Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓްރާންސްޕޭރެންސީ މޯލްޑިވްސް

ސިޔާސީ ފައިސާގެ ހާމަކަން ކުޑަ: ޓްރާންސްޕޭރެންސީ

7 އެޕްރީލު 2019 | އާދީއްތަ 09:10

މިހާރުގެ ގާނޫނުގެ ސަބަބުން ސިޔާސީ ފައިސާގެ ހަގީގަތް ސިއްރުވެ އިންތިހާބުތަކުގައި ބޭނުންކުރާ ފައިސާގެ ހާމަކަން ގެއްލިގެންދޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 7 އެޕްރީލު 2019 | އާދީއްތަ 09:10
ޓްރާންސްޕޭރެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ޓްރާންސްޕޭރެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މިހާރު އަމަލު ކުރެވޭ ގާނޫނޫތަކުގައި ހުރި މައްސަލަތަކުގެ ސަބަބުން ސިޔާސީ ފައިސާގެ ހާމަކަން ކުޑަކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވިސް އިން ބުނެފިއެވެ.

ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްސާރވް ކުރުމަށް ފަހު ފާހަަގަކުރެވުނު ކަންތައްތަކާއި އިންތިހާބީ ނިޒާމުގައި ފާހަގަ ކުރެވުނު ކަންތައްތައް ހިއްސާކުރުމަށް އާދީއްތަ ދުވަހުގެ ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފައި ވަނީ ވޯޓް ގަތުމުގެ ޝަކުވާއަކީ ކޮންމެ އިންތިހާބެއްގައި ވެސް ކުރަމުން އަންނަ ޝަކުވާއެއް ކަމަށާއި ހާއްސަކޮށް މަޖިލީސް އިންތިހާބުގައި ޝަކުވާތައް ގިނަ ކަމަށެވެ.

Advertisement - newsAdvertisement

ގާނޫނުތަކަަށް އިސްލާހު ގެނެސްގެން ނުވަތަ އާގާނޫނުތައް ހަދައިގެން ވޯޓް ގަތުމުގެ މައްސަަތައް ބަލައި އެކަމާ މެދު ފިޔަވަޅުއެޅުމަށް ޓްރާންޕޭރެންސީން ވަނީ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާފައެވެ. 19 އަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް މާލީ ބަޔާން ބައެއް މެމްބަރުން ހާމަކުރިކަން ފާހަގަކުރައްވައި ޓްރާންޕޭރެންސީ މޯލްޑިވިސް އިން އައިމަން ވިދާޅުވީ މާލީ ބަޔާން އާންމު ކުރުމަކީ ސިޔާސީ ފައިސާގެ ހާމަކަމުގެ ނިޒާމް ކުރިއެރުވުމަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް ކަމަށާއި ނަމަވެސް މިހާރު އަމަލު ކުރެވޭ ގާނޫނޫތަކުގައި ހުރި މައްސަލަތަކުގެ ސަބަބުން ސިޔާސީ ފައިސާގެ ހަގީގަތް ސިއްރުވެ އިންތިހާބުތަކުގައި ބޭނުންކުރާ ފައިސާގެ ހާމަކަން ގެއްލިގެންދާ ކަމަށެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ މަސްލަހަތުގެ މައްޗަށް ކެންޑިޑޭޓާއި ފައިސާ ފޯރުކޮށްދިންް ފަރާތުގެ މަސްލަހަތު އިސްކުރެވޭތަން އަންނާނެ ކަމަށް ވެސް އައިމަން ވިދާޅުވިއެވެ.

"ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުންނަށް ހަރަދުކުރާ ފަރާތްތައް ހާމަނުކުރާ ނަމަ އޭގެ ސަބަބުން ވޯޓްލާ މީހުންނަށް ކެންޑިޑޭޓުންގެ މަސްލަހަތަށް ވުރެން ރައްޔިތުންގެ މަސްލަތަަކާއި ސިޔާސީ މަސްލަހަތާއި ފައިސާގެ މަސްލަހަތު ފުށޫއަރައި ރައްޔިތުންގެ މަސްލަހަތުގެ މައްޗަށް ކެންޑިޑޭޓާއި ފައިސާ ފޯރުކޮށްދިންް ފަރާތުގެ މަސްލަހަތު އިސްކުރެވޭތަން އަންނާނެ" އައިމަން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޭރެންސީ މޯލްޑިވިސްގެ ސީނިއަރ ޕްރޮޖެކްޓް ކޯޑިނޭޓަރ އަހުމަދު ތޮލާލް ވިދާޅުވީ ވޯޓް ގަތުމާއި ސިޔާސީ ފައިސާގެ ހާމަކަން ނެތް ކަމަށެވެ.

"އިންތިހާބުގެ ނިޒާމުގައި ފާހަގަކުރެވުނު ކަންތައްތަކަކީ ވޯޓްގަތުމާއި ސިޔާސީ ފައިސާގެ ހަމަހަމަކަން ނެތުމާއި ދައުލަތުގެ ފައިސާޔާއި ވަސީލަތް އިންތިހާބުގެ ބޭނުމަށް ނަހަމަ ގޮތުގައި ބޭނުންކުރުމާއި އިންތިހާބުގައި އަންހެނުންގެ ބާރުވެރިކަން ކުޑަވުމާއި ގާނޫނުގައި މިނޫން ވެސް ހުރި މައްސަލަަތައް ހައްލުކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވިސް އިން ގޮވާލަން،" ތޮލާލް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތޮލާލް ވަނީ މި ފަހަރުގެ އިންތިހާބަކީ އިދާރީ ކަންކަން ރަނގަޅު ހާމަކަން ބޮޑު ގޮތެއްގައި ބޭއްވުނު އިންތިހާބެއް ކަމަށާއި އެންމެ ތަނެއް ފިޔަވައި އެހެން އެއްވެސް ވޯޓުލި މަރުކަޒެއްގައި ހަމަނުޖެހުމެއް ނުހިނގާ ކަމަށް ވިދާޅުވެފައެވެ. އަދި ވޯޓް ލާ ގިނަ މަރުކަޒުގައި ކަނަޑައެޅިފައިވަ ގަޑިއަށް ވޯޓް ލުން ބަންދުކުރި ކަމަށާއި ފުލުހުން ވޯޓް މަރުކަޒުތަކަށް ވަދެފައި ވަނީ ވެސް ގާނޫނީ އިޖްރާއަތްތަކާ އެއްގޮތަށް ވޯޓު ލި މަރުކަޒުގެ އިސްވެރިޔާގެ އެދުމުގެ މަތިން ކަމަށް ވެސް ތޮލާލް ވިދާޅުވިއެވެ.

"ވޯޓްލާ މަރުކަޒުގެ ތެރެއިން 97 އިންސައްތަ ވޯޓް ފޮށި ބަންދުކުރަން ހަމަޖެހިފައިވާ ގަޑީގެ އެއްގަޑިއިރުގެ ކުރިން ބަންދުކުރެވިފައިވޭ، ވޯޓް ލާ މީހުންގެ ރަޖިސްޓްރީ ޖުމްލަކޮށް ފުރިހަމަ ، ވޯޓް ލެވޭ މީހުންގެ ލިސްތްގައި މައްސަލަ ހުރެގެން ވޯޓް ނުލެވި ދިޔައީ ވަރަށް މަދު ބަޔަކަށް. 85 އިންސައްތަ މަރުކަޒުގައި މީހުން އެހެން މީހެއްގެ އެހީ ތެރިކަމާއެކު ވޯޓް ލަފައިވާކަމަށް ރިޕޯޓް ކޮށްފައިވޭ. ވޯޓް ލާން ދިޔަ މީހުންގެ ތެރެއިން 1.7 އިންސައްތަ މީހުން ވޯޓު ލީ އެހީތެރިކަމާއި އެކު ، ވޯޓް ލާ މަރުކަޒުގައި 85 އިންސައްތަ ވޯޓް ލުން ހުއްޓިފައިވަނީ ވޯޓް ފޮށީގެ އިސްވެރިޔާގެ އެދުމުގެ މަތިން ، 27 އިންސައްތަ މަރުކަޒު ތަކަަށް ފުލުހުން ވަދެފައިވާއިރު 78 އިންސައްތަ މަރުކަޒުތަކުގައި ފުލުހުން ވޯޓް ލާ މަރުކަޒުތަކަށް ވަދެފައިވަނީ ވޯޓް ލި މަރުކަޒުގެ އިސްވެރިޔާގެ އެދުމުގެ މަތިން،" ތޮލާލް ވިދާޅުވިއެވެ.

ޓްރާންޕޭރެންސީ މޯލްޑިވިސްގެ ފަރާތުން ވަނީ 19 ރައްޔިތުންގެ މަޖިލީސް އިންތިހާބު ކާމިޔާބު ކުރެއްވި ހުރިހާ ބޭފުޅުންނަށް މަރުހަބާ ދަންނަވާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް