Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް 2019

އިންތިޚާބީ ޝަކުވާތައް ރެޖިސްޓަރ ކުރުމަށް ހޮނިހިރު ދުވަހު ހައިކޯޓް ހުޅުވަން ނިންމައިފި

2 އެޕްރީލު 2019 | އަންގާރަ 06:08

ނަތީޖާ ހާމަކުރާތާ 14 ދުވަހުގެ ތެރޭގައި މައްސަލަ ހުށަހަޅަން ޖެހޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 2 އެޕްރީލު 2019 | އަންގާރަ 06:08
ދިވެހިރާއްޖޭގެ ހައިކޯޓު

ދިވެހިރާއްޖޭގެ ހައިކޯޓު

މި ހަފްތާގެ ހޮނިހިރު ދުވަހު ދިވެހިރާއްޖޭގައި ބާއްވާ ޤާނޫނޫ ހަދާ މަޖިލީހުގެ އިންތިޚާބާއި ގުޅޭ އިންތިޚާބީ ޝަކުވާގެ މައްސަލަތައް ހުށަހެޅުމަށް ފަސޭހަ ކުރުމުގެ ގޮތުން ހޮނިހިރު ދުވަހު ހައިކޯޓުގެ ރެޖިސްޓްރޭޝަން ހުޅުވަން ނިންމައިފިއެވެ.

ހައި ކޯޓުން ބުނީ، ހޮނިހިރު ދުވަހު އެކޯޓުގެ ރެޖިސްޓްރޭޝަން ހުޅުވާފައި ބެހެއްޓުމަށް ނިންމީ، އިންތިޚާބީ ޝަކުވާގެ މައްސަލަތައް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އެކަން ފަސޭހަ އިން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ކަމަށެވެ. އެގޮތުން އޭޕްރީލް 6 ވަނަ ދުވަހުގެ ހެނދުނު 8:00 އިން އެރޭ ރޭގަނޑު 10:00 އަށް ހައި ކޯޓުގެ ރެޖިސްޓްރޭޝަން ހުޅުވިފައި ހުންނާނެކަން އެ ކޯޓުން ވަނީ ހާމަކޮށްފައެވެ.

Advertisement - newsAdvertisement

ހައި ކޯޓުން ބުނީ، އިންތިޚާބީ ޝަކުވާގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިދީފައި ވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށް ކަމަށާއި، އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާ ރައްޔިތުންނާއި، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި، ސިޔާސީ ޕާޓީތަކާއި، އޮބްޒަރވަރުންނާއި އަދި މޮނީޓަރުންގެ އިތުރުން އިންތިޚާބާ ބެހޭ ކަންކަން ހިންގައި ބަލަހައްޓާ އޮފިޝަލުންނަށް ވެސް އިންތިޚާބީ ޝަކުވާގެ މައްސަލަތައް ހައިކޯޓަށް ހުށަހެޅޭނެ ކަމަށެވެ.

ހައިކޯޓުން ބުނީ، އިންތީޚާބީ މައްސަލަތައް ހުށަހަޅާނީ އިންތިޚާބީ ޝަކުވާގެ މައްސަލަތަށް ހުށަހަޅާ ފޯމު މެދުވެރިކޮށް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓު ހުޅުވާފައި ހުންނަ ގަޑިތައް ފިޔަވައި އެހެން ގަޑިއެއްގައި މި ފަދަ މައްސަލައެއް ހުށަހަޅާ ނަމަ، ހައިކޯޓުގެ ރެޖިސްޓްރޭޝަނާއި ގުޅައިގެން އެކަން ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ހައިކޯޓުން މައުލޫމާތުދެއެވެ.

މީގެ އިތުރުން އިންތިޚާބީ މައްސަލަތަކާއި ގުޅިގެން ހައިކޯޓާއި މުޢާމަލާތު ކުރުމަށް elections@highcourt.gov.mv އަށް އީމެއިލް ކުރުމުން ހައިކޯޓުން އީމެއިލް ކުރި ފަރާތާއި ގުޅައި، އެކަން އޮތްގޮތެއް ސާފުކޮށްދޭނެ ކަމަށް ވެސް ހައިކޯޓުން ވަނީ ބުނެފައެވެ.

އިންތިޚާބީ މައްސަލަތައް ހުށަހަޅާ ފަރާތްތަކުން މައްސަލަ ހުށަހެޅުމަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ފުރިހަމަކޮށް، މައްސަލައިގެ ލިޔުންތަކާ އެކު މައްސަލަ ހުށަހެޅުމަށް ސަމާލުކަން ދިނުމަށް ހައިކޯޓުން ވަނީ އިލްތިމާސް ކޮށްފައެވެ. އެގޮތުން މައްސަލަ ހުށަހަޅާ ސަބަބާއި، އެކަމުގެ ތަފްސީލް އަދި މައްސަލައާ ގުޅޭ ހެކިތައް ހުށަހެޅުމަށް ސަމާލުކަން ދިނުމަށް ހައިކޯޓުން ވަނީ އިލްތިމާސްކޮށްފައެވެ.

ހައިކޯޓުން ބުނީ އިންތިޚާބީ ޝަކުވާގެ މައްސަލަތައް ހުށަހަޅާ ފޯމްތައް، ހައިކޯޓުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.

އިންތިޚާބީ މައްސަލަތައް ހައިކޯޓަށް ހުށަހެޅުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަކީ، އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރާ ދުވަހުން ފެށިގެން 14 ދުވަހެވެ. އަދި ރަސްމީ ނަތީޖާ އިޢުލާން ކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިންތިޚާބީ ހުރިހާ މައްސަލައެއް ބަލާ ނިންމަން ޖެހެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް