Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިނިސްޓަރު ނަހުލާ

އެމްޑީޕީގެ ކެންޑިޑޭޓް ޖީހާނަށް ތާއީދު ހޯއްދެވުމަށް ޓްރާންސްޕޯޓް މިނިސްޓަރު ހިންނަވަރަށް!

ޖީހާން އަށް ތާއީދު ހޯއްދެވުމުގެ ހަރަކާތްތަކުގައި އައިޝާ ބައިވެރިވެ ވަޑައިގަންނަވާނެ

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 3 އެޕްރީލު 2019 | ބުދަ 07:52
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހިންނަވަރަށް ފުރާ ވަޑައިގަތުމުގެ ކުރިން

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހިންނަވަރަށް ފުރާ ވަޑައިގަތުމުގެ ކުރިން

ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ޓްރާންސްޕޯޓް މިނިސްޓަރު ކަމަށް ވަޑައިގެންނެވި، އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އެމްޑީޕީގެ ކެމްޕޭނު ހަރަކާތެއްގައި ބައިވެރިވެ ވަޑައިގަތުމަށް ޅ. ހިންނަވަރަށް ފުރާ ވަޑައިގަންނަވައިފިއެވެ.

އެމްޑީޕީގެ ފަރާތުން ހިންނަވަރު ދާއިރާ އަށް ކުރިމަތިލައްވާފައިވާ ޖީހާން މަހްމޫދަށް ތާއީދު ހޯއްދެވުމަށް އައިޝާ ހިންނަވަރަށް ފުރާވަޑައިގެންފައި ވަނީ މިއަދު މެންދުރުއެވެ. ކެމްޕޭނު ދަތުރު ނިންމަވާލެއްމަށް ފަހު މިނިސްޓަރު މާލެ ވަޑައިގަންނަވާނީ ހަވީރުގެ ވަގުތެއްގައެވެ.

Advertisement - newsAdvertisement

ޓްރާންސްޕޯޓް މިނިސްޓަރު ހިންނަވަރަށް ފުރާވަޑައިގަތުމުގެ ކުރިން

މިނިސްޓަރުގެ މި ދަތުރުފުޅުގައި ޖީހާނަށް ތާއީދު ހޯއްދެވުމަށް ހިންނަވަރުގައި މިއަދު ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ޖީހާންގެ ކެމްޕެއިންގައި މިނިސްޓަރު އައިޝާ ބައިވެރިވެ ވަޑައިގަންނަވާ އިރު ޖޭޕީން ރަސްމީކޮށް ތާއީދުކުރަނީ އެ ދާއިރާ އަށް ޕީއެންސީ ކޯލީޝަންގެ ފަރާތުން ވާދަކުރައްވާ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމަށެވެ.

އެކަމަނާ ވަނީ މީގެ ކުރިން އެމްޑީޕީ ޓިކެޓްގައި ހޯރަފުށީ ދާއިރާ ވާދަކުރައްވާ އަހުމަދު ސަލީމް (ސައްލޭ)ގެ ކެމްޕޭން ޖަލްސާގައި ވެސް ބައިވެރިވެވަޑައިގެން ކެމްޕޭނު ކޮށްދެއްވާފައެވެ. މިނިސްޓަރު އައިޝާ ވިދާޅުވެފައި ވަނީ އެކަމަނާ ދުވަހަކު ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މައާފްނުކުރައްވާނެ ކަމަށާއި އަދި ޔާމީންގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަކަށް ތާއީދު ވެސް ނުކުރައްވާނެ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަ އަށް އެމްޑީޕީގެ ހިންނަވަރު ކެންޑިޑޭޓް ޖީހާން މަރުހަބާ ދަންނަވަނީ

އެމްޑީޕީން ކޯލިޝަންގެ އެއްބަސްވުމާ ހިލާފުވި ކަމަށް ބުނެ، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ އެކު މަޖިލީސް އިންތިހާބަށް މަސައްކަތް ކުރުމަށް ޖޭޕީގެ ލީޑަރު ގާސިމް ނިންމެވުމުން އެ ޕާޓީގެ ތެރޭގައި ވަނީ ހިޔާލު ތަފާތުވުމާއި ނުތަނަވަސް ކަން އިތުރުވެފައެވެ. އެ ނިންމުމަކީ ޖޭޕީގެ ކައުންސިލްގެ މެދުގައި ވޯޓެއް ނަގައިގެން ނިންމި ނިންމުމެއް ނޫން ކަމަށް އެ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު އަލީ ވަހީދުއާ އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވެސް ގެންދަވަނީ އެމްޑީޕީގެ ކެމްޕޭނުތަކުގައި ފާޅުކަން ބޮޑު ގޮތެއްގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. އަދި އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު ވެސް ގެންދަވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ދަތުރުތައް ކުރައްވަމުންނެވެ.

މީގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ އެމްޑީޕީ ކެންޑިޑޭޓުންގެ ކެމްޕޭނުތަކުގައި ބައިވެރިވެ ވަޑައިގަންނަވަމުންނެވެ. ދާދި ފަހުން އެމްޑީޕީގެ ޓިކެޓްގައި ހުޅުމާލޭ ދާއިރާ އަށް ކުރިމަތިލައްވާފައިވާ އަލީ ނިޔާޒު ކެމްޕޭނު ޖަލްސާއެއްގައި ނައިބު ރައީސް ވަނީ ނުސީދާ ގޮތަކަށް ގާސިމަށް ވެސް ފާޑު ވިދާޅުވެ އެމްޑީޕީގެ ސިޔާސަތުތަކަށް ތާއިދުކުރައްވާފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް

ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު