Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެލްތް މިނިސްޓްރީ

ނޭޝަނަލް ރޯޑް ސޭފްޓީ އެކްޝަން ޕްލޭން އިފްތިތާފްކޮށްފި

19 އެޕްރީލު 2019 | ހުކުރު 02:08

މިއެކްޝަން ޕްލޭންގައި ހިމެނިފައިވަނީ މައިގަނޑު ފަސް ބައެއް

އަމްނާ އިމާދު
އަމްނާ އިމާދު | 19 އެޕްރީލު 2019 | ހުކުރު 02:08
ނޭޝަނަލް ރޯޑް ސޭފްޓީ އެކްޝަން ޕްލޭން އިފްތިތާހްކޮށްދެއްވަނީ

ނޭޝަނަލް ރޯޑް ސޭފްޓީ އެކްޝަން ޕްލޭން އިފްތިތާހްކޮށްދެއްވަނީ

މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ގާއިމުކުރަން ތައްޔާރުކުރެވިފައިވާ ނޭޝަނަލް ރޯޑް ސޭފްޓީ އެކްޝަން ޕްލޭން އިފްތިތާފްކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އެކްޝަން ޕްލޭން އިފްތިތާފްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ނައިބް ފައިސަލް ނަސީމްއެވެ.

Advertisement - newsAdvertisement

އެކްޝަން ޕްލޭންއާ ބެހޭ ގޮތުން ޑަބްލިޔުއެޗްއޯގެ ފަރާތުން ނޭޝަނަލް ޕްރޮފެޝަނަލް އޮފިސަރ ފާތުމަތު ހުދާ ވިދާޅުވީ އެކްޝަން ޕްލޭންގައި 2019 އިން 2023 އަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ގިނަ ކަންތައްތަކެއް ގާއިމްކުރެވިގެންދާނެ ކަމަށެވެ.

ހުދާ ވިދާޅުވީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަން ކަން ގަބޫލުކޮށް 2017 ވަނަ އަހަރު ނޮވެންބަރު މަހު ޑަބްލިޔުއެޗްއޯގެ މެންބަރ ގައުމުތަކުން ވަނީ ބައްދަލުވުމެއް ބާއްވާ ލަނޑުދަނޑިތަކަކަކަށް އެއްބަސްވެފައި ކަމަށެވެ. މިއީ މަގުމަތީގައި ދިމާވާ އެކްސިޑެންޓުތަކުގައި މަރުވާ މީހުންގެ އަދަދު މަދު ކުރުމަށް ގައުމުތަކުން އަޅާނެ ފިޔަވަޅުތައް ގައިޑްކޮށްދޭނެ މަގުޗާޓެއް ކަމަށެވެ. އަދި ދުނިޔޭގެ ފެންވަރުގައި ހާސިލްކުރާނެ ޓާގެޓްތައް ކަނޑައެޅުމުގެ ބޭނުމަކީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުން އަދި ދުނިޔޭގެ ފެންވަރުގައި މަގުމަތީގެ ރައްކާތެރިކަން އާންމުން ހޭލުންތެރިކުރުވުން ކަމަށެވެ.

ހުދާ ވިދާޅުވީ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއްކަން ދެކި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރޭގައި 2020އަށް ދުނިޔޭގެ މަގުމަތީގަ ހިނގާ ހާދިސާތަކުގަ މަރުވާ މީހުން އަދަދު އަދި އަނިޔާ މީހުންގެ އަދަދު ދެބައިކުޅަ އެއްބައި ދައްކުރަން ވަނީ ހިމަނާފައިވާ ކަމަށެވެ. އަދި ގައުމުތަކުގެ ފެންވަރުގައި ނަތީޖާ ނެރެވޭނެ ފަދަ ގޮތަކަށް މަސައްކަތްތައް ރާވާލުމަށް ވެސް މި އެކްޝަން ޕްލޭން އެހީއަށްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގެ ތެރެއިން ގިނަ ޓާގެޓަކީ 2030 ވަނަ އަހަރު ނިމެންވާއިރަށް ގައުމުތަކުން ހާސިލްކުރަންޖެހޭ ލަނޑުދަނޑިތައް ނަމަވެސް މީގެ ތެރެއިން އެންމެ ފުރަތަމަ ޓާގެޓަކީ 2020 ވަނަ އަހަރު ނިމެންވާއިރު ގައުމުތަކުން ނޭޝަނަލް ރޯޑް ސޭފްޓީ އެކްޝަން ޕްލޭނެއް ހަދާއެއަށް އަމަލުކުރަން ފެށުން. ދިވެހިރާއްޖެއިން މިއަދު މިވަނީ ގްލޯބަލް ޓާގެޓްގެ އެންމެ ފުރަތަމަ ޓާގެޓް ހާސިލްކުރުމަށް ފުރަތަމަ ފިޔަވަޅުއަޅާފަ. މަގުމަތީގެ ހާދިސާތަކުގަ މަރުވާ މީހުންގެ ތެރެއިން 25 އިންސައްތަ މީހުންނަކީ ދެކުނު އިރުމަތީ އޭޝިޔާ ބައްރުގެ 11 ގައުމުގެ ތެރޭގައި ހިމެނޭ މީހުން" ހުދާ ވިދާޅުވިއެވެ.

މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތައް ސްޕީޑް އަވަސްކޮށް 2020 ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި މިސަރަހައްދުގެ 11 ގައުމުގެ ހެލްތް މިނިސްޓަރުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން ފާހަގަކުރައްވައި ހުދާ ވިދާޅުވީ މަގުމަތީގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރުމަށް ދުނިޔޭގެ ފެންވަރު އަދި ސަރަހައްދީ ފެންވަރުގައި ވެސް ރާއްޖެއިން އެކި ކޮމެޓްމެންޓްތައް ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ.

ހުދާ ވިދާޅުވީ މިއެކްޝަން ޕްލޭންގެ މައިގަނޑު މަގުސަދުތަކަކީ މަގުމަތީގަ ހިނގާ ހާދިސާތަކުން މަރުވާ މީހުންގެ އަދަދު އަދި އަނިޔާ މީހުންގެ އަދަދު ދެބައިކުޅަ އެއްބަޔަށް މަދުކުރުން ކަމަށާއި، މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއެކު ބޭނުންކުރެވޭ އުޅަނދުތައް ރައްކާތެރިކަން ޔަގީންކުރުން ކަމަށެވެ.

ހުދާ ވިދާޅުވީ އާންމު ރައްޔިތުން މަގު ބޭނުންކުރުމުގައި ސަމާލުވުމަށް މަގު ބޭނުންކުރާ ރައްކާތެރި ގޮތްތަކާއި ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން ގާނޫނާއި ގަވާއިދުތައް ހަރުދަނާކުރާނެ ކަމަށެވެ. އަދި ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މަގުމަތީގެ ރައްކާތެރިކަން މެނޭޖްކުރުމުގެ ގޮތުން މިއެކްޝަން ޕްލޭންގެ ތެރެއިން ކުރަން ނިންމާފައިވާ ބައެއް މުހިންމު ކަންތައްތަކުގެ ތެރޭގައި ސަރުކާރުގެ ތެރޭގައި ރޭޑް ސޭފްޓީ ބޯޑެއް ގާއިމްކުރުމާއި، ރޯޑް ސޭފްޓީ ޓެކްނިކަލް ކޮމެޓީއެއް ގާއިމްކުރުމާއި، ރޯޑް ސޭފްޓީގެ މަސައްކަތް ކުރުން އިސް އެޖެންސީއެއް ކަނޑައެޅުން އަދި ރޯޑް ސޭފްޓީ ފަންޑެއް ގާއިމްކުރުން ހިމެނެ އެވެ. އަދި މަގުތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ގަވާއިދުން މަގުތަކުގެ ރައްކާތެރިކަން އޮޑިޓް ކުރުމާއި އާންމުންގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުން ވެސް ހިމެނެ އެވެ.

''މަގުގައި ދުއްވާ އުޅަނދުތައް ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެކްޝަން ޕްލޭންގައި ކުރަން ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި އުޅަނދުތަކުގެ ރައްކާތެރިކަމަށް މިހާރު ހެދިފައިވާ ގަވާއިދުތައް ތަންފީޒު ކުރުން. އެތެރެކުރެވޭ އުޅަނދުތަކަކީ ގައުމީ އަދި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ އުޅަނދުތަކަށްވުން، ގާނޫނާ ގަވާއިދުގެ ޒަރިއްޔާއިން އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުން ހިމެނޭ. ރައްކާތެރި ގޮތުގައި މަގު ބޭނުން ކުރުން ހަރުދަނާ ކުރުމަށް ގަވާއިދުތައް ތަންފީޒުކުރުން ހަރުދަނާ ކުރުން.'' ހުދާ ވިދާޅުވިއެވެ.

އެކްޝަން ޕްލޭންގައި މިހާރު ލައިސެންސް ދިނުމުގެ ނިޒާމު ހަރުދަނާ ކުރުން ވެސް ހިމެނެ އެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

22 މާރިޗު 2017

ކޮށްފާނެ ކަންތައްތަކަށް މިތިބީ ތައްޔާރަށް، ޕްލޭން ބީވެސް އެބައޮތް: ގުޅިފައިވާ ޕާޓީތައް

22 މާރިޗު 2017
ކޮށްފާނެ ކަންތައްތަކަށް މިތިބީ ތައްޔާރަށް، ޕްލޭން ބީވެސް އެބައޮތް: ގުޅިފައިވާ ޕާޓީތައް
22 މާރިޗު 2017

އެންޓި ކެމްޕެއިން ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ގޮވާލައިފި

22 މާރިޗު 2017
އެންޓި ކެމްޕެއިން ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ގޮވާލައިފި
21 މާރިޗު 2017

މީޑީއާ ޒިންމާދާރު ކުރަން ބްރޯޑްކޮމްއާ ހަވާލު ކުރީ ބިރު ދައްކާ އިންޒާރުދޭކަށް ނޫން: އަމީތު

21 މާރިޗު 2017
މީޑީއާ ޒިންމާދާރު ކުރަން ބްރޯޑްކޮމްއާ ހަވާލު ކުރީ ބިރު ދައްކާ އިންޒާރުދޭކަށް ނޫން: އަމީތު
21 މާރިޗު 2017

ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް މީޑިޔާތަކަށް އިންޒާރުދީފި

21 މާރިޗު 2017
ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް މީޑިޔާތަކަށް އިންޒާރުދީފި
17 މާރިޗު 2017

ފެނަކައިގެ ބިޒަނަސް ޕްލޭން ހަދަން 8.7 މިލިއަން ރުފިޔާ އަށް އިންޑިއާގެ ކުންފުންޏަކަށް

17 މާރިޗު 2017
ފެނަކައިގެ ބިޒަނަސް ޕްލޭން ހަދަން 8.7 މިލިއަން ރުފިޔާ އަށް އިންޑިއާގެ ކުންފުންޏަކަށް
12 މާރިޗު 2017

ޕީޕީއެމުން ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް

12 މާރިޗު 2017
ޕީޕީއެމުން ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް
08 މާރިޗު 2017

ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!

08 މާރިޗު 2017
ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!
11 ފެބުރުއަރީ 2017

ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

11 ފެބުރުއަރީ 2017
ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި
04 ފެބުރުއަރީ 2017

ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި

04 ފެބުރުއަރީ 2017
ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި
19 ޖެނުއަރީ 2017

ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!

19 ޖެނުއަރީ 2017
ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް