Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ޖަލުގެ އެނެކްސް 1

މާލެ ޖަލުގެ އެނެކްސް 1 ބަންދުކޮށްފި

16 އެޕްރީލު 2019 | އަންގާރަ 17:10

ދިގު މުއްދަތަކަށް ބަންދުކޮށްގެން މީހުން ގެންގުޅެން ފަށާފައިވަނީ 2006 ވަނަ އަހަރު

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 16 އެޕްރީލު 2019 | އަންގާރަ 17:10
މާލެ ޖަލުގެ އެނެކްސް 1

މާލެ ޖަލުގެ އެނެކްސް 1

މާލެ ޖަލުގެ އެނެކްސް 1 ގައި ތިބި ހުރިހާ ޤައިދީން އެކި ޖަލުތަކަށް ބަދަލު ކުރުމަށް ފަހު މަރާމާތު ކުރުމަށްޓަކައި އެޖަލު ބަންދު ކޮށްފިއެވެ.

ހޯމަ ދުވަހު ބަނދު ކުރި އެޖަލު، ފުރަތަމަ ބޭނުން ކުރަމުން ދިޔައީ މާފުށީ ޖަލުން އެކިއެކި ކަންކަމުގައި މާލެއަށް ގެނެވޭ މީހުން ވަގުތީ ގޮތުން ބޭތިއްބުމަށާއި އަރުވާލުމަށް ޙުކުމްކުރެވި ރަށަކަށް ބަދަލު ކުރެވެންދެން ބަންދު ކުރުމުގެ އިތުރުން، ގޭބަންދު ކުރުމަށް ޙުކުމްކުރެވޭ މީހުންގެ ތެރެއިން ޙަވާލުވާނެ ފަރާތެއް ނެތް މީހުން ބަންދު ކޮށްފައި ބޭތިއްބުމަށެވެ.

Advertisement - newsAdvertisement

ނަމަވެސް ޖަލުގެ ތެރޭގައި އައު ގޮޅިތަކެއް ހެދުމަށް ފަހު ދިގު މުއްދަތަކަށް ބަންދު ކޮށްގެން މީހުން ގެންގުޅެން ފަށާފައި ވަނީ 2006 ވަނަ އަހަރު އެވެ.

ވޭތުދިޔަ 4 އަހަރު މާލެ ޖަލުގެ އެނެކްސް 1 ބޭނުން ކޮށްފައި ވަނީ އުމުރުން ދުވަސްވީ މީހުންނާއި، ދިގުމުއްދަތަކަށް ފަރުވާ ބޭނުންވާ ބަލިތަކުގައި ބޭސް ކުރާ މީހުންނާއި އަދި ބެލެހެއްޓުމުގައި ޚާއްޞަ އެހީތެރިކަން ދީގެން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ބޭތިއްބުމަށް ކަމަށް ކަރެކްޝަނަލް ސާރވިސް އިން ބުނެފައި ވެއެވެ.

2018 ނޮވެމްބަރ 17 ގައި ސަރުކާރު ބަދަލުވުމާއި ގުޅިގެން މާލޭ ޖަލުގެ އެނެކްސް 1 އެއީ އިންސާނީ ކަރާމާތް ނުގެއްލޭ ގޮތަށް މީހުން ބަންދު ކޮއްގެން ގެންގުޅުމަށް އެކަށީގެންވާ ވަރުގެ ތަނެއް ނޫން ކަމަށާއި، އާދައިގެ ކުދިކުދި މަރާމާތު ކޮށްގެން ބޭނުން ކުރެވޭނެ ކަމަށް ނުފެންނަ ތަނެއްގެ އިތުރުން އެޖަލުގައި މީހުން ބަންދު ނުކޮށް، އެހެން ޖަލުތަކުން ޖާގަ ލިބުނުވަރަކުން މީހުން ބަދަލު ކޮށް އެނެކްސް 1 ހުސް ކުރުމަށް ސަރުކާރުން ވަނީ އަންގާ ފައެވެ.

މާލޭ ޖަލުގެ އެނެކްސް 1 ހުސް ކުރުމަށް ނިންމަވަން ޖެހުނު ސަބަބުތަކުގެ ތެރޭގައި، އެޖަލުގެ ގޮޅިތައް ފަރުމާކުރުމުގައި ދަގަނޑު ކޮށިތަކެއްގެ ސިފައިގާ ފަރުމާ ކޮށްފައި ހުރުމާއި، ވައި ދައުރުވާނެ ގޮތެއް ނެތުމުން ގޮޅިތަކުގައި ހޫނުގަދަވުން ހިމެނެއެވެ. އަދި ގޮޅިތަކުގެ ފާޚާނާތައް ބާވެ، ހަލާކުވެފައި ހުރުމާއި، ވައި ބަންދުވެފައިވާ ތަނެއްގައި މީހުން ބަންދުކޮށްފައި ބޭތިއްބުމުން ހަމުގެ ބަލިތައް ޖެހޭ ޤައިދީންގެ އަދަދު ގިނަވުން ވެސް ހިމެނެއެވެ.

އެނެކްސް 1 ދެން ބޭނުންކުރަން ފަށާނީ އިންސާނީ ބައެއް ޙައްގުތައް ހިފެހެއްޓޭ ގޮތަށް މީހުން ބަންދު ކުރުމުގައި އެހެން ޤައުމުތަކުގައި ވެސް ޖަލުތައް ފަރުމާ ކޮށްފައި ހުންނަ ގޮތަށް އިމާރާތެއް ބިނާކުރުމަށް ފަހުގައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި

25 ޖެނުއަރީ 2017
އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް