Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދ. އަތޮޅު ތައުލީމީ މަރުކަޒު

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

13 އެޕްރީލު 2019 | ހޮނިހިރު 16:52

މިިއީ އޯޓިޒަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ހުށަހެޅި ޑްރާމާއެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 13 އެޕްރީލު 2019 | ހޮނިހިރު 16:52
ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާގެ ތެރެއިން

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާގެ ތެރެއިން

ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ އޯޓިޒަމް ދުވަހާ ގުޅިގެން ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ގިނަ ބަޔަކު ތައުރީފްކުރަން ފަށައިފިއެވެ.

މިިޑްރާމާ މިހާތަނަށް ވިހި ހާހާއި ގާތްކުރާ އަދަކަކަށް ފޭސްބުކް މެދުވެރިކޮށް ބަލާފައިވާއިރު ގިނަ ބަޔަކު ވަނީ މިއީ ވަރަށް އަސަރުން ފުރިގެންވާ ޑްރާމާއެއް ކަމަށް ބުނެފައެވެ. ތަފާތު މޮޅު ޑްރާމާއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރި މިޑްރާމާއިން ދައްކުވައިދެނީ ސްކޫލު މާހައުލުން އޯޓިޒަމް ކުއްޖަކަށް ދިމާވާ ކަންކަމާއި އެކަންކަން ހައްލު ކުރާނެ ގޮތްތަކެވެ.

Advertisement - newsAdvertisement

އެގޮތުން އޯޓިޒަމް ކުއްޖަކު ލިޔެފައިވާ އެއްޗެއް ކިޔަން ނޭނގި ގިނަ އިރުތަކެއްވާން ފެށުމުން، އެކުއްޖާއަށް މަލާމާތްކުރުމަށް ފަހު އެހެން ކުދިން ހޭތަން ފެންނައިރު މިކަން ހައްލުކުރުމަށް ދެން ފެނިގެންދަނީ ޓީޗަރަކު އައިސް އެ ކުއްޖާއަށް އެހީތެރިވެދޭތަނެވެ. މިކަހަލަ ތަފާތު ގިނަ މައްސަލަތަކުގެ މައްޗަށް އަލިއަޅުވާލާ ތައްޔާރުކޮށްފައިވާ މިޑްރާމާއަކީ ސޯޅަ މިނިޓްގެ ދިގު ޑްރާމާއެކެވެ. ރަހަ ތަފާތު ކުރުމުގެ ގޮތުން ރައިވަރުގެ ބައިތައް ވެސް މިޑްރާމާގައި ހިމަނާފައިވެއެވެ.

ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިކޮނޮމިކްސް ޓީޗަރ ޢާލިމް މުޙައްމަދު އެކުލަވާލާފައިވާ މިކޮންސެޕްޓުގެ ފުރިހަމަ ބައިތައް މަންޒަރާއި އެކު ގެނެސްދީފައިވަނީ ދ.އަތޮޅު ތައުލީމީ މަރުކަޒުގެ ސެކަންޑްރީ ކުދިންނެވެ. ރާއްޖެއެމްވީއާއި ވާހަކަދައްކަމުން އާލިމް ވިދާޅުވީ މިފަދަ ކޮންސެޕްޓެއް އެކުލަވާލަން އެހާ ފަސޭހަވީ އޭނާގެ، 8 އަހަރުގެ ދަރިފުޅަކީ އޯޓިޒަމް ކުއްޖެއް ކަމަށް ވުމުން ކަމަށެވެ. އަދި މިޑްރާމާ ގެނެސްދިނުމުގައި އޭނާގެ ދަރިފުޅުގެ އުޅުމަށް ބަލައިގެން ވަރަށް ގިނަ ބައިތައް ހިމަނާފައިވާނެ ކަމަށެވެ. އަދި ފޭސްބުކް މެދުވެރިކޮށް ގިނަ ފަރާތްތަކަށް މި މެސެޖް ފޯރުކޮށްދެވިފައިވާތީއާއި ގިނަ ބަޔަކު މިކަން ބަލައިގެންފައިވާތީ ވަރަށް އުފާކުރާ ކަމަށް އާލިމް ވިދާޅުވިއެވެ.

ދ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ފާހަގަކުރެވިފައިވަނީ ވަރަށް ހަރަކާތްރި ތައުލީމީ ކުދިންތަކެއްގެ ގޮތުގައެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

4

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

5

ރައީސް މުޢިއްޒު ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި 12 އެއްބަސްވުމެއްގައި ސޮއިކުރައްވަނީ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް