Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މަޓިއޯ ކޮވަސިޗް

ދާއިމީ އެއްބަސްވުމެއްގެ ދަށުން ކޮވަސިޗް ޗެލްސީގައި ބަހައްޓަން ބޭނުން: ސާރީ

ކޮވަސިޗްގެ ލޯން އެއްބަސްވުން ހަމަވާނީ މި ސީޒަނަށް ފަހު

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 8 އެޕްރީލު 2019 | ހޯމަ 11:43
މަޓިއޯ ކޮވަސިޗް

މަޓިއޯ ކޮވަސިޗް

ދާއިމީ އެއްބަސްވުމެއްގެ ދަށުން ޗެލްސީއަށް ކުޅެމުން އަންނަ މަޓިއޯ ކޮވަސިޗް އެ ކްލަބުގައި ބަހައްޓަން ބޭނުންވާ ކަމަށް ކޯޗު މައުރީޒިއޯ ސާރީ ބުނެފިއެވެ.

ގޯލްޑޮޓްކޮމްއަށް ދިން އިންޓަވިއުއެއްގައި ސާރީ ބުނީ، ރެއާލް މެޑްރިޑުން ލޯން އެއްބަސްވުމެއްގެ ދަށުން މި ސީޒަނުގެ ނިޔަލަށް ޗެލްސީއަށް ދޫކޮށްފައިވާ ކޮވަސިޗްގެ އެއްބަސްވުން ދާއިމީކޮށް, ކްލަބުގައި ބަހައްޓަން ބޭނުންވާ ކަމަށާއި، އެއީ ކްލަބަށް ބޭނުން ކުޅުންތެރިޔެއް ކަމަށެވެ.

ސާރީ ބުނީ، ކޮވަސިޗް ކުޅޭ މަގާމަކީ ޗެލްސީއަށް މައްސަލަތައް ކުރިމަތިވާ މަގާމެއް ކަމަށާއި، އެ މަގާމުގައި ބަހައްޓަން އެންމެ ބޭނުންވަނީ ކޮވަސިޗް ކަމަށެވެ. އަދި އެކަމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ސާރީ ވަނީ ބުނެފައެވެ.

ޑައިނަމޯ ޒަގްރެބް އިން 2010 ވަނަ އަހަރު ކެރިޔަރު ފެށި ކޮވަސިޗް ވަނީ އެ ކްލަބުގައި ތިން ސީޒަން ހޭދަކޮށް، ކުޅުނު 73 މެޗުގައި ނުވަ ލަނޑު ކާމިޔާބުކޮށްފައެވެ. އެ ކްލަބް ދޫކޮށް އޭނާ އިންޓަ މިލާނަށް ބަދަލުވީ 2012 ވަނަ އަހަރެވެ. އެ ކްލަބުގައި އޭނާ ވަނީ ތިން ސީޒަން ހޭދަކޮށް ކުޅުނު 97 މެޗުގައި 8 ލަނޑު ކާމިޔާބުކޮށްފަ އެވެ.

އިންޓަ މިލާން ދޫކޮށް ކޮވަސިޗް ރެއާލް އަށް ބަދަލުވީ 2015 ވަނަ އަހަރެވެ. އޭނާ ވަނީ އެ ކްލަބަށް ކުޅުނު ތިން ސީޒަނުގައި 109 މެޗު ކުޅެ ތިން ލަނޑު ކާމިޔާބުކޮށްފަ އެވެ.

ކޮވަސިޗް ވަނީ ރެއާލްއާ އެކު ލަލީގާ، ސްޕެނިޝް ސުޕާ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު ތިންފަހަރު، ޔުއެފާ ސުޕާ ކަޕް ދެފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ދެފަހަރު ކާމިޔާބުކޮށްފަ އެވެ.

ކޮވަސިޗް ވަނީ މިހާތަނަށް ޗެލްސީއަށް 42 މެޗު ކުޅެފައެވެ. އޭނާ އަންނަނީ އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކާ، ފުރަތަމަ 11 އިންވެސް ޖާގަ ހޯދަމުންނެވެ.

ނިމިގެންދިޔަ ވޯލްޑް ކަޕްގައި ކްރޮއޭޝިއާގެ ގައުމީ ޓީމާއެކު މުބާރާތުގެ ދެވަނަ ހޯދި ކޮވަސިޗް ވަނީ ގައުމީ ޓީމަށް ކުޅުނު 50 މެޗުގައި އެއް ލަނޑު ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލޯން އެއްބަސްވުމެއްގެ ދަށުން ވެސްޓްހަމްއަށް ހާޓް ސޮއިކޮށްފި

ލޯން އެއްބަސްވުމެއްގެ ދަށުން ވެސްޓްހަމްއަށް ހާޓް ސޮއިކޮށްފި

19 ޖުލައި 2017
ޗެލްސީގައި އިތުރު ދެ އަހަރު މަޑުކުރަން ކޮންޓޭ ނިންމައިފި

ޗެލްސީގައި އިތުރު ދެ އަހަރު މަޑުކުރަން ކޮންޓޭ ނިންމައިފި

19 ޖުލައި 2017
ލޯން އެއްބަސްވުމެއްގެ ދަށުން ދެ އަހަރު ދުވަހަށް ހަމޭސް ބަޔާންއަށް ސޮއިކޮށްފި

ލޯން އެއްބަސްވުމެއްގެ ދަށުން ދެ އަހަރު ދުވަހަށް ހަމޭސް ބަޔާންއަށް ސޮއިކޮށްފި

12 ޖުލައި 2017
ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ލުކާކޫ ޔުނައިޓެޑަށް ސޮއިކޮށްފި

ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ލުކާކޫ ޔުނައިޓެޑަށް ސޮއިކޮށްފި

11 ޖުލައި 2017
ޗެލްސީގައި މަޑުކުރަން ނިންމީ ކޯޗާ މަޝްވަރާ ކުރުމަށް ފަހު: ކަންޓޭ

ޗެލްސީގައި މަޑުކުރަން ނިންމީ ކޯޗާ މަޝްވަރާ ކުރުމަށް ފަހު: ކަންޓޭ

16 ޖޫން 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު