Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އުރީދޫ މޯލްޑިވްސް

ރާއްޖެއަށް މުޅިން އަލަށް އެޗް.ޑީ ވޮއިސްގެ ޚިދުމަތް އުރީދޫއިން ތަޢާރަފް ކޮށްފި

މިއީ މުޅިން ހިލޭ ދޭ ޚިދުމަތެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 1 އެޕްރީލު 2019 | ހޯމަ 12:53
އުރީދޫ މޯލްޑިވްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އުރީދޫ މޯލްޑިވްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ޑިޖިޓަލް ރާއްޖެ އަކަށް އެއްބާރުލުންދީ، ދިވެހި މުޖުތަމައު އަށް ފައިދާކުރާ އައު އީޖާދުތައް ތައާރަފް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގައި އެޗް.ޑީ ވޮއިސްގެ ޚިދުމަތް އުރީދޫއިން ތައާރަފް ކޮށްފިއެވެ.

މިޚިދުމަތް ތަޢާރަފްކޮށްފައިވަނީ ހޯމަ ދުވަހު އުރީދޫ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

Advertisement - businessAdvertisement

މިޚިދުމަތް ތައާރަފްކުރުމަށް ފަހު ވާހަކަ ދައްކަވަމުން އުރީދޫގެ ޑައިރެކްޓަރ ނެޓްވޯކް އައި ޕްލޭނިން ޝަބީން އަލީ ވިދާޅުވީ "ވޮއިސް އޮވާ އެލް.ޓީ.އީ" ނުވަތަ "ވީ.އޯ.އެލް.ޓީ.އީ"ގެ ޚިދުމަތް މެދުވެރިކޮށް ފޯރުކޮށްދޭ، ބައިނަލްއަޤްވާމީ މުވާސަލާތީ ދާއިރާގެ ފަހުގެ ކުރިއެރުމެއް ކަމަށެވެ.

ކުރީއްސުރެ މުވާސަލާތީ ކުންފުނިތަކުން ބޭނުން ކުރަމުންދާ ލެގަސީ ޗެނަލްތަކުގެ ބަދަލުގައި އުރީދޫގެ 4ޖީ+ ވިއުގަ ބޭނުންކޮށްގެން ގުޅާލަދޭ އެޗް.ޑީ ވޮއިސްގެ ޚިދުމަތުގެ ފެންވަރު ރަގަޅުވެ، ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ވެސް ޝަބީން ވިދާޅުވިއެވެ. އެގޮތުން 4ޖީ+ ނެޓްވަރކުގެ އެހީގައި، ކޯލުގެ ފެންވަރާއި، ސާފު ކަމަށް ފާހަގަކުރަނިވި ބަދަލުތަކެއް އައުމާއި، ކޯލު ގުޅާލުމަށް ދާ ވަގުތު ކުޑަވެ، ދެތިން ސިކުންތުކޮޅެއް ތެރޭގައި ކޯލް ކަނެކްޓުވުމުގެ އިތުރުން ފޯނުކޯލެއްގެ މެދުތެރޭގައި ވެސް، 4ޖީ+ ޑޭޓާ ބޭނުން ކުރެވޭނެ ކަމަށްވެސް އުރީދޫއިން ބުންޏެވެ.

ޝަބީން ވިދާޅުވީ ވީ.އޯ.އާއި.ޕީ ނުވަތަ ޓްރެޑިޝަނަލް ކޯލުތަކާއި ބަލާއިރު، އެޗް.ޑީ.ވޮއިސް ބޭނުން ކުރުމަށް ބޭނުންވާ ޗާޖު މަދުވުމާއި އެކު، ފޯނުގެ ބެޓަރީ ލައިފް އިތުރުވެގެންދާނެ ކަމަށެވެ.

މިޚިދުމަތާއި ގުޅޭ ގޮތުން އުރީދޫގެ ސީ.އީ.އޯ، ނަޖީބް ޚާން ވިދާޅުވީ މިއަދު ރާއްޖެއަށް މި ތައާރަފް ކުރި އެޗް.ޑީ ވޮއިސްގެ ސަބަބުން އުރީދޫ ނެޓްވަރކް މެދުވެރިކޮށް ކުރާ ކޯލުތަކުގެ ފެންވަރު ވަރަށް ފުރިހަމަވެ، ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ރަގަޅުވެގެންދާނެ ކަމަށެވެ.

"ރާއްޖޭގައި އުރީދޫގެ ޚިދުމަތް ފެށުނީއްސުރެ، ދިވެހިންނާއި ހަމައަށް އައު ޚިދުމަތްތަކާއި ޓެކްނޮލޮޖީ ފޯރުކޮށްދީ، ރާއްޖޭގެ މުވާސަލާތީ ދާއިރާ ކުރިއެރުވުމަށް އުރީދޫއިން ވަނީ ޚާއްސަ އަހަމިއްޔަތުކަމެއްދީ، މުހިއްމު ދައުރެއް އަދާކޮށްފައި. އަޅުގަނޑުގެ އުއްމީދަކީ، މި ޚިދުމަތުގެ ސަބަބުން އަޅުގަނޑުމެންގެ ކަސްޓަމަރުންގެ އާންމު ދިރިއުޅުމަށާއި، ވޮއިސް ކޯލް މެދުވެރިކޮށް ކުރާ ތަފާތު މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދިއުން." އުރީދޫގެ ސީ.އީ.އޯ، ނަޖީބް ޚާން ވިދާޅުވިއެވެ.

އުރީދޫ އިން އެޗް.ޑީ ވޮއިސްގެ ޚިދުމަތަށް އެއްވެސް އިތުރު އަގެއް ނުނަގައެވެ.

އަދި މުޅި ރާއްޖެއަށް ފުޅާކޮށްފައިވާ އުރީދޫގެ 4ޖީ ނެޓްވަރކް ބޭނުންކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް، ވީ.އޯ.އެލް.ޓީ.އީގެ ޚިދުމަތް ލިބޭ ސްމާޓް ފޯނުތައް މެދުވެރިކޮށް، އެޗް.ޑީ ވޮއިސް ބޭނުން ކުރެވޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

12 އެޕްރީލު 2017
އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި

އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި

09 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު