Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް ސާލިހުގެ ތިލަދުންމަތީ ދަތުރުފުޅު

އައިހެވަން ޕްރޮޖެކްޓަކީ ކުރެވޭނެކަމެއް ތޯ މިދަނީ ބަލަމުން: ސޯލިހު

ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ތަންތަނުގެ މަންފާއިން 40 އިންސައްތަ ޚާއްސަވާނީ ކައުންސިލްތަކަށް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 31 މާރިޗު 2019 | އާދީއްތަ 12:56
އުތީމުގައި ކުރިއަށްދިޔަ ޖަލްސާ

އުތީމުގައި ކުރިއަށްދިޔަ ޖަލްސާ

އައިހެވަން ޕްރޮޖެކްޓަކީ ކުރެވޭނެކަމެއް ތޯ ބައްލަވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ހއ. އިހަވަންދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ވައުދެއްވާނަމަ އެކަމަކީ ފުރަތަމަ ކުރެވޭނެކަމެއް ތޯ ބައްލަވަން ޖެހޭ ކަމަށެވެ. އައި ހެވަން މަޝްޜޫއަކީ ކުރީގެ ސަރުކާރުން އިހަވަންދިއްޕޮޅުގެ ރައްޔިތުންނަށް ވީ ވައުދެއް ކަމަށާއި، އެކަމަކު ވައުދެއް ވާންވާނީ ވަރަށް ބޮޑަށް ބައްލަވާ އެކަމަކީ ކޮށްދެވޭނެ ކަމަކަށް ވާނަމަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ، އިހަވަންދިއްޕޮޅުގައި ވެސް ތަރައްގީގެ ގިނަ މަޝްޜޫއުތަކެއް ބަޖެޓްގައި ހިމެނޭ ކަމަށެވެ. އަދި އިހަވަންދޫ ދާއިރާގައި ހިމެނޭ ރައްތަކަށް ވެސް ތަރައްގީގެ ގިނަ މަޝްރޫއުތައް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ، ލާމަރުކަޒީ ނިޒާމުން ގައުމު ތަރައްގީ ކުރުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށެވެ. އަދި ކައުންސިލްތައް ބާރުވެރިކުރުވުމަށް މުހިއްމު އެތައް ކަމެއް ހިމެނޭ ބިލެއް މިހާރު ވާނީ މަޖިލީހަށް ފޮނުވާފައި ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ރާއްޖެ ލާމަރުކަޒީ ނިޒާމުން ހިންގުމަށް، މިހާރު އެވަނީ ލާމަރުކަޒީ ގާނޫނު އިސްލާހު ކުރެވި މިހާރު އެވަނީ މަޖިލީހަށް ފޮނުވިފައި، ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ތަންތަނުގެ މަންފާއިން 40 އިންސައްތަ ޚާއްސަވާނީ ކައުންސިލްތަކަށް. މުޅި ބަޖެޓްގެ 55 އިންސައްތަ ކައުންސިލްތަކަށް ދޫކުރާގޮތަށް ވާނީ ހުށައަޅާފައި" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިހު ވިދާޅުވީ، އަންހެނުން ސިޔާސީ މައިދާނަށް ނެރުމަށް 33 ޕަސެންޓް ކައުންސިލްތަކަށް ދޭން ވާނީ ލާމަރުކަޒީ ގާނޫނުގައި ހުށައަޅާފައި ކަމަށެވެ.

"އެތައް ގާނޫނެއް އޮތީ ހަދަން ޖެހިފައި މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް އޮތުން މުހިއްމު. ވީ ވައުދުތައް ފުއްދައިދިނުމަށް އެމްޑީޕީގެ އެޖެންޑާ 19 އަށް ވޯޓް ދެއްވާ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިހަވަންދިއްޕޮޅަކީ ވަރަށް މުހިއްމު އިސްކަމެއްދީގެން މި ސަރުކާރުން ތަރައްގީ ކުރާނެ ސަރަހައްދެއް ކަމަށް ވިދާޅުވިއެވެ. އަދި އިހަވަންދިއްޕޮޅުގައި އަޅާ، އައިހެވަން އަކީ ކުރިއަށް ގެންދެވޭނެ ޕްރޮޖެކްޓެއްތޯ ބައްލަވަމުންގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ކުރެވޭނެފަދަ ކަމެއްނަމަ އެކަން ވެސް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު

މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު

31 މާރިޗު 2017
ފެންނަމުން މިދަނީ ހުރިހާ ދިމާލަކުންވެސް ޑިފެންސަށް ކުޅެމުންދާ މަންޒަރު: ޢަލީ ޒާހިރު

ފެންނަމުން މިދަނީ ހުރިހާ ދިމާލަކުންވެސް ޑިފެންސަށް ކުޅެމުންދާ މަންޒަރު: ޢަލީ ޒާހިރު

19 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
މުޅި މާލެއިން ކަރަންޓް ކަނޑައިގެން ދިޔަ މައްސަލަ މިދަނީ ތަހުގީގު ކުރަމުން: ސްޓެލްކޯ

މުޅި މާލެއިން ކަރަންޓް ކަނޑައިގެން ދިޔަ މައްސަލަ މިދަނީ ތަހުގީގު ކުރަމުން: ސްޓެލްކޯ

06 މާރިޗު 2017
ޒައިދުލް އަމީންގެ މައްސަލަ މިދަނީ ބަލަމުން: އެޗްއާރުސީއެމް

ޒައިދުލް އަމީންގެ މައްސަލަ މިދަނީ ބަލަމުން: އެޗްއާރުސީއެމް

04 މާރިޗު 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު