Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް 2019

ރައީސް އިލްތިމާސް ކުރެއްވީ އެންމެންގެ ވޯޓު ތިލަފަތަށް ދިނުމަށް!

ވެރިކަމުގެ ނިޒާމު ގަޑުބަޑު ކުރާނެ ބަޔަކަށް ވޯޓު ނުދޭން އެދިވަޑައިގެންނެވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 4 އެޕްރީލު 2019 | ބުރާސްފަތި 21:55
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ސަރުކާރުން ބޮޑުތަނުން ކާމިޔާބު ކުރާނެ ކަމަށާއި "އެންމެންގެ ވޯޓު ތިލަފަތަށް" ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ.

"އެންމެންގެ ވޯޓު ތިލަފަތަށް" ދިނުމަށް ރައީސް ސޯލިހު އިލްތިމާސް ކުރެއްވީ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ހަރަކާތް ނިންމާލުމުގެ ކުރިން ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި "އެންމެންގެ ވޯޓު ތިލަފަތަށް" ޖަލްސާގައެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގައި 25 އަހަރު ހޭދަ ކުރެއްވިކަން ފާހަގަ ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ހަލަބޮލިކަމާ އެކު މަޖިލީހުގައި ކަން ހިންގާ ގޮތް އެނގިވަޑައިގަންނަވާ ކަމަށެވެ. ކުރިއަށް ވަޑައިގަންނަވާނެ އެތައް މަގެއް އޮތް ނަމަވެސް، އެއްވެސް ކިލަނބުކަމެއް ނެތި، ބަރުލަމާނީ ހަޔާތް ނިންމަވާނެ މެމްބަރުން އިންތިހާބު ކުރުމަށް ރައީސް ސޯލިހު ވަނީ އިލްތިމާސް ކުރައްވާފައެވެ.

"މަދު ބައެއްގެ މަސްލަހަތު އިސްކޮށް ވެރިކަމުގެ ނިޒާމު ގަޑުބަޑު ކުރުމަށް ފުރުސަތު ނުދޭނެ މެމްބަރުން އިންތިހާބު ކުރަން އެބަޖެހޭ. ލޮބުވެރި އެންމެހާ ރައްޔިތުންގެ ކިބައި އަޅުގަނޑު އެދެނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް ބޮޑުތަނުން މެޖޯރިޓީ ދިނުން. މި ވޭތުވެދިޔަ ދުވަސްތަކުގައި ކެމްޕެއިން ދަތުރުތަކުންނާއި ބައްދަލުވުންތަކުން އަޅުގަނޑަށް ޔަގީންވެ، ސާފުވެގެން ދިޔައީ ވަރަށް ގިނަ ރައްޔިތުން ތިބި ސަރުކާރަށް މި އިންތިހާބު ކާމިޔާބުކޮށްދިނުމަށް ކެތް މަދުވެފައި ކަން. އިރާދަ ކުރެއްވިއްޔާ މި އިންތިހާބު އަޅުގަނޑުމެން ބޮޑުތަކުން ކާމިޔާބު ކުރާނަން. އެންމެންގެ ވޯޓު ތިލަފަތަށް ދެއްވާ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފައިސާ އާއި ނުފޫޒަށް ނުގުޑާނެ މީހުން އިންތިހާބު ކުރަންޖެހޭ ކަމަށާއި ވެރިކަމުގެ ނިޒާމު ގަޑުބަޑު ކުރާނެ ބަޔަކު މަޖިލީހަށް އިންތިހާބު ކޮށްގެން ނުވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ރައްޔިތުން ވޯޓު ދިން ސަބަބު ހަނދާން ނައްތާ ނުލައްވާނެކަން ތަކުރާރު ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުގައި އެއްވެސް ރައްޔިތަކު ބާކީ ނުކުރާނެ ކަމަށެވެ.

ވެރިކަމާ ހަވާލުވިއިރު، ދައުލަތުން އޮތީ "ގަޑުބަޑު"ކޮށްފައި ކަމަށާއި ގާނޫނުގެ ވެރިކަމަކީ ނެތް އެއްޗަކަށް ހަދާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އާ ސަރުކާރުގެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރައްޔިތުންގެ ދިރިއުޅުމަށް "ހެޔޮ ބަދަލެއް" ގެނެސްދެވިފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ސަރުކާރުގެ މަސައްކަތުގެ 100 ދުވަހުގެ ތެރޭގައި ފުއްދިފައިވާ ވައުދުތައް ރައީސް ފާހަގަ ކުރެއްވިއެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް 23 ބިލެއް ފޮނުއްވެވި ކަމަށާއި އޭގެ ތެރެއިން މިހާތަނަށް ފާސްކޮށްފައި ވަނީ އަށް ބިލު ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ އުންމީދު ކުރި ގޮތެއް ނޫން ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ މެޖޯރިޓީ މިހާރު ހިނގަމުންދާ މަޖިލީހުގައި އޮތީ "ނަމެއްގައި" ކަމަށާއި އަލަށް އިންތިހާބުކުރާ މަޖިލީހުގައި އެފަދަ ގޮތަކަށް މެޖޯރިޓީ ލިބިއްޖެ ނަމަ ވައުދުތައް ފުއްދުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަލަށް އިންތިހާބު ކުރާ މަޖިލީހަށް ހޮއްވަން ޖެހޭނީ ސަރުކާރުގެ ސިޔާސަތުތައް ދަންނަ، އެ ސިޔާސަތުތަކަށް ތާއިދު ކުރާ މެމްބަރުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި ވިދާޅުވީ މަޖިލީހުގެ އިންތިހާބަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނަކީ ސަރުކާރުގެ ސިޔާސަތުތައް ދަންނަ، އެ ސިޔާސަތުތަކަށް ފުރިހަމައަށް ތާއީދުކުރައްވާ މެމްބަރުން ކަމަށެވެ.

""މިކަމުން ދޭހަވަނީ މަޖިލީހުގައި މެޖޯރިޓީ ނަމެއްގައި އޮތް ނަމަވެސް، އަޅުގަނޑުމެންވީ ވައުދުތައް ފުއްދުމަށް ދަތިތަކާ ކުރިމަތިވެދާނެކަން. އެހެންކަމުން އަޅުގަނޑު ހަމަ ގައިމު ވެސް އަޅުގަނޑު ބޭނުންވަނީ ހުރިއަށް އޮތް މަޖިލީހުގައި ތިބެންވާނީ މި ސިޔާސަތުތައް ދަންނަ ހިތުގެ އަޑިން އެ ސިޔާސަތުތައް ގަބޫލުކުރާ މެމްބަރުން," އެމްޑީޕީގެ ލީޑާޝިޕްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ރައީސް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު