Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

އިސްލާމްދީނާއި ދިވެހި ގައުމަށް ޚިދުމަތްކުރުމުގެ ހަމައެކަނި މަގަކީ ހަނގުރާމަވެރިކަމެއް ނޫން: ޝެއިޚް އިމްރާން

14 އެޕްރީލު 2019 | އާދީއްތަ 06:10

ކޮންމެ މީހަކު އެ މީހެއްގެ ޤައުމީ ގޮތުން ނަގަންޖެހޭ ޒިންމާއަކީ ކޮބައިތޯ ވިސްނާ ފިކުރުކޮށްލަންޖެހޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 14 އެޕްރީލު 2019 | އާދީއްތަ 06:10
މިނިސްޓަރ އޮފް ހޯމްއެފެއާރޒް އިމްރާން ޢަބްދުﷲ

މިނިސްޓަރ އޮފް ހޯމްއެފެއާރޒް އިމްރާން ޢަބްދުﷲ

އިސްލާމްދީނާއި ދިވެހި ގައުމަށް ޚިދުމަތްކުރުމުގެ ހަމައެކަނި މަގަކީ ހަނގުރާމަވެރިކަން ކަމުގައި ދެކުމަކީ އެންމެ ބުއްދިވެރި ގޮތް ނޫން ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާރޒް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝަހީދުންގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ހޮނިހިރު ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ބަވަނަވެފައިވާ ދުނިޔޭގައި ޤައުމުތައް އެއްބަޔަކު އަނެއް ބަޔަކަށް ވާދަކޮށް އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ގަދަވެގަންނަން މަސައްކަތްކުރަމުންދާ ހިނދު، މިންކުރެވޭ ހަމައެކަނި ގޮތަކީ އަސްކަރީ ބާރުތައް ނޫން ކަމަށެވެ. ތަފާތު އިޤްތިޞާދީ ބާރުތަކާއި އެހެނިހެން ވަޞީލަތްތަކުން ވާދަކުރަމުންދާ ހިނދު ދައުރު ފުރިހަމައަށް އަދާކުރުމާ މެދު ވިސްނަންޖެހޭ ކަމަށް އިމްރާން ވިދާޅުވިއެވެ. އިޤްޠިޞާދީ ބާރުތަކާއި އެހެނިހެން ބާރުތަކުން ދުނިޔޭގެ މައްޗަށް ގަދަވެގަންނަން މަސައްކަތްކުރަމުންދާ ހިނދު ހަމައެކަނި ގަދަވާންޖެހެނީ އަސްކަރީބާރުން ކަމަށް ދެކި، ޤައުމާއި ދީނުގެ ހިމާޔަތުގައި ކުރަންޖެހޭ ކަމަކީ ހަމައެކަނި ހަނގުރާމަކުރުންކަމުގައި ދެކުމަކީ އެންމެ ބުއްދިވެރިގޮތް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement
"އަޅުގަނޑުމެންގެ ޤައުމާއި ވަޠަނަށްޓަކައި އަޅުގަނޑުމެން އަދާކުރަންޖެހޭ ދައުރަކީ ކޮބައިތޯ. ކޮންމެ މީހަކު އެމީހެއްގެ ޤައުމީގޮތުން ނަގަންޖެހޭ ޒިންމާއަކީ ކޮބައިތޯ ވިސްނާ ފިކުރުކޮށްލަންޖެހޭ،" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ޤައުމަށްޓަކައި ތެދުވަންޖެހޭ ކިތަންމެ މައިދާންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ޝަހީދުންގެ އެންމެ އިއްޒަތްތެރި ހަމްޒަތު ބުނު ޢަބުދުލް މުއްޠަލިބް އާއި މިފާހަގަކުރެވޭ އަލިރަސްގެފާން ފަދަ ބޭފުޅުންގެ ވަރުގަދަ ހިތްވަރުން ހިތްވަރު ލިބިގަންނަންޖެހޭ ކަމަށެވެ. އެ ބޭފުޅުން ފަދަ ވަރުގަދަ އަޒުމަކާއި ކެރުންތެރިކަން ހުރި ބަޔަކަށް ވާންޖެހޭ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

އިމްރާންގެ ވާހަކަފުޅުގައި ވަނީ އިސްލާމީ ތާރީޚުން ވެސް ގިނަ މިސާލުތަކެއް ނަންގަވާފައެވެ. އަދި އެފަދަ އެތައް ބަޔަކު އެބަތިބިކަން ފާހަގަކުރައްވާ، އެފަދަ ބަޔަކަށް އެންމެން ވެސް ވުމަށް އިލްތިމާސްކުރެއްވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް