަފާތުވެ، އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް ގެންދަވަނީ އަމާޒުކުރައްވަމުންނެވެ. އެބޭފުޅަކަށް ފެނިވަޑައިގަންނަވާ ރަނގަޅު ގޮތާއި، އެގޮތަށް އަމަލުކުރާ ދުނިޔޭގެ ޤައުމުތަކުގެ މިސާލުތައް ނަންގަވައި ޓްވީޓް ކުރައްވަމުންގެންދަވަ އެވެ. ހަމައެކަނި މި ބަހުސްގެ ތެރޭގައި ބަހުގެ ހަމާލަތައް އަމާޒު ކުރަނީ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރުންނެއް ނޫނެވެ. ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރުންނެކޭ އެއް ފޯރިއެއްގައި އެކްޓިވިސްޓުން ވެސް ގެންދަނީ ބަހުސްގައި ބައިވެރިވަމުންނެވެ.

މަންޒަރު ބަލަން ތިބި އިދިކޮޅު ފަރާތްތަކާއި، އެހެނިހެން ފަރާތްތަކުން ސިފަކުރާ ގޮތުގައި އެމްޑީޕީ ދެ ކަފިވީ އެވެ. ޕާޓީ ދެ ބަޔަކަށް ބެހި، ޕާޓީ ރޫޅެނީ އެވެ. ނޫސްވެރިންގެ ތެރެއިން ބައެއް ނޫސްވެރިންވެސް ސިފަކުރަނީ އެގޮތަށެވެ. ނަމަވެސް ހޫނުގަދަ ބަހުސްތަކުގެ އަނެއް ފުށުން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ.

ފުރިހަމަވެ، ފައްކާވެފައި އޮތް ސިޔާސީ ޕާޓީއެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި މަސައްކަތްކުރާ މަންޒަރު އެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޭގެ އެންމެ ފުޅާ މިނެއްގައި ބޭނުންކުރަމުންގެންދާ މަންޒަރު އެވެ. ހިޔާލު ފާޅުކުރާއިރުވެސް، އޭގެ އެންމެ ފުރިހަ ހުދޫދުގެ ތެރޭގައިި ފާޅުކުރަމުންގެންދާ މަންޒަރެވެ.

ސިޔާސީ ގޮތުން ފައްކާވެފައި ނުވާ ޕާޓީއެއްނަމަ، ފަސް، ހަ ކެނޑިޑޭޓުންނަށް މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާކަން ހާމަކޮށް، މަޤާމަށް ވާދަކުރައްވާނެކަން ހާމަކުރައްވާކަށްވެސް ކެރިވަޑައެެއްނުގަންނަވާނެެ އެވެ. ޕާޓީގެ އެންމެ އިސް ސަފުގައި ހުންނެވި ބޭފުޅަކު ވިދާޅުވި ކެނޑިޑޭޓަކަށް ފުރުސަތު ދެއްވުމަށްފަހު، ބިރުން ރަޖާ ލައިގެން އޮންނާނީއެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުން އެ މަންޒަރު ފެނިގެންގޮސްފައިވެއެވެ. ނަމަވެސް އެމްޑީޕީގެ ތެރެއިން ފަސް ކެނޑިޑޭޓަކު އެ ވަނީ މަޖިލީހުގެ ރައީސް ކަމަށް ވާދަކުރައްވާނެކަން އިއުލާންކުރައްވާފަ އެވެ.

ކެމްޕޭންތައްވެސް އޭގެ އެންމެ ފޯރިޔާއެކު އެ ގެންދަނީ ކުރަމުންނެވެ.

އެމްޑީޕީ ފުރިހަމަވެފައިވާކަން ހާމަކޮށްދޭ އަނެއް ކަމަކީ ކޮންމެ އިންތިހާބަކަށް ކުރާ ފޯރިގަދަ ކެމްޕޭނަށްފަހުގައި ޕާޓީ އެކަތިގަނޑަކަށްވާލެއް ފުރިހަމަ ކަމެވެ. ދުރު ނޫން، ތާރީހެއްގައި ފެނިގެންދިޔަ އެފަދަ ކުޑަކުޑަ މިސާލަކަށް ބަލާލާނަމެވެ.

މަޖިލީސް އިންތިހާބުގެ ޕްރައިމަރީ ބޯމަތިވެގެންދިޔަ އިރު، ޕާޓީތަކުން އެމްޑީޕީއަށް ފާޑުކިޔައި، ބުނަމުންގެންދިޔައީ އެއީ ޕާޓީ ތެރޭގައި ބައިބައިވުން އުފެދޭނެ ކަމެއް ކަމަށެވެ. ނަތީޖާ ވަރަށް ހިތިވާނެކަމަށެވެ. ލިބެން ހުރި ވޯޓުތައްވެސް ގެއްލިގެންދާނެ ކަމަށެވެ. ނަމަވެސް އިންތިހާބުގެ ދާއިމީ ނަތީޖާ އައިއިރު، އެ ހުރިހާ ވާހަކައަކީވެސް ހުދުމުހުތާރު ވެރިތަކެއް ހަދަހަދައިގެން ފެތުރި ވާހަކަތަކެއްކަން އެމްޑީޕީން އެ ވަނީ ސާބިތުކޮށްދީފަ އެވެ.

ޕްރައިމަރީއަށްފަހު، ކެނޑިޑޭޓުން އެކަތިވެ، ކެމްޕޭން ޓީމްތައް ރުކުރުވާލާ، ޤައުމީ ފެންވަރުގެ ބޮޑު ކެމްޕޭނެއްކޮށް، ރާއްޖޭގެ ތާރީހް ޕާޓީން އެ ވަނީ ބަދަލުކޮށްލާފަ އެވެ. އެއް ޕާޓީއަކުން ހޯދި އެންމެ ބޮޑު ކާމިޔާބީ އެމްޑީޕީން މަޖިލީސް އިންތިހާބުގައި ހޯދައިފައިވެއެވެ. އެމްޑީޕީ އޮތީ ހަމަ ރަނގަޅަށްވެސް، ޑިމޮކްރަސީއަށް ފައްކާވެ ފުރިހަމަވެފަ އެވެ. ދެން އޮތީ ފޯރިގަދަ ކެމްޕޭނަކަށްފަހު، މަޖިލީހުގެ ރައީސްކަމަށް ނެރުއްވާނެ ބޭފުޅަކު ބެލުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

16 މާރިޗު 2017
5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!

5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!

12 މާރިޗު 2017
އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!

އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!

12 ފެބުރުއަރީ 2017
ލާދީނީ އެމްޑީޕީގެ ފައިބުޑަށް ވެއްޓި ސަލަފް ހޫނުފެނަށް!

ލާދީނީ އެމްޑީޕީގެ ފައިބުޑަށް ވެއްޓި ސަލަފް ހޫނުފެނަށް!

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު