Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މަސައްކަތް ނެތް ކަމަށް ބުނި – އެކަމަކު މަސައްކަތްތައް ފުނިޖެހިފައި

18 ވަނަ މަޖިލިސް އަށް ރިޕޯޓެއް ދޭނަމަ ދެވޭނީ "ޔޫ" ރިޕޯޓެއް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 16 އެޕްރީލު 2019 | އަންގާރަ 12:01
މަޖިލިސް ޗެމްބަރުގައި މެމްބަރުން

މަޖިލިސް ޗެމްބަރުގައި މެމްބަރުން

18 ވަނަ ރައްޔިތުންގެ މަޖިލިސް މި މަހުގެ 30 ވަނަ ދުވަހު ނިމިގެންދާނެއެވެ. ނިމިގެން މިދާ 18 ވަނަ ރައްޔިތުންގެ މަޖިލީހަކީ، މަޖިލީހުގެ ހަޔާތުގައިވެސް ދެކުނު އެންމެ ހަޑިމުޑުދާރުކޮށް ކުރިއަށް ގެންދިޔަ މަޖިލިސް އޭ ބުނުން އެއީ ދޮގަކަށް ނުވާނެއެވެ. މަޖިލީހުގެ ގަވާއިދުތަކަށް ބެލުމެއް ނެތި ހިތުހުރި ގޮތަކަށް މަޖިލިސް ކުރިއަށް ގެންދިޔައެވެ. 18 ވަނަ މަޖިލިސް އަށް ރިޕޯޓެއް ދޭނަމަ ދެވޭނީ "ޔޫ" ރިޕޯޓެކެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހަކީ 2014 ވަނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު އެކުލަވާލެވުނު މަޖިލީހެކެވެ. އޭރުގެ ސަރުކާރުގެ މެޖޯރިޓީ އާއި އެކު މަޖިލިސް ކުރިއަށް ގެންދިޔަތަން ފެނުނީ އެ ސަރުކާރުން ބޭނުންވި ގޮތަށެވެ. ހިތު ހުރި ގޮތަކަށް ގާނޫނު އަސާސީ އަށާއި، މަޖިލީހުގެ ގަވާއިދަށް ބެލުމެއް ނެތި މަޖިލިސް ކުރިއަށް ގެންދިޔައެވެ.

18 ވަނަ މަޖިލިސް ފެނިގެންދިޔައީ ކުރާނެ މަސައްކަތެއް ނެތިގެން އެންމެ ގިނައިން ޖަލްސާތައް ނުބާއްވައި މެމްބަރުން ޗުއްޓީގައި ތިބި އެއް މަޖިލީހަކަށެވެ. ޖަލްސާތައް ނުބާއްވާ ސަބަބެއް ކަމަށް ދައްކަަވަމުން ގެންދެވީ އެޖެންޑާ ކުރާނެ މަސައްކަތެއް ނެތުމެވެ. ކުރާނެ މަސައްކަތެއް ނެތިގެން މުސާރަ ނަންގަވަމުން މެމްބަރުން ޗުއްޓީގައި ތިއްބެވިއިރު، 18 ވަނަ މަޖިލިސް ނިމުމަކަށް އަންނައިރު މިހާރު ފެންނަނީ މަސައްކަތް ނުނިމިގެން ތެޅި ފޮޅޭ މަންޒަރެއެވެ. މަޖިލިސް ނިމުމަކަށް އަންނައިރު ފެންނަނީ ތޮއްޖެހިފައި ހުރި މަސައްކަތްތައް އަވަހަށް ނިންމާލެވޭތޯ އުޅޭ މަންޒަރެއެވެ.

ކޮމިޓީ އެލަވަންސްގެ ގޮތުގައި 20000 ރުފިޔާ މެމްބަރުން ނަންގަވައިގެން ތިއްބެވިއިރު، ކޮމިޓީތަކައް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ކުރެވިފައިނުވާކަން މިވަނީ ހާމަވެގެން ގޮސްފައެވެ. ކޮމިޓީތަކުގެ ތެރެއިން 18 ވަނަ މަޖިލިސްގައި އެންމެ ދަށް ރޭޓުގައި މަސައްކަތް ކުރި ކޮމިޓީއަކީ މާލިއްޔަތު ކޮމިޓީއޭ ދެންނެވިދާނެއެވެ. އެހެންދަންނަވަން މިޖެހެނީ ހޯމަ ދުވަހުގެ ޖަލްސާއަށް ކޮމިޓީއިން އެޖެންޑާ ކުރެވުނު ރިޕޯޓްތަކުގެ ސަބަބުންނެވެ. މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގެ އެޖެންޑާ ފެނުމުން މީހަކު ސިއްސައިގެންދާވަރު ވާނެއެވެ.

މާލިއްޔަތު ކޮމިޓީގެ 101 ރިޕޯޓް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކުރުމުން، ހާމަވެގެން ދިޔައީ ކޮމިޓީ އެލަވަންސް ނަންގަވައިގެން ތިއްބެވި މެމްބަރުން މުސާރަ ހަލާލުވާ މިންވަރަށް މަސައްކަތް ކުރެވިފައި ނެތް ކަމެވެ.

ކޮމިޓީގައި މަސައްކަތް ފުނިޖެހިފައި އޮތް އިރު، އެ މަސައްކަތް ކޮމިޓީ ތެރޭގައި މަސައްކަތް ފުނިޖައްސަވައިގެން ނުނިންމަވާ ހުންނެވީ އޭރުގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކުއެވެ. މަޖިލީހުގެ ތަޅުމަށް މާލިއްޔަތު ކޮމިޓީން ހުށަހެޅި ރިޕޯޓްތަކުގެ ތެރޭގައި 2007 ވަނަ އަހަރުން ފެށިގެން ގޮސް 2013 ވަނަ އަހަރާއި ދެމެދުގެ ރިޕޯޓްތައް ހިމެނެއެވެ. 12 އަހަރުވެފައިވާ ރިޕޯޓްތައް މިހާރު މަޖިލިސް ތަޅުމަށް ހުށަހެޅުމުން، ނިހާން ކޮމިޓީގެ މުގައްރިރަކަށް ހުންވައިގެން ކުރެއްވީ ކީއްތޯ މިހާރު ސުވާލުއުފެދެއެވެ.

މާލިއްޔަތު ކޮމިޓީގެ މިހާރުގެ މުގައްރިރު އަދި ކޮމަންޑޫ ދާއިރާ މެމްބަރު އަހްމަދު ނާޝިދު ވިދާޅުވީ ކޮމިޓީން ނިންމައި މަޖިލީހުގެ ޖަލްސާއަށް ހުށަހަޅާފައި ވަނީ މީގެ އެތައް އަހަރެއް ކުރީގެ އޮޑިޓް ރިޕޯޓްތައް ކަން ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އެ ހުރިހާ ރިޕޯޓްތަކަކީ ވެސް އެއްވެސް މައްސަލައެއް އޭގައި ނެތް އޮޑިޓް ރިޕޯޓްތައްކަން ނާޝިދު ވަނީ ފާހަގަ ކުރައްވާފައެވެ. ނާޝިދު ވިދާޅުވީ އޭނާ މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މަސައްކަތް ކުރެއްވީ ކޮމިޓީގައި ފުނިޖެހިފައި އޮތް ރިޕޯޓްތައް ނިންމާލުމަށް ކަމަށެވެ.

މާލިއްޔަތު ކޮމިޓީގެ މުގައްރިރު ކަމަށް ނާޝިދު ކަނޑައެޅީ 26 ނޮވެމްބަރު 2018 ގައެވެ. އެއީ އޭރު ކޮމިޓީތަކަށް މަޖިލީހުގައި މެމްބަރުން ތަމްސީލް ކުރައްވަމުން ގެންދެވި ޕާޓީ، ބައެއް މެންބަރުން ބަދަލުކުރެއްވުމާ ގުޅިގެން އެ ބަދަލާ އެކު މަޖިލީހުގެ ކޮމިޓީތައް ވެސް އަލުން އެކުލަވާލުމާ ގުޅިގެންނެވެ.

ކޮމިޓީގެ ރިޕޯޓްތައް މަޖިލީހުން ހުށަހެޅުމާއެކު، ދެން މެމްބަރުންގެ ފަރާތުން ފެނިގެންދިޔައީ ވެސް އަޅައިނުލައި ދޫކޮށްލެވޭ ވަރުގެ މަންޒަރުތަކެއް ނޫނެވެ. ކޮމިޓީގެ ރިޕޯޓްތަކައް މަޖިލީހުގެ މެމްބަރުންނަށް ޚިޔާލު ހުށަހެޅުމަށް މި މަހުގެ 15 ވަނަ ދުވަހު ހުޅުވާލި ފުރުސަތުގައި އެއްވެސް މެމްބަރަކު ޚިޔާލު ހުށަހަޅާފައެއް ނުވެއެވެ. މެމްބަރުންނަށް އެ ހުރިހާ ރިޕޯޓަކުން އެއްވެސް މައްސަލައެއް ހުރިކަން ފާހަގަވެފައެއް ނުވެއެވެ. އިއްޒަތްތެރި މެމްބަރުންގެ އަގުހުރި ވަގުތުތަކުގެ ތެރެއިން، އެންމެ ގަނޑިއިރެއް ވެސް މި ރިޕޯޓްތައް ބަލާލަން މެމްބަރުން ހޭދަކުރި ހެނެއް ހިޔެއް ނުވެއެވެ.

މި ހަފްތާގެ ހޯމަ ދުވަހުން ފެށިގެން އަންގާރަދުވަހާއި ހަމައަށް މާލިއްޔަތު ކޮމިޓީގެ 63 ރިޕޯޓް މަޖިލީހުގެ ތަޅުމުން އިއްވައި ބަހުސްކުރުމަށް ހުޅުވާލުމުން އިއްޒަތްތެރި މެމްބަރުންގެ ތެރެއިން އެއްވެސް މެމްބަރަކު "އުފް" އޭ ވެސް ބުނެލާފައެއް ނުވެއެވެ. މެމްބަރުންނަށް އެ ހުރިހާ އޮޑިޓް ރިޕޯޓުން އެއްވެސް މައްސަލައެއް ފާހަގަ ނުކުރެވެއެވެ. ދައުލަތުގެ ހިޔާނާތުގެ ވާހަކަތައް އަބަދުމެ އިވެމުން އަންނައިރު، 101 އޮޑިޓް ރިޕޯޓުން މެމްބަރުންނަށް އެއްވެސް ކަމެއް ފާހަގަ ނުކުރުމުން އިހްސާސްވެގެން ދިޔައީ ، މެމްބަރުންނަށް އެ ރިޕޯޓްތަކުގައިވާ ކަންތައް ބެލުން އެއީ، އެހާ މުހިންމު ކަމަކަށް ނުވުމެވެ.

ކޮންމެއަކަސް 18 ވަނަ ރައްޔިތުންގެ މަޖިލިސް ނިމުމަކަށް އަންނަނީއެވެ. މި މަޖިލިސްގެ ތިބި ދުވަސްވެފައިވާ ސިޔާސީ ޕޯޑިއަމްތަކުގައި މަޝްހޫރު ބައެއް ނަންތަކައް ރައްޔިތުން މި ވަނީ "ނޫނެކޭ" ބުނެފައެވެ. އޭގެ ތެރޭގައި އޭރުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ކުރެއްވި އަހްމަދު ނިހާން ހުސެން މަނިކު ވެސް ހިމެނެއެވެ. 19 މަޖިލިސް ފެށެން ވަގުތު ކުޑަތަންވެފައިވާއިރު ރައްޔިތުން އުއްމީދުކުރަނީ، އެ މަޖިލިސް ވެގެންދާނީ ކަނޑައެޅިފައި އޮންނަ ސުންގަނޑީގައި މަސައްކަތް ކުރާ ނަތީޖާ ނެރޭ މަޖިލީހަކަށް ވާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"

"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"

12 އެޕްރީލު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ސިޔާސަތެއް ނެތް ވެރިކަން!

ސިޔާސަތެއް ނެތް ވެރިކަން!

18 ފެބުރުއަރީ 2017
ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ

ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ

16 ފެބުރުއަރީ 2017
ނިމުމެއް ނެތް އަޅުވެތިކަން

ނިމުމެއް ނެތް އަޅުވެތިކަން

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު