Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންނަމާދޫއިން ކަރަންޓު ކެނޑުން

އިންނަމާދޫ ކަނު އަނދިރީގައި، ކަރަންޓު ލިބޭނެ އިރެއް ނޭނގޭ!

13 އެޕްރީލު 2019 | ހޮނިހިރު 16:50

ތިން ޖަނަރޭޓަރުގެ ތެރެއިން ދޭތި ހަލާކުވެފައި ހުންނަތާ ހަތަރު މަސް ދުވަސް!

އަމަން ހަލީމް
އަމަން ހަލީމް | 13 އެޕްރީލު 2019 | ހޮނިހިރު 16:50
ފެނަކައިގެ އިންނަމާދޫ ބްރާންޗް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފެނަކައިގެ އިންނަމާދޫ ބްރާންޗް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރ.އިންނަމާދޫގެ ގޭބިސީތަކަށް ކަރަންޓު ފޯރުކޮށްދޭން ހުރި ހަމައެކަނި ޖަނަރޭޓަރު ހަލާކުވެގެން މުޅި ރަށް އޮތީ ކަނު އަނދިރީގައި ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިއްޖެއެވެ.

ހޮނިހިރު ދުވަހުގެ ހަވީރު 5.15 ހާއިރުން ފެށިގެން ރަށުން ކަރަންޓު ކެނޑިފައިވާ އިރު، ރަށަށް ދިމާވެގެން އުޅޭ ކަރަންޓު މައްސަލައަށް ހައްލެއް ލިބޭނެ އިރެއް ވެސް ނޭނގެއެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިންނަމާދޫ ކައުންސިލްގެ ނައިބު ރައީސް ހުސައިން އަރީފް ވިދާޅުވީ މިހާރު ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑޭތާ ދުވަސްތަކެއް ވެފައިވާ އިރު، މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ކަރަންޓު އިރުއިރުކޮޅާ ކަނޑައިގެން ދިޔުމުގެ މައްސަލަ ދިމާވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަރީފް ވިދާޅުވީ އެ ރަށުގައި ފެނަކައިން ހިންގާ އިންޖީނުގޭގައިި ހުރި ތިން ޖަނަރޭޓަރުގެ ތެރެއިން ދޭތި ހަލާކުވެފައި ހުންނަތާ ހަތަރު މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، އޭރުންސުރެން ކަރަންޓުގެ މައްސަލައަށް ހައްލެއް ނައިސް ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑެމުން އައިސްފައިވާ ކަމަށެވެ. އަދި ކަރަންޓު ކެނޑެން މެދުވެރިވީ މިހާރު ސަލާމަތުން ހުރި ހަމައެކަނި ޖަނަރޭޓަރަށް ލޯޑު ބޮޑުވެގެން ދިޔުމާއި ގުޅިގެން ކަމަށް ފެނަކައިން މައުލޫމާތު ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކަރަންޓުގެ މައްސަލަ ހައްލުކުރަން ފެނަކައިގެ ޓެކްނިކަލް ޓީމެއް މިހާރު އެރަށުގައި ހަރަކާތްތެރިވަމުންދާ އިރު، އެރަށަށް މިރޭ ކަރަންޓު ފޯރުކޮށްދެވޭ ވަރަށް ވުރެ ޖަނަރޭޓަރު މިހާރު ހަލާކުވެފައިވާ މިންވަރު ބޮޑު ކަމަށް ފެނަކައިން ބުނެފައިވާ ކަމަށް ވެސް އަރީފް ވިދާޅުވިއެވެ. އަދި މިހާރު އެ ސަރަހައްދުގެ ފެނަކައިގެ ރީޖަނަލް ހެޑަށް ގުޅައިގެން އެރަށަށް 400 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެރަށު ފެނަކައިގެ އެސިސްޓަންޓް މެނޭޖަރު ހަސަން ވަސީމް ވިދާޅުވެފައިވާ ކަމަށް އޭނާ މައުލޫމާތު ދީފައިވެއެވެ.

މިކަމާ ބެހޭގޮތުން މައުލާމާތު ހޯދާލަން ހަސަން ވަސީމްއަށް ގުޅާލުމުން އެފަރާތުން ބުނެފައިވަނީ ކަރަންޓު ފޯރުކޮށްދެވޭނެ އިރެއް ޔަގީންކޮށް ދަންނަވަން އަދި ނޭނގޭ ކަމަށާއި، މިހާރު ވެސް ކަރަންޓުގެ މައްސަލަ ހައްލުކޮށްދިނުމުގެ މަސައްކަތުގައި ފެނަކައިގެ ޓެކްނިކަލް ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި ކުރިން މައްސަލަ ދިމާވެފައިވާ ދެ ޖަނަރޭޓަރު މަރާމާތު ނުކުރެވިފައި ވަނީ ސްޕެއަރ ލިބުމުގައި ހުރި ދަތިތަކެއްގެ ސަބަބުން ކަމަށް ވެސް ވިދާޅުވިއެވެ.

އާބާދީގައި 869 މީހުން ހިމެނޭ އިންނަމާދޫއިން ކަރަންޓު ކެނޑިގެން އުޅޭއިރު، ފެނަކައިން އެރަށުގައި ހިންގާ އިންޖީނުގެ ރަސްމީކޮށް ހުޅުއްވައިދެއްވީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު 1 ވަނަ ދުވަހުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

15 އެޕްރީލު 2017

ރައީސް ޔާމީނަށް ކެރިވަޑައިގަންނަވާނަމަ އިސްތިއުފާ ދެއްވާފަ ކުރިމަތިލައްވާ، އެއް ޕަސެންޓްވެސް ނުލިބޭނެ: ޑރ ޑީޑީ

15 އެޕްރީލު 2017
ރައީސް ޔާމީނަށް ކެރިވަޑައިގަންނަވާނަމަ އިސްތިއުފާ ދެއްވާފަ ކުރިމަތިލައްވާ، އެއް ޕަސެންޓްވެސް ނުލިބޭނެ: ޑރ ޑީޑީ
09 އެޕްރީލު 2017

އިންސާފެވެރި އިންތިޚާބެއް ބާއްވައިފިނަމަ 3 ޕަސެންޓްވެސް ރައީސް ޔާމީނަށް ނުލިބޭނެ: ނާޒިމް

09 އެޕްރީލު 2017
އިންސާފެވެރި އިންތިޚާބެއް ބާއްވައިފިނަމަ 3 ޕަސެންޓްވެސް ރައީސް ޔާމީނަށް ނުލިބޭނެ: ނާޒިމް
17 މާރިޗު 2017

ކައުންސިލް އިންތިހާބު ފަސްކުރީ ރައީސް ޔާމީނަށް ކާމިޔާބު ނުލިބޭނެކަން ޔަގީން ވާތީ: ރައީސް ނަޝީދު

17 މާރިޗު 2017
ކައުންސިލް އިންތިހާބު ފަސްކުރީ ރައީސް ޔާމީނަށް ކާމިޔާބު ނުލިބޭނެކަން ޔަގީން ވާތީ: ރައީސް ނަޝީދު
25 ފެބުރުއަރީ 2017

ހިންނަވަރުގެ ބޮޑު ސަރަހައްދެއް އަނދިރީގައި

25 ފެބުރުއަރީ 2017
ހިންނަވަރުގެ ބޮޑު ސަރަހައްދެއް އަނދިރީގައި
24 ފެބުރުއަރީ 2017

އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު

24 ފެބުރުއަރީ 2017
އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
11 ފެބުރުއަރީ 2017

ހިތަދޫ ފެނަކަ ބްރާންޗުގެ ޓެކްނީޝަން ކަރަންޓުގައި ޖެހި، އައިސީޔޫގައި ފައުވާދެނީ

11 ފެބުރުއަރީ 2017
ހިތަދޫ ފެނަކަ ބްރާންޗުގެ ޓެކްނީޝަން ކަރަންޓުގައި ޖެހި، އައިސީޔޫގައި ފައުވާދެނީ
08 ފެބުރުއަރީ 2017

ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

08 ފެބުރުއަރީ 2017
ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް