Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިސްޓަރު މާރިޔާ

ޔާމީންގެ ސަރުކާރުން ވައުދުތަކާއެކު ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް އަނިޔާވެރިވުން ފިޔަވައި އިތުރުކަމެއް ނުކުރައްވާ: މިނިސްޓަރު މާރިޔާ

4 އެޕްރީލު 2019 | ބުރާސްފަތި 21:35

ސުލްހަވެރި ސިޔާސީ ހަރަކާތް ނިޒާމު ހަލާކުކޮށްލީ ޔާމީންގެ ވެރިކަމުގައި

އަމްނާ އިމާދު
އަމްނާ އިމާދު | 4 އެޕްރީލު 2019 | ބުރާސްފަތި 21:35
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދި

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވައުދުތަކާއެކު ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް ރައްޔިތުންނަށް އަނިޔާވެރިވުން ފިޔަވައި އިތުރުކަމެއް ނުކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދި ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލިސް އިންތިޚާބުގެ ކެންޕެއިން ނިންމުމަށް އެމްޑީޕީން ބޭއްވި ޖަލްސާގައި މިނިސްޓަރު މާރިޔާ ވިދާޅުވީ 2013 ވަނަ އަހަރު ރައީސް ޔާމީން ވައުދުތަކެއް ހިއްޕަވައިގެން ނުކުންނެވި ނަމަވެސް އެސަރުކާރުން ކުރީ ވައްކަން ކަމަށާއި، ރައްޔިތުންނަށް ކުރީ އަނިޔާ ކަމަށެވެ. ޖަލަށް ދިއުމަކީ ވޭން ދެނިވިކަމެއް ކަމަށް ޔާމީން ވިދާޅުވެފައިވާތީ އެކަމަށް އިޝާރަތްކުރައްވާ މިނިސްޓަރު މާރިޔާ ވިދާޅުވީ ކުށެއް ނެތި އެތައް ރައްޔިތަކު ޖަލަށްލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ދޫނިދޫގެ ޖަލުގެ ހާލަތަށް އަލިއަޅުއްވާލައްވާ މިނިސްޓަރު ވިދާޅުވީ އެ ގޮޅިތަކުގެ ހޫނާ ދިލަ ވޭން ޔާމީންއަށް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އެތަނުގައި ފެން ބުއީ ފާހަނާއިން ކަމަށް މިނިސްޓަރު ފާހަގަކުރެވިއެވެ.

''އެކަމަކު އެކަހެރިކޮށްލާފަ އެއަރކޮންޑިޝަންޑް ރޫމެއްގަ ދެތިންދުވަހަށް އިންނަވާފަ ނުކުމެވަޑައިގެން ވިދާޅުވަނީ ދެތިން ދުވަހަށް ޖަލުގައި ހުރުމަކީ ވޭން ހުރި ކަމެކޭ. އެކަމަކު އަޅުގަނޑުމެން ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލާފަ އެތައް ރައްޔިތަކަށް އަނިޔާވެރިވި'' މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ ސުލްހަވެރި ސިޔާސީ ހަރަކާތް ނިޒާމު ހަލާކުކޮށްލީވެސް ޔާމީންގެ ވެރިކަމުގައި ކަމަށާއި، ކެންޕެއިން ކުރުމުގެ ޒާތުގައި ބައްދަލުވުމެއްވެސް މަގުމަތީގައި ނުބޭއްވޭ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު މާރިޔާ ވިދާޅުވީ މާޒީ އިޔާދަވާން ބޭނުންނުވާ ކަމަށެވެ. މީގެ ކުރިން މަޖިލިސް މެންބަރުން ސަރުކާރު ޖަވާބުދާރީކުރުވައި، ސަރުކާރު ހިންގުމަށް ފުރިހަމަ އެއްބާރުލުންދޭނެ ކަމަށް ބުނި ނަމަވެސް ފެނިގެންދިޔައީ ސަރުކާރަށް ދަތިކުރުމުގެ މަސައްކަތް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ ބަހެއްނެތި ވެރިކަން ވައްޓާލީ ކަމަށާއި، ނަމަވެސް މިފަހަރު ވެސް ނުކުތީ ރާއްޖެ ހަމަ މަގަށް އަޅުވައި ފޮނި ވައުދުތަކާއެކު ކަމަށެވެ.

އެހެންކަމުން މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ތިލަފަތަށް ވޯޓު ދެއްވުމަށް މިނިސްޓަރ މާރިޔާ ގޮވާލެއްވިއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް