Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް 2019

މިއީ މަޖިލިސް އިންތިހާބެއްގައި އެންމެ ގިނަ ބަޔަކު ވޯޓުލީ ފަހަރު: ޝަރީފް

2009 ވަނަ އަހަރު ވޯޓުލީ 78.15 އިންސައްތަ މީހުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 އެޕްރީލު 2019 | އާދީއްތަ 09:19
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް

ހޮނިހިރު ދުވަހު ބޭއްވި އިންތިހާބަކީ މިހާތަނަށް ރާއްޖޭގައި މަޖިލިސް އިންތިހާބެއްގައި އެންމެ ގިނަ ބަޔަކު ވޯޓުލީ އިންތިހާބު ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި އިންތިހާބުގައި 212،079 މީހުން ވޯޓުލާފައިވާ ކަމަށާއި، މިއީ މަޖިލިސް އިންތިހާބެއްގައި އެންމެ ގިނަ ބަޔަކު ވޯޓުލީ ފަހަރު ކަމަށެވެ.

ޝަރީފް އެހެން ވިދާޅުވެފައިވާއިރު، 2009 ވަނަ އަހަރު ވޯޓު ލުމުގެ ހައްޤު 212،559 ފަރާތަކަށް ލިބިފައިވާއިރު، އޭގެ ތެރެއިން ވޯޓު ލާފައި ވަނީ 166،105 މީހުންނެވެ. އެއީ 78.15 އިންސައްތަ މީހުންނެވެ. އަދި 2014 ވަނަ އަހަރު 240،652 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާއިރު، އޭގެ ތެރެއިން ވޯޓުލާފައި ވަނީ 189،642 މީހުންނެވެ. އެއީ 78.8 އިންސައްތަ މީހުންނެވެ.

މިއަހަރު މަޖިލިސް އިންތިހާބުގައި 264،442 މީހަކަށް ވޯޓު ލުމުގެ ހައްޤު ލިބިފައިވާއިރު، އޭގެ ތެރެއިން ވޯޓު ލާފައިވަނީ 212،079 މީހުންނެވެ. އެއީ 80.19 އިންސައްތަ މީހުންނެވެ.

މި ފަހަރުގެ މަޖިލިސް އިންތިހާބުގެ ނަތީޖާތައް ދައްކާ ގޮތުން ސަރުކާރު ހިންގާ މައި ޕާޓީ (އެމްޑީޕީ) އިން ވަނީ ބޮޑު އަގުލަބިއްޔަތަކުން މަޖިލީހުގެ މެޖޯރިޓީ ހޯދާފައެވެ. ވަގުތީ ނަތީޖާތައް ދައްކާ ގޮތުން އެމްޑީޕީ އަށް 60 އަށް ވުރެ ގިން ގޮނޑި ވަނީ ލިބިފައެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު