Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަލިފާން ރޯވުން

ދެކުނު ކޮރެޔާގެ ޖަންގަލީގައި އަލިފާން ރޯވެ، 4000 މީހުން ރައްކާތެރި ހިސާބުތަކަށް

525 ހެކްޓަރުގެ ސަރަހައްދެއް އަނދާފައިވޭ

އަލީ ސަމާޚް
އަލީ ސަމާޚް | 5 އެޕްރީލު 2019 | ހުކުރު 12:58
އަލިފާން ރޯވި ސަރަހައްދުގައި އަލިފާން ނިއްވުމަށް ފަޔަރ ފައިޓަރުން ހަރަކާތްތެރި ވަނީ

އަލިފާން ރޯވި ސަރަހައްދުގައި އަލިފާން ނިއްވުމަށް ފަޔަރ ފައިޓަރުން ހަރަކާތްތެރި ވަނީ

ދެކުނު ކޮރެޔާގެ ޖަންގައްޔެއްގައި އަލިފާން ރޯވެ އެކަކު މަރުވެ 4000 މީހުން ސަލާމަތުގެ އައްސޭރި އަށް ގެންގޮސްފިއެވެ.

ކަންވަންޑޫ ޕްރޮވިންސްގެ ޕަޔާރ ކެޕްޓަން ޗޮއި ޖިންހޯ ވިދާޅުވީ، އެ އަލިފާން ހިފާފައިވަނީ ކަންވަންޑޫ ޕްރޮވިންސްގެ ރިސޯޓެއްގެ ކައިރި އޮންނަ ޖަންގަލީގައި ކަމަށެވެ.

ދެކުނު ކޮރެޔާގެ ސަރުކާރުން ބުނީ، އެ އަލިފާންގަނޑު ސޮކޯ އިތުރުން ކަންވަންޑޫ ސިޓީގެ ސަރަހައްދުތަކަށް ފެތުރި 525 ހެކްޓަރުގެ ސަރަހައްދެއް އަނދާފައިވާ ކަމަށެވެ. އަދި 198 ގެއެއް އެއްކޮށް އަނދާ އަޅިއަށް ވެފައިވާ ކަމަށްވެސް އެ ގައުމުގެ ސަރުކާރުން ބުންޏެވެ.

އެ ސަރަހައްދުގައި ހުރި ގުދަން ތަކުގެ އިތުރުން ބައެއް އިމާރާތްތަކަށް ވެސް އަލިފާނުގެ އަސަރު ވަނީ ކޮށްފައެވެ.

ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި 4230 މީހަކު ރައްކާތެރި ހިސާބަކަށް ގެންގޮސްފައިވާ ކަމަށާއި، ޖިމްއާ ސްކޫލުތަކުން އިތުރު 2263 މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަލިފާނުގެ އަސަރު ކުރުމުގެ ސަބަބުން 52 ސްކޫލެއް ވަނީ ބަންދު ކޮށްފައެވެ.

ސޮކޯ އަދި ކަންވަންޑޫ ޕްރޮވިންސްގައި ރޯވި އަލިފާންގަނޑުގެ ތެރެއިން 50 ޕަސެންޓް ނިއްވާލެވިފައިވާ ކަމަށް ކޮރެޔާގެ ނެޝަނަލް ފަޔާރ އެޖެންސީން މައުލޫމާތުދެއެވެ. އަލިފާން ނިއްވުމުގެ މަސައްކަތުގައި 872 އަލިފާން ނިއްވާ ލޮރީގެ އިތުރުން 3251 ފަޔަރ ފައިޓަރުން ދަނީ ހަރަކާތްތެރި ވަމުންނެވެ.

ކޮރެޔާގެ ޑިފެންސް މިނިސްޓްރީން ބުނީ، 16،500 ސިފައިންނާއި 32 މިލިޓަރީ ހެލިކޮޕްޓަރުގެ އިތުރުން 26 މިލިޓަރީ ފަޔަ ޓްރެކްޓަރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އިން ފެންނަނީ، ޖަންގަލީގައި އަލިފާން ގަނޑު ރޯވެ ކަނިތައް ބުރައިގެން ދާތަނެވެ.

އަލިފާން ރޯވި ސަރަހައްދަކީ ދެކުނު ކޮރެޔާއާ އަވަށްޓެރި އުތުރު ކޮރެޔާގެ ބޯޑަރާއި ކައިރީ ސަރަހައްދަކަށް ވާތީވެ ދެކުނު ކޮރެޔާގެ ޔުނިފިކޭޝަން މިނިސްޓްރީން ދަނީ އަލިފާނުގެ ހާދިސާއާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އެގައުމަށް ދިނުމަށް މަސައްކަތް ކުރަމުންނެވެ.

ނަންހާމަ ނުކުރުމަށް ޝަރުތު ކޮށް އަލްޖަޒީރާ އަށް ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ، އަލިފާނުގައި ޒަހަމްވުމުގެ ސަބަބުން 11 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ

އިތުރަށް ކިޔާލަން

07 މާރިޗު 2017

ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި

07 މާރިޗު 2017
ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި
05 މާރިޗު 2017

އުތުރު ކޮރެއާއިން ފިލާ މީހުންނަށް ދޭ އިނާމު ދެކުނު ކޮރެއާއިން ބޮޑުކޮށްފި

05 މާރިޗު 2017
އުތުރު ކޮރެއާއިން ފިލާ މީހުންނަށް ދޭ އިނާމު ދެކުނު ކޮރެއާއިން ބޮޑުކޮށްފި
02 މާރިޗު 2017

މެލްބަންގެ ފެކްޓަރީއެއްގައި ރޯވެ ތިން މީހުން މަރުވެއްޖެ

02 މާރިޗު 2017
މެލްބަންގެ ފެކްޓަރީއެއްގައި ރޯވެ ތިން މީހުން މަރުވެއްޖެ
01 މާރިޗު 2017

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު