Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓޫރިޒަމް އިންޑަސްޓްރީ

ޓްއަރިޒަމް އިންޑަސްޓްރީން، އައު ސަރުކާރާއެކު ރާއްޖެއަށް އުފާވެރިކަން ގެނެސްދީފި: ޓޫރިޒަމް މިނިސްޓަރ

9 އެޕްރީލު 2019 | އަންގާރަ 16:00

މިދިޔަ އަހަރާއި އަޅާބަލާއިރު 15 އިންސައްތައިގެ ކުރިއެރުމެއް ފަތުރުވެރިކަމުގެ ދާއިރާއަށް އައިސްފައިވޭ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 9 އެޕްރީލު 2019 | އަންގާރަ 16:00
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު

ޓޫރިޒަމް އިންޑަސްޓްރީން، އައު ސަރުކާރާއިއެކު ރާއްޖެއަށް އުފާވެރިކަން ލިބޭ ހިސާބަށް އާދެވިފައިވާކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ފަތުރުވެރިކަމަށް އައިސްފައިވާ ކުރިއެރުން ފާހަގަ ކުރަށްވާ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީއަށް ޖެނުއަރީ މަހު 6.5 އިންސައްތައިގެ ކުރިއެރުމެއް އައިސްފައިވާއިރު ފެބުރުއަރީމަހު 16.8 އިންސައްތައިގެ ކުރިއެރުމެއް އަދި މާރިޗު މަހު 22 އިންސައްތައިގެ ކުރިއެރުމެއް އައިސްފައިވާ ކަމަށެވެ.

އެގޮތުން ފާއިތުވެ ދިޔަ އަހަރާއި ބަލާއިރު މީ 15 އިންސައްތައިގެ އެރުމެއް ކުރިއެރުމެއް ކަމަށާއި މިއީ ރާއްޖެއަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބިގެން ދިޔަކަމުގެ ސިގުނަލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ އިގުތިސާދުގެ 70 އިންސައްތަ ބަރޯސާ ވަނީ ފަތުރުވެރިކަމަށް. ޖެނުއަރީ ފެބުރުއަރީ އަދި މާރިޗު މި ތިންމަސް އެއްކޮށް 482978 (ހަތަރުލައްކަ އަށްޑިހަ ދެހާސް ނުވަސަތޭކަ ހަތްދިހަ އަށެއް) ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވޭ. ރައީސް އިބްރާހިމް މުހަމަދު ސޯލިހު ކަނޑައަޅުއްވާ ޓާގެޓް 1.5 މިލިއަން މިހާރު އަޅުގަނޑުމެންގެ ފޯކާސްޓް ތަކުން ބްރޭކް ކުރެވޭނެކަން މިވަނީ ކަށަވަރު ވެގެން ގޮސްފައި. ރާއްޖެ އަށް ފަތުރުޔވެރިން އަންނަ ޓޮޕް 5 މާކެޓްގެ އެއްވަނައިގައި ޗައިނާ ދެވަނަ އިޓަލީ އޮތް އިރު ޖާރމެނީ، އިޓަލީގެ އިތުރުން އިންޑިއާ މިއޮތީ ވަރަށް ހަމަހަމަކޮށް. ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް އެކުވެރިކަމުގައި ރާއްޖެއަށް މިވަނީ ފައިދާ ވާން ފަށާފަ." އަލީ ވަހީދު ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ވެރިކަމަށް މިވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއަށް ހަމަޖެހުން ގެނެވިއްޖެ ކަމަށާއި، އެދާއިރާ ކުރިއަރާ މަންޒަރު ފެންނަން ފަށައިފި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"40 ގެސްޓް ހައުސްގެ ހުއްދައާއެކު މިހާރު 545 ގެސްޓް ހައުސް ރާއްޖޭގައި އެބަހުރި. އަލަށް ލައިސަންސް ދިން 10 ރިސޯޓާއެކު ރިސޯޓުގެ އަދަދު 141 އަށް އިތުރުވާނެ. ސަރުކާރު އައިފަހުން ގެސްޓް ހައުސްގެ އެނދުގެ އަދަދުވެސް 640 އަށް އިތުރުވެއްޖެ. 1410 އެނދު ރިސޯޓުތަކަށް އިތުރުކުރެވިފައިވޭ އެއާއެކު ގެސްޓް ހައުސްތަކުގައި ޖުމްލަ 8944 އެނދު އެބަހުރި." އަލީ ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތައް ހިމެނޭހެން 30 ރިސޯޓެއް ހުޅުވުމަށް ސަރުކާރުން ނިންމާފައިވާކަން ފާހަގަކުރައްވާ އަލީ ވަހީދު ވިދާޅުވީ ވޭތިވެ ދިޔަތާގައި ފަތުރު ވެރިކަމުގެ ދާއިރާގައި ހިތާމަވެރި ކަންތައްތަކެއް ހިނގައިގެން ދިޔަ ކަމަށާއި އެކަންކަން ރަނގަޅު ކުރުމަށް ހޭލުންތެރި ކުރުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތައް ހިންގުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިތުރަށް ކިޔާލަން

01 މާރިޗު 2017

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި
25 ފެބުރުއަރީ 2017

އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!

25 ފެބުރުއަރީ 2017
އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!
21 ފެބުރުއަރީ 2017

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް