Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސިއްހީ ހާލަތު

ތޮއްޑޫ ސިއްހީ މަރުކަޒު: ނަމެއްގައި 24 ގަޑިއިރު!

މުވައްޒަފުން އިންތިހާއަށް މަދު

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 13 އެޕްރީލު 2019 | ހޮނިހިރު 11:23
ތޮއްޑޫ ސިއްހީ މަރުކަޒު

ތޮއްޑޫ ސިއްހީ މަރުކަޒު

''ޚިދުމަތް ދޭން ނުކުރެންޏާ ގެއަށް ދޭ'' އެކަނިމާ އެކަނި ދަންވަރުގެ ވަގުތުގައި ޑިއުޓީގައި ހުރި ނަރުސް ކުއްޖާ ވާހަކަ ފެށިއެވެ. އެތައް އުދާސްތަކާއެކު އޭނާ ކިޔައިދީނީ ތިންހާހަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ އއ. ތޮއްޑޫ ސިއްހީ މަރުކަޒުގެ ހާލަތެވެ. ސައުވީސް ގަޑިއިރު ޚިދުމަތްދޭ ތަނަކަށް ބަދަލުވި ނަމަވެސް ތަނުގެ ހާލަތަށް އެއްވެސް ބަދަލެއްނާދެއެވެ.

ދެހާސްސޯޅަ ވަނަ އަހަރުގެ ޑިސެންބަރު ފަސް ވަނަ ދުވަހު ގެނައި މިބަދަލާއެކު ރައްޔިތުން ތިބީ އުފަލުންނެވެ. ރަށަށްށާއި، ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްހީކޮށްގެންނެވެ. ނަމަވެސް މަރުކަޒުގައި މަސައްކަތް ކުރާ މުއައްޒަފުން ތިބީ ހިތް ނުތަނަވަސްވެ، ބިރުގަނެފައެވެ. އެންމެ ޑޮކްޓަރަކާއި، އަށް ނަރުހުންނާ އެކު ސިއްހީ މަރުކަޒުގައި ތިބީ އެންމެ 16 މުއައްޒަފުންނެވެ. ނަމަވެސް 16 ގަޑިއިރަށް ޚިދުމަތް ދިންއިރު އެ މަރުކަޒުގައި ތިބީ 29 މުއައްޒަފުންނެވެ. 24 ގަޑިއިރަށް ބަދަލުވުމާއެކު މުއައްޒަފުން ވެސް ވީ މަދެވެ.

އާންމު ބަލިތަކަށް އެންމެ ޑޮކްޓަރެއް ހުންނައިރު ތޮއްޑޫއަކީ 2،000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ރަށެކެވެ. ދަނޑުވެރިކަމުގެ އިތުރުން ގެސްޓްހައުސް އިންތިހާއަށްފުޅާ ވަމުން އަންނައިރު ބިދޭސީންނާއި، ރަށަށް އަރާފައިބާ މީހުން އިންތިހާއަށް ގިނައެވެ. އެމެޖެންސީ ހާލަތެއްގައި ވެސް ހުރީ ހަމަ މިއާންމު ބަލިތަކަށް ހުރި ޑޮކްޓަރު އެކަންޏެވެ. 24 ގަޑިއިރު ޚިދުމަތްދޭ ތަނަކަށް ސިއްހީ މަރުކަޒު ބަދަލުކޮށްލިއިރު، އެންމެ ޑޮކްޓަރަކަށް 24 ގަޑިއިރު ޚިދުމަތް ދޭނީ ކިހިނެތްތޯއެވެ. ދަންވަރުގެ ވަގުތު ބަލިވެގެން ޑޮކްޓަރަށް ދެއްކުމަށް އަންނަ ރައްޔިތުމީހާއަށް އެވަގުތު ޑޮކްޓަރަށް ނުދެއްކި ނަރުސް ކުއްޖާ އެޓެންޑްވެއްޖެ ނަމަ އަންނަނީ ރުޅިއެވެ.

ސިއްހީ މަރުކަޒުގައި އެންމެ ވޯޑެއް ހުރިއިރު، އެތާގައި ހުރީ އެންމެ 4 އެނދެވެ. އަންހެނަކު ވިހާގެން ވިޔަސް، ކުޑަކުއްޖަކު ބަލިވިޔަސް، މުސްކުޅި މީހަކު އެޑްމިޓްކޮށްގެން ފަރުވާ ދޭން ބޭނުންވިޔަސް އެންމެ ތިބެނީ އެއްވޯޑެއްގައެވެ. ހަތަރު އެނދު ދަބަރުން ފޮޅެ ހަލާކުވެފައި ހުރި ނަމަވެސް އިތުރު އެނދެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ. ރައްޔިތު މީހާ ޝަކުވާ ކުރިނަމަވެސް އެނޫން ގޮތެއް މިއަދު ނެތެވެ.

މީގެ އިތުރުން ތަނުގެ ޖާގަގައި ދަތިކަން ވެސް ވަނީ ކުރިމަތިވެފައެވެ. ސިއްހީ މަރުކަޒުގައި ހުރީ ހަތަރު އެނދުގެ ވޯޑެއްގެ އިތުރުން ޑޮކްޓަރު ބަލާ ކުޑަ އެއްކޮޓަރި، ފެމެލީ ހެލްތް ސެކްޓަރއަށް އެއްކޮޓަރިއެވެ. އަދި އެއްލެބޯޓަރީއެވެ. އިދާރީ މުއައްޒަފުންނަށް ކެބިން އެއްހުރި ނަމަވެސް ނަރުސް ކުދިންނަށް ތިބުމަށް ޚާއްސަކޮށް ވަކި ކެބިންނެއް ނެތެވެ.

ސިއްހީ މަރުކަޒުގެ ހާލަތާ ބެހޭ ގޮތުން އޮފިޝަލް ވިދާޅުވީ ތަނުގެ ހާލަތު ރަނގަޅު ކުރުމަށް ހެލްތް މިނިސްޓްރީ އަދި ސަރުކާރުގެ ސަމާލު ކަމަށް ގެނެވުނު އަދަދު ބުނަން ވެސް ނޭނގޭ ކަމަށެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ސިޓީ މިނިސްޓްރީއަށް ސިޓީ ފޮނުވި ނަމަވެސް ޖަވާބު ވެސް ނުލިބޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

''ވެރިކަން ބަދަލުވިފަހުން މިނިސްޓްރީއަށް އެތަކެއްފަހަރު ދަންނަވައިފިން ސިޓީއިން. ޖަވާބުގައި މިބުނަނީ ބަޖެޓެއްނެތޭ.'' އޮފިޝަލް ވިދާޅުވިއެވެ.

މަސައްކަތް ކުރާ މުއައްޒަފުންގެ ޑިއުޓީއަށް އަލިއަޅުއްވާލައްވާ އޮފިޝަލް ވިދާޅުވީ ދެ ޑިއުޓީއަށް ބަހައިގެން މަސައްކަތް ކުރި ނަމަވެސް ގިނަ ނަރުހުން ދެ ޑިއުޓިގައި މަސައްކަތް ކުރާ ކަމަށެވެ. ރޭގަނޑު ވަގުތު އެންމެ ނަރުސް ކުއްޖެއް ޑިއުޓީގައި ހުންނަނީ އެއްވެސް ސެކިއުރިޓީ އެއް ނެތި ކަމަށް އޭނާ ވިދާޅުވިއެވެ. 24 ގަޑިއިރު ޚިދުމަތްދޭތަނަކަށް ބަދަލުކުރި ނަމަވެސް ރޭގަނޑު 11:00 އިން ހެނދުނު 8:00 އަށް ޑޮކްޓަރު ގެންނަނީ އެމެޖެންސީ ހާލަތެއް ކުރިމަތިވެއްޖެނަމަ ކަމަށެވެ.

''ބައެއް މީހުންނަށް ތަނުގެ ހާލަތެއް ނޭނގޭ. ދަންވަރު ހުންއައިސްގެން ބައެއް މީހުން އަންނާނެ. ބޭނުންވާނީ ޑޮކްޓަރަށް ދައްކަން. ނަރުސް ކުއްޖަކު އެޓެންޑްވެއްޖެއްޔާ ވަރަށް ރުޅި އަންނާނެ. ބޭނުންވާނީ ޑޮކްޓަރަށް ގުޅިގެން ޑޮކްޓަރު ގެންނަން. ވަރަށް ސިންޕަލް ކަންކަމުގަ'' އޮފިޝަލް ވިދާޅުވިއެވެ.

ސިއްހީ މަރުކަޒުގެ ހާލަތާ ބެހޭ ގޮތުން ކައުންސިލްގެ ރައީސް ހަދީޖާ ނިއުޝާ ވިދާޅުވީ މަރުކަޒުގެ ހާލަތު ބަދަލުކުރުމަށް ކައުންސިލުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ކަމާ ބެހޭ މުއައްސަސާތަކުގެ ސަމާލު ކަމަށް ގެނެސް، ހެލްތް މިނިސްޓްރީގެ ބޭފުޅުންގެ ސަމާލު ކަމަށް މިމައްސަލަތަށް ގެނެސްފައިވާ ކަމަށެވެ. އަދި އުންމީދު ކުރަނީ ސަރުކާރުގައި މިމައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

ސިއްހީ މަރުކަޒު ހަދަން އެހެން ބިމެއް ސަރުކާރުންދީފައިވާކަން ފާހަގަކުރައްވައި ނިއުޝާ ވިދާޅުވީ 2016 ވަނަ ބިމެއް ދިން ނަމަވެސް ބަޖެޓްގައި ނުހިމަނާ ކަމަށެވެ.

''ބިމެއް ދައްކާފި. އެކަމަކު ކުރެވޭނެ މަސައްކަތެއް ނޯންނާނެ ތެދެއްތޯ. ބަޖެޓްގައި ހިމަނާފަ ކުރީގެ ސަރުކާރުން އެއްވެސް އެއްބާރުލުމެއް ނުދޭ" ނިއުޝާ ވިދާޅުވިއެވެ.

އއ.އަތޮޅުގައި އެންމެ އާބާދީ ބޮޑު ތޮއްޑޫގެ ސިއްހީ މަރުކަޒުގެ ހާލަތު އިންތިހާއަށް މިވަނީ ދަށްވެފައެވެ . މަރުކަޒަށް ވަންނައިރު މަރުހަބާ ކިޔަނީ މަރުކަޒުގެ ސީލިންގުގައި ދުވާ މީދާތަކެވެ. އޭގެ އުނދަގޫ ސިއްހީ ފަރުވާ ހޯދާ މީހުންނާއި، މުއައްޒަފުން ކޮންމެ ދުވަހަކު ވެސް އުފުލަންޖެހެއެވެ. އަދި މަރުކަޒުގެ ބޭނުން ކުރާ ވަޅު ފެނުން ދުވަނީފާވަހެވެ. ވޯޓާ ސަޕްލައި ފެން ހުރިނަމަވެސް އެފެން ދޫނުކުރަނީ ބިލް ބޮޑުވާތީ ކަމަށް އެތަނުގެ މުއައްޒަފުން ބުނެއެވެ.

އަތޮޅުގެ އެންމެ އާބާދީ ބޮޑު ކުރިއަރަމުން އަންނަ ތޮއްޑޫގެ ސިއްހީ މަރުކަޒުގެ ހާލަތު ރަނގަޅުވާން ޖެހެއެވެ. ޚިދުމަތް 24 ގަޑިއިރަށް ބަދަކުރުމުން ނުފުދެއެވެ. ވަސީލަތްތަކާއެކު އެކަށީގެންވާ ފަރުވާ ލިބެންޖެހެއެވެ. އާންމުންގެ އިތުބާރު ހިފޭ ގޮތަށް ސިއްހީ ދާއިރާގެ ކަންކަން ތަރުތީބުކުރަންޖެހެއެވެ. އެހެން ނޫނީ ކަންނުވެ ނަން ވުމުން ލިބޭނެ މޮޅެއް ނޯންނާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިއްހީ ނިޒާމް: ކުރިއެރުންތަކެއް ނުހޯދި، ރައްޔިތުންގެ ޝަކުވާތައް ގިނަވަނީ!

ސިއްހީ ނިޒާމް: ކުރިއެރުންތަކެއް ނުހޯދި، ރައްޔިތުންގެ ޝަކުވާތައް ގިނަވަނީ!

05 މެއި 2019
ދޫނިތަކުގެ ލަވަ އަޑުއަހާލަން ތޮއްޑޫއަށް!

ދޫނިތަކުގެ ލަވަ އަޑުއަހާލަން ތޮއްޑޫއަށް!

03 މެއި 2019
މާލެއާ ކައިރި ރަށަކަށްވީތީ ސިއްހީ ޚިދުމަތްތަކުން މަހުރޫމް ވެފައި!

މާލެއާ ކައިރި ރަށަކަށްވީތީ ސިއްހީ ޚިދުމަތްތަކުން މަހުރޫމް ވެފައި!

22 ފެބުރުއަރީ 2019
ތޮއްޑޫ ވާވު މަގު ރުކުން ޖަރީވެފައި!

ތޮއްޑޫ ވާވު މަގު ރުކުން ޖަރީވެފައި!

31 އޮކްޓޯބަރު 2018
ވިލިނގިލީ ރައްޔިތުން ތިބީ 24 ގަޑިއިރުގެ ކަރަންޓުގެ ޚިދުމަތަށް ފެންބޮވާގަނެފައި!

ވިލިނގިލީ ރައްޔިތުން ތިބީ 24 ގަޑިއިރުގެ ކަރަންޓުގެ ޚިދުމަތަށް ފެންބޮވާގަނެފައި!

12 އޮކްޓޯބަރު 2018

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު